10 ސެޕްޓެމްބަރ 2018
ސަރުކާރުން ފައިސާ އިން ވައްކަން ކުރިކަމަށް ވިޔަސް، ވޯޓުން ވައްކަން ކުރިޔަ ދީގެން ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ފައިސާ އިން ވައްކަން ކުރިކަމަށް ވިޔަސް، ވޯޓުން ވައްކަން ކުރިޔަ ދީގެން ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ށ. އަތޮޅާއި ނ. އަތޮޅުގެ ބައެއް ރަށްތަކަށް ފެއްޓެވި ދަތުރުގައި، ނ. މާފަރުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލުކުރައްވައި އިބޫ ވިދާޅުވީ ފެންނަ މަންޒަރުތަކުން އެނގެނީ ސަރުކާރުން ވޯޓާ ކުޅެ، ވޯޓު އޮޅުވާލަން މަސައްކަތް ކުރާކަން ކަމަށެވެ. ނަމަވެސް ރައްޔިތުން ފާރަވެރިވެ، އެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
އިބޫ މިއަދު ނ. މާފަރަށް ވަޑައިގެން މީހަކާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ
"އަޅުގަނޑުމެންނަށް ފެންނަ މަންޒަރުތަކުން މި ސަރުކާރުން ކުރަމުން ގެންދާ ކަންތައްތަކުން ވޯޓާ ކުޅޭނެ، ވޯޓު އޮޅުވާލަން މަސައްކަތް ކުރާނެ. ފައިސާ އިން ވައްކަން ކުރާ ގޮތަށް ވޯޓުން ވައްކަން ކުރިޔަ ދީގެން މިފަހަރު ނުވާނެ،" މާފަރުގެ ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް 13 ދުވަހަށް ވެފައިވާއިރު، ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަ ހުއްޓެވެ. އެގޮތުން ގޭގެއަށް ގޮސް، ވޯޓު ހޯދަން މަސައްކަތް ކުރުމަށާއި ވޯޓަށް ތައްޔާރުވާން ވެސް އެދިވަޑައިގެންނެވި އެވެ.
ސަރުކާރަށް ފާޑުކިޔުއްވަމުން އިބޫ ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ އަނިޔާވެރި، އެންމެ ގިނަ ވައްކަން ކުރި ފަސް އަހަރު ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަނުން ނުކުމެ ތިބީ ސިޔާސީ މަސައްކަތް ކުރުމަށް ވުރެ، ގައުމީ މަސައްކަތެއް ކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިބޫ ވަނީ ތަރައްގީއަށް ފަށާފައި ހުރި މަސައްކަތްތައް ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވެ، ނ. މާފަރު އެއާޕޯޓު ވެސް ފުރިހަމަކޮށް ދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
މާފަރުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިބޫ ވާހަކަ ދައްކަވަނީ. - ފޮޓޯ: އެމްޑީޕީ
ނ. އަތޮޅުން މިސާލު ނަންގަވައި އިބޫ ވިދާޅުވީ އެ އަތޮޅުގެ ރަށްތައް ވިއްކައި، ކުއްޔަށް ދީ "ހުސްކޮށްފައިވާ ކަމަށެވެ. އަދި ނ. އަތޮޅުގައި އޮންނަ 90 ރަށުގެ ތެރެއިން ބާކީ ނުވިއްކާ އޮތީ ދެތިން ރަށް ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު އެ ރަށްތައް ދިނީ ކޮން ބަޔަކަށް ކަން ސަރުކާރަށް ވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއް ރަށް ތިން ހަތަރު މީހުންނަށް ދީފައި. ތިން، ހަތަރު ރަށް އެއް ނަމެއްގައި ދީފައި މިހެން ގޮސް، ފަޅުތަކާއި ގިރިތަކާއި ކަނޑުތަކާއި ވާތަކާއި ގޮނޑުދޮށް ވިއްކާ ހުސްކޮށްފައި އޮތީ،" އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެއީ ކޮން ބަޔަކަށް ދީފައިވާ ތަނެއްތޯ ބެލުން."
އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އެއީ "އުނދަގޫ ކަމެކެ"ވެ. އަދި މައްސަލަތައް ވެސް ނުކުންނާނެ ކަމަށް ވިދާޅުވި އެވެ.
"ކިހިނެއްތޯ އޭގެ މިލްކުވެރިކަން ހޯދާނީ؟ ތިން ހަތަރު މީހުންނަށް އެ ރަށް ދީފައި އޮތީމަ. އަނެއްކާ ދިނީ އެކަންޏެއް ނޫނޭ. ކޮންމެ މީހެއްގެ އަތުން ފައިސާ ނަގާފައި. އުނދަގޫ ބުރަ މަސައްކަތެއް އަޅުގަނޑުމެން ކުރަން ނުކުމެ މިތިބީ. އެހެންވިޔަސް އެކަން އަޅުގަނޑުމެންނަށް ކުރެވޭނެ،" އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރާނީ ނ. އަތޮޅުގެ އަޣުލަބިއްޔަތާ ވެސް އެކުގައި ކަމަށެވެ.
ރާއްޖެ އޮތީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި: އިބޫ
"ކޮރަޕްޝަން ބަލާ ކޮމިޝަނަށް ވީ އެއްވެސް ކަމެއް ނެތް"
ސަރުކާރު އައީ ހަސަދަ ފިލުވައި، ބަދަލުހިފަން: ޕީޕީއެމް
ވައްކަމުގެ ތުހުމަތުތަކަށް ނަޝީދުގެ ދިފާއަކީ މަޖިލިސް
ވިސްލްބްލޯ ކުރުމާ ގުޅޭ ބިލް ރައީސް ތަސްދީގުކުރައްވައިފި
ހީލަތާއި ބޮޑު ކޮރަޕްޝަން އޮތީ މި ސަރުކާރުގައި: ޔާމީން
ޔާމީން މިނިވަންވާ ތަން ދެކެން ބޭނުން: އަސްލަމް
ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަން ޕޯޓަލެއް
ރައީސްގެ މެސެޖް: ނާޖައިޒު ކަމެއް ހިނގާނަމަ، އަންގާ!
ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅަން ހުޅުވާލައިފި