22 އޮކްޓޯބަރ 2018
އިންޑިއާގެ އޮންލައިން ފިހާރަޔަކުން ފޯނެއް ގަންނަން އޯޑަރު ދީ ފައިސާ ދެއްކުމުން، ލިބުނީ ގާބުރިއެއް ކަމަށް ބުނެ އެ ގައުމުގެ މީހަކު ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.
އިންޑިއާގެ އޮންލައިން ފިހާރަޔަކުން ފޯނެއް ގަންނަން އޯޑަރު ދީ ފައިސާ ދެއްކުމުން، ލިބުނީ ގާބުރިއެއް ކަމަށް ބުނެ އެ ގައުމުގެ މީހަކު ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.
ގަޖަނަން ޚަރަތު ނަމަކަށް ކިޔާ މީހަކު މި މަހުގެ ނުވަ ވަނަ ދުވަހު ހުށަހެޅި މައްސަލަޔާ ހަވާލާދީ ފުލުުހުން ބުނީ ފޯޯނު ގަންނަން އެ މީހާ 9،134 ރުޕީސް ދެއްކި ކަމަށެވެ. ޚަރަތު ބުނި ގޮތުގައި ވެބްސައިޓް މެދުވެރިކޮށް ފައިސާ ދެއްކުމާ އެކު، ހަފުތާއެއްގެ ތެރޭގައި ފޯނު ލިބޭނެ ކަމަށް ބުނެ މެސެޖެއް ވެސް އައި ކަމަށެވެ.
ފޯނުގެ ނަމުގައި ގެނައި ޕާރްސަލް މި މަހުގެ ހަތް ވަނަ ދުވަހު ލިބުމާ އެކު އޭނާ އެ ހުޅުވާލި އިރު ފެނުނީ ގާބުރިއެކެވެ. ޕާރްސަލް ގެނެސްދިން، މުދާ އުފުލާ ކުންފުންޏަށް ގުޅުމުން އެތަނުން ބުނެފައިވަނީ ޕާރްސަލްގައި އޮންނަ އެއްޗަކަށް އެތަނުން ޒިންމާވާން ނުޖެހޭ ކަމަށާއި އެ މީހުންގެ ހަމައެކަނި ޒިންމާ އަކީ ބުނާ މީހާއާ ޕާރްސަލް ހަވާލުކުރުން ކަމަށެވެ.
މި މައްސަލަ ދިމާވީ މަޝްހޫރު އޮންލައިން ފިހާރަ ފްލިޕް ކާޓުން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.
އިންޑިއާ ފުލުހުން ބުނެފައި ވަނީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ގޮތުގައި މިކަން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ފޯނު ހޯދަން ހިންދާލީ ބޮޑު ފެންގަނޑެއް
އިންޑިއާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ގެރިއެއް
ޖަލަށް ވައްދަން ދިރުވާލި ހަތަރު ފޯނު ބޭރެއް ނުވި
އިންޑިއާގެ އަވަށެއްގައި ވަގުތު ހިނގަނީ ފަހަތަށް
ކައިވެނި ކުރީ ކޮންމެ މަހަކު ޕިއްޒާ ކާން ދާ ގޮތަށް!
އިންޑިއާގެ މައިކްރޮމެކްސްގެ ފޯނު އަލުން ނެރެނީ
ލޯބިވެރިޔާ ގެއްލުމުން ޑްރައިވަރުންގެ ފޯނު ވަގަށްނަގަނީ!
މި މީހާ އަށް ފުރާނާ އަށް ވުރެ މުހިންމުވީ ފޯނެއް
އިންޑިއާގެ ކޮލެޖަކުން މޮބައިލް ފޯނު މަނާކޮށްފި
ފޯނުން ވާހަކަ ދައްކަމުން އިށީނދެވުނީ ހަރުފައެއްގައި