Roadha Mihaaru
ދުނިޔޭގެ ގަދަ 10 ގައި ދިވެހި 40 ދަރިވަރުން

އޯލެވެލްގެ ދުނިޔޭގެ ގަދަ 10 ގައި ދިވެހި 40 ދަރިވަރުން

10 އޯގަސްޓް 2016

މިދިޔަ އަހަރު ސާނަވީ އިމްތިހާންގައި ދުނިޔޭގެ ފެންވަރުގައި އެކި މާއްދާތަކުން ގަދަ 10 ވަނައިގެ ތެރޭގައި ރާއްޖޭގެ 40 ދަރިވަރަކު ވަނީ ހިމެނި މީގެ ތެރެއިން އެކި މާއްދާތަކުން ދިވެހި ފަސް ދަރިވަރަކު އެއް ވަނަ ހޯދައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިދިޔަ އަހަރު ސާނަވީ އިމްތިހާންގައި ދުނިޔޭގެ ފެންވަރުގައި އެކި މާއްދާތަކުން ގަދަ 10 ވަނައިގެ ތެރޭގައި ރާއްޖޭގެ 40 ދަރިވަރަކު ވަނީ ހިމެނި މީގެ ތެރެއިން އެކި މާއްދާތަކުން ދިވެހި ފަސް ދަރިވަރަކު އެއް ވަނަ ހޯދައިފި އެވެ.

މުޅި ރާއްޖެއިން ހުރިހާ މާއްދާއަކުން "އޭ" ފާސް ހޯދައިގެން 74 ދަރިވަރަކު ވަނީ އެއް ވަނަ ހާސިލްކޮށްފަ އެވެ. ގަދަ 10 ގައި މިފަހަރު 500 އެއްހާ ކުދިން ވަނީ ހިމެނިފަ އެވެ.

ރަން ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މުޖުތުމައު ބިނާކުރުމުގައި މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންގެ ދައުރެއް އޮތްކަން ގަބޫލުކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"އެ ދައުރަކީ މުޖުތަމައުގައި ބިނާ ކުރުވަނިވި ކަންތައްތަކެއް ކުރުމަށް ހިތްވަރާއެކު މަސައްކަތް ކުރުން. ރޯލް މޮޑަލްއެއްގެ ގޮތުގައި، އެހެން މީހުންނަށް ނަމޫނާ ދައްކައިދޭ ބަޔަކަށް ވާން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.

އޯލެވެލް އިމްތިހާނުގެ މަތީ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

އޯލެވެލް އިމްތިހާނުގެ މަތީ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ރާއްޖެ އާއި ބޭރު ދުނިޔޭގައި ތައުލީމީ ދާއިރާއިން ރަން ވަނަތައް ހޯދަމުން އަންނަ ކުދިންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަ ކަމަށެވެ. އެހެންވެ، ރައީސްގެ ވާހަކަފުޅު ބިނާ ކުރެއްވީ ތައުލީމް ހާސިލްކުރާ ކުދިން އިތުރަށް ކިޔެވުމަށް ބާރު އަޅުއްވަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރަން ވަނަތައް ހޯދި ކުދިންނަކީ ކުރިއަށް އޮތް ތަނުގައި ރާއްޖެ ބައްޓަން ކުރުމަށް ވަރަށް މުހިންމު ބައެކެވެ. ރައީސް މި ކުދިން ސިފަ ކުރެއްވީ "އެންމެ ތާޒާ، އެންމެ ތަނަވަސް ސިކުނޑި" ލިބިފައިވާ ކުދިންގެ ގޮތުގަ އެވެ.

މި ނަތީޖާތަކަށް ބަލާއިރު މުޅި ދުނިޔޭގެ ނިސްބަތުން ރާއްޖޭގައި ތޫނުފުލި ކުދިންތަކެއް ތިބިކަން ދައްކައިދޭ. އެއް އަހަރުން އަނެއް އަހަރަށް ނަތީޖާތައް ދަނީ ރަނގަޅުވަމުން: ރައީސް

ވަނަތައް ހާސިލްކުރި ދަރިވަރުންނަކީ ހުރިހާ އެއްޗެއް އެނގިފައި ތިބޭ ކުދިންގެ ގޮތުގައި ނުދެކުމަށާއި ބޮޑެތި މީހުން ދޭ ލަފާތައް އަޑު އަހައި، އުނގެނުމުގެ މަރުހަލާގައި އަބަދުވެސް ތިބުމަށް ޝައުގުވެރިވާ ކުދިންތަކަކަށް ވާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. މަތީ ވަނަތައް ނުލިބުނު ދަރިވަރުން ވެސް ހިތްވަރު ދޫނުކޮށްލުމަށް ރައީސް ނަސޭހަތްތެރިވެވަޑައިގަތެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއްވެސް ދަރިވަރަކަށް ރަނގަޅު ނަތީޖާއެއް ހާސިލްނުވެއްޖެ ނަމަ، ދެވަނަ ފަހަރަށް އާ އަޒުމާއެކު މަސައްކަތް ކޮށްގެން "ކުރިބޯއްޓާ" ހަމައަށް ދެވޭނެ އެވެ.

"މި ނަތީޖާތަކަށް ބަލާއިރު މުޅި ދުނިޔޭގެ ނިސްބަތުން ރާއްޖޭގައި ތޫނުފުލި ކުދިންތަކެއް ތިބިކަން ދައްކައިދޭ. އެއް އަހަރުން އަނެއް އަހަރަށް ނަތީޖާތައް ދަނީ ރަނގަޅުވަމުން،" ރައީސް ވިދާޅުވި އެވެ.

"ހުރިހާ ކުދިންނަށް ވެސް ދޭނެ ނަސޭހަތަކީ އެއްގޮތަކަށް ވެސް މާޔޫސްކަން މަތީގައި ހަޔާތުގެ ބާކީ އޮތް ބައި ހޭދަ ކުރަން ހިޔާލު ނުކުރާށޭ،"

އޯލެވެލް އިމްތިހާނުން މަތީ ވަނަތައް ހާސިލްކުރި ދަރިވަރުންގެ ތެރެއިން ދަރިވަރަކަށް ރައީސް އަބްދުﷲ ޔާމީން އިނާމު ހަވާލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

އޯލެވެލް އިމްތިހާނުން މަތީ ވަނަތައް ހާސިލްކުރި ދަރިވަރުންގެ ތެރެއިން ދަރިވަރަކަށް ރައީސް އަބްދުﷲ ޔާމީން އިނާމު ހަވާލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ޔުނިވާސިޓީއަކަށް ވަނުމަކީ ދިގު ދަތުރެއްގެ ފެށުން ކަމަށާއި މި ދަތުރުގައި ނަގާ އަށެއްކަ އަހަރަކީ ވަރަށް އަވަހަށް ނިމިގެން ދާނެ އަހަރުތަކެއް ކަމުން، ޕްލޭންތަކެއް ނަހަދައި ކުދިން ކިޔަވަން މަސައްކަތް ކުރާނަމަ އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، ރިވެތި އަހުލާގާ އެކު މަސައްކަތް ކުރުމުގެ މުހިންމުކަމާއި އެކަކު އަނެކަކަށް އިހްތިރާމް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އަދި އިހްތިރާމް ލިބިގަންނަން ބޭނުން ނަމަ، އިހްތިރާމް ކުރަން ދަސްކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރަނގަޅަށް ކިޔަވަން ބޭނުން ނަމަ، ކުއްޖާގެ ހަށިގަނޑު ހުންނަން ޖެހޭނީ އެކަމަށް ތައްޔާރުވެގެން ކަމަށާއި "އަބަދު ފޮތް ކައިރީގައި އިނދެގެން" ދަސް ނުވާނެ ކަމަށެވެ. އަބަދު ކިޔެވުމުގެ ބަދަލުގައި ކުޅިވަރު ނުވަތަ މުނިފޫހިލުވުމަށް ކޮންމެވެސް ކަމެއް ކުރަން ޖެހޭނެ ކަމަށާއި އެހެންނޫނީ ހެޔޮ ގޮތުގައި ސިކުނޑި މަސައްކަތް ނުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.