Roadha Mihaaru
ބްރިޖް ހުރަސްކޮށް "ސަބްމޯ" ހުޅުމާލެއަށް!

ބްރިޖް ހުރަސްކޮށް "ސަބްމޯ" ހުޅުމާލެއަށް!

07 ސެޕްޓެމްބަރ 2018

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ "ސަބްމޯ" ސަބްމެރިން، ސިނަމާލެ ބްރިޖް މިއަދު އާއްމުކޮށް ހުޅުވާލުމާއެކު ހުޅުމާލެއަށް ޑެލިވަރީކުރަން ފަށައިފި އެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ "ސަބްމޯ" ސަބްމެރިން، ސިނަމާލެ ބްރިޖް މިއަދު އާއްމުކޮށް ހުޅުވާލުމާއެކު ހުޅުމާލެއަށް ޑެލިވަރީކުރަން ފަށައިފި އެވެ.

ސިނަމާލެ ބްރިޖް މިއަދު ހަވީރު 4:00 ގައި އާންމު ދަތުރު ފަތުރަށް ހުޅުވާލުމާއެކު ސަބްމޯއަށް ވަނީ އޯޑަރު ލިބެން ފަށައިފަ އެވެ.

ސަބްމޯގެ އޮފިޝަލަކު މިރޭ ވިދާޅުވީ ހުޅުމާލެއިން މިއަދު ފުރަތަމަ ލިބުނު އޯޑަރެއް 4:30 ވުމުގެ ކުރިން ހުޅުމާލެ އަށް ގެންގޮސްދީފައިވާ ކަމަށެވެ.

"މީގެ ކުރިން އަޅުގަނޑުމެން ޑެލިވަރީކުރީ ހަމައެކަނި މާލެއަށް. ނަމަވެސް އަޅުގަނޑުމެން ހުޅުމާލެއަށް ޑެލިވަރީކޮށްދޭކަން އެނގުމާއެކު މިރޭ ވަނީ ރެކޯޑް އަދަދަކަށް އޯޑަރު ލިބިފައި،" އޭނާ ވިދާޅުވި އެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން ފެށި ސަބްމޯގެ ސަބްމެރިން ވަނީ ގިނަ ބައެއްގެ މަގުބޫލްކަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދާފައި.

މީގެ އަހަރެއްހާ ދުވަސްކުރިން ފެށި ސަބްމޯގެ ސަބްމެރިން ވަނީ ގިނަ ބައެއްގެ މަގުބޫލްކަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދާފައި.

އޭނާ ވިދާޅުވީ ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ސަބްމޯ، މާލެ އިން ހުޅުމާލެއަށް ގެންގޮސްދިނުމަށް އެއްވެސް ޗާޖެއް ނުނަގަ އެވެ.

"މާލެ އާއި އެއް އަގެއްގައި ހުޅުމާލެ އަށް ވެސް ސަބްމޯގެ ސަބްމެރިން ޑެލިވަރީކޮށްދޭނެ. އިތުރު އެއްވެސް ޗާޖެއް އަޅުގަނޑުމެން ޑެލިވަރީއަށް ނުނަގާނެ. އެކަމަކު ފަހުން ޓޮލް ނަގަން ފެށީމަ ޓޮލް އިތުރުވާނެ ބިލަށް،" އޮފިޝަލް ބުންޏެވެ.

"މިއީ ވަރަށް ތާރީޚީ ފެށުމެއް. އަޅުގަނޑަށް ހިއެއް ނުވޭ އެހެން ބަޔަކު އަދި ޑެލިވަރީގެ ހިދުމަތްދޭ ކަމެއް."

ސަބްމޯ އިން ތަފާތު ހަތަރު ވައްތަރެއްގެ ސަބްމެރިން ވިއްކަ އެވެ. އެއީ ބީފް ސަބްމެރިން، ޗިލީ ޗިކަން ސަބްމެރިން، ޗިކަން ސަބްމެރިން އަދި ޓޫނާ ސަބްމެރިން އެވެ.

ސަބްމޯގެ ސަބްމެރިން ވަނީ ގިނަ ބައެއްގެ މަގުބޫލްކަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދާފައި.

ސަބްމޯގެ ސަބްމެރިން ވަނީ ގިނަ ބައެއްގެ މަގުބޫލްކަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދާފައި.

ސަބްމޯ އިން ސަބްމެރިން ގަންނަ ބޭނުންވާ ފަރާތްތަކުން 3325151 އަށް ގުޅުމުން ޑެލިވަރީކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން އުފެއްދި ސަބްމޯ އަކީ މިވަގުތު މާލޭގައި ސަބްމެރިން ޑެލިވަރީ ކޮށްދޭ ހަމައެކަނި ފަރާތެވެ. ސަބްމޯ އިން ވަނީ އިތުރު ރަހަތަކާއެކު ސަބްމޯގެ ރެސްޓޯރެންޓެއް ފަރީދީމަގުގައި އަންނަ މަހު ހުޅުވާ ގޮތަށް ހަމަޖައްސައިފަ އެވެ.