18 އޮކްޓޯބަރ 2018
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅަށް ފަހު ދެންމެ ރާއްޖެ ވަޑައިގެންފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅަށް ފަހު ދެންމެ ރާއްޖެ ވަޑައިގެންފި އެވެ.
މި މަހުގެ ހަތަރުވަނަ ދުވަހު، ހަގު ދަރިކަލުންނާ އެކު ފަސްޓް ލޭޑީ ފާތުން ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުން އިދިކޮޅު ފަރާތްތަކުން ބުނަމުން އައީ ދެން އެކަމަނާ ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށާއި ފިއްލެވީ ކަމަށެވެ.
ފަސްޓް ލޭޑީ ފާތުން މިއަދު ހެނދުނު ރާއްޖެ ވަޑައިގަތުމުން މަރުހާބާ ދަންނަވަން އެއްވި މީހުންނާ އެކަމަނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އެނގިފައިވާ ގޮތުގައި ފަސްޓް ލޭޑީގެ މި ދަތުރުފުޅުގައި ވަޑައިގަތީ ސައޫދީ އަރަބިއްޔާއަށެވެ. އަދި އެ ކަމަނާ އެނބުރި ރާއްޖެ މި ވަޑައިގަތީ އުމްރާއެއް ކުރެއްވުމަށް ފަހު އެވެ.
ފަސްޓް ލޭޑީ ފާތުން މިއަދު ހެނދުނު ރާއްޖެ ވަޑައިގަތުމުން މަރުހާބާ ދަންނަވަން އެއްވި ބައެއް މީހުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ފަސްޓް ލޭޑީ ފާތުން އެނބުރި ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ފިރިކަލުން ރައީސް އަބްދުﷲ ޔާމީނާއި ބައެެއް ވަޒީރުންނެވެ. މާލޭގެ ރަސްމީ ފާލަމުން އިސްވެ މަރުހަބާ ދެންނެވީ ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އަދި ރައީސް ޔާމީނަށާއި ފަސްޓް ލޭޑީއަށް ތާއީދުކުރާ ބައެއް މީހުން ވެސް ރަސްމީ ފާލަން ކައިރިން މަރުހަބާ ދެންނެވި އެވެ.
ފަސްޓް ލޭޑީ ފާތުން މާދަމާ މާލެ ވަޑައިގަންނަވަނީ
ފާތުން ޖަގަހަ އަށް؛ ޕީޕީއެމަށް އީދެއް ފަދަ ކަމެއް!
ޔާމީން މިނިވަންކުރަން ފާތުންއާއެކު ނަޝީދު އަޑުއުފުލައިފި
ފަސްޓްލޭޑީ އައްޑު އަށް ވަޑައިގެންފި
ރައީސް ޔާމީން ހޮވައިދިނުމަށް އެދި ފާތުންގެ ސިޓީފުޅެއް
ތުޅާދޫން މެޑަމް އަށް ބޮޑު ތަރުހީބެއް
މަސައްކަތް ފުޅާ ކުރެވޭނީ ރައީސަށް ވޯޓު ދީގެން: ފާތުން
ފަސްޓް ލޭޑީ ފާތުން ބ. އަތޮޅުގައި
"ޚިދުމަތް ކުރަން ފާތުން އަށް މަގާމެއް ބޭނުން ނުވާނެ"
ރައީސް ޔާމީންގެ ފަރާތްޕުޅުން މާލޭގެ ގެ ތަކަށް