22 އޮކްޓޯބަރ 2018
މާލޭ ލޮނުޒިޔާރަތްކޮޅު މޫދުތެރެ އަށް އެޅިފައި ހުރި، ބްރިޖު ހަދަން ބޭނުން ކުރި ދަގަނޑު ހޮޅިތަކާއި އެ ނޫން ވެސް ކުނިބުނި އެއްކޮށް ސާފު ކުރާނެ ކަމަށް، ސިނަމާލެ ބްރިޖު ހެދި ޗައިނާ ކޮމިނިއުކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިން މިއަދު ބުނެފި އެވެ.
މާލޭ ލޮނުޒިޔާރަތްކޮޅު މޫދުތެރެ އަށް އެޅިފައި ހުރި، ބްރިޖު ހަދަން ބޭނުން ކުރި ދަގަނޑު ހޮޅިތަކާއި އެ ނޫން ވެސް ކުނިބުނި އެއްކޮށް ސާފު ކުރާނެ ކަމަށް، ސިނަމާލެ ބްރިޖު ހެދި ޗައިނާ ކޮމިނިއުކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިން މިއަދު ބުނެފި އެވެ.
ސީސީސީސީގެ ޕްރޮޖެކްޓް މެނޭޖަރު ވަންގް ޗާއޯ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ބްރިޖުގެ މަސައްކަތް ކުރި އިރު، ކަނޑަށް ކުނި ނޭޅުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް މިފަދަ މަސައްކަތެއް ކުރާ އިރު މޫދަށް ކުނިއެޅުން މުޅިން ނުހުއްޓުވޭނެ ކަމަށެވެ.
"ކޮންސްޓްރަކްޝަނުގައި ބޭނުން ކުރި ބައެއް ސާމާނު ކަނޑު އަޑީގައި ހުރުމަކީ މިފަދަ މަސައްކަތްތަކުގައި އާންމު ކަމެއް. ކަނޑަށް އެޅޭ ތަކެތި މަދު ކުރުމަށް، ބްރިޖު ހެދުމުގެ މަސައްކަތުގެ ތެރެއިން ގިނަ ފިޔަވަޅުތަކެއް އެޅުނު ނަމަވެސް އެކަން މުޅިން ހުއްޓުމަކީ ކުރެވޭނެ ކަމަކަށް ނުވި،" ވަންގް ޗާއޯ ވިދާޅުވެފައިވެ އެވެ.
ސިނަމާލެ ބްރިޖު ހެދި އިރު ކަނޑަށް އެޅުނު ކުނިތައް ނެގުމުގެ ޕްލޭނެއް ގެންގުޅޭ ކަމަށާއި އެ ޕްލޭނާ އެއްގޮތަށް ކުނިބުނިތައް ސާފުކޮށް ނައްތާލާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"މި ކުންފުނިން ކުރާ މަސައްކަތްތަކުން އުފެދޭ ކުނިބުނި ނައްތާލުމަށް ވަރަށް ފުރިހަމަ ޕްރޮގްރާމްތަކެއް ހަމަޖެހިފައި ހުރޭ. އެގޮތުން ސިނަމާލެ ބްރިޖުގެ މަސައްކަތުގައި އުފެދުނު ކުނިބުނި ނައްތާލުމުގެ ޕްލޭނެއް ވެސް އަޅުގަނޑުމެން އެބަ ގެންގުޅެން،" އޭނާ ވިދާޅުވެފައިވެ އެވެ.
މާލޭ ރާޅުގަނޑު ސަރަހައްދަށް ބްރިޖު ހެދިއިރު އެކި ގޮތްގޮތުން ޖަމާވެފައިވާ ދަގަނޑާއި ކުނިބުނި ވެސް ޕްލޭނާ އެއްގޮތަށް ސާފު ކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ބްރިޖު ހަދަމުންދިޔަ އިރު ވެސް، ބައެއް ކުނިބުނި ނައްތާލުމުގެ މަސައްކަތް ވާނީ ކޮށްފައި. ބްރިޖު ހަދަން ބޭނުން ކުރި ބައެއް ދަގަނޑު ހޮޅިތައް އަދި ޕްލޭޓުތައް ބާންޏާއި އޮއިވަރުގެ ސަބަބުން ވަނީ ރާޅާ އަޅާ ސަރަހައްދަށް ގޮސްފައި. މި ތަކެތި އެ ތަނުން ނަގައި ސާފު ކުރުމުގެ މަސައްކަތް ވެސް ކުރި އަށް ދާނެ،" ވަންގް ޗާއޯގެ ބަޔާނުގައިވެ އެވެ.
ދަގަނޑުތައް ނެގުމަށް ބްރިޖްގެ ލޭނެއް ބަންދު ކުރަންޖެހޭ
ބްރިޖު މަރާމާތުކުރަން ސީސީސީސީ އެގްރިމެންޓް އިތުރުކުރަނީ
ބްރިޖުގެ ދަގަނޑުތަކުން ދަބަރު ފިލުވަން އާ މެޓީރިއަލެއް
ބްރިޖު އަޅަން ހެދި ޕްލެޓްފޯމުގެ ބޮޑުބައި ނަގައިފި
ބްރިޖު: ގޮންޖެހުން ބޮޑު މަޝްރޫއު ތާރީޚުގެ ތެރެއަށް
ބްރިޖަކީ ދެ ގައުމުގެ އިތުބާރުގެ ރަމްޒެއް: ރައީސް
ބްރިޖުގެ މެއިންޓެނަންސް މަސައްކަތްތައް ފަށައިފި
އުތުރު ތިލަފަޅުގައި ދަނޑުވެރިކަން ކުރަން ސޮއިކޮށްފި
ބްރިޖުގެ މެއިންޓެނަންސް ޗައިނާ އިން ހިލޭ ކޮށްދެނީ
ރައީސަށް ހާއްސަކުރީ ބްރިޖުގެ މޮޑެލް