06 ސެޕްޓެމްބަރ 2018
ޑާކާ (ސެޕްޓެމްބަރު 6) - ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ކޮރަޕްޝަނުގެ މައްސަލައެއް ބެލުމަށްޓަކައި އެކަމަނާ މިހާރު ބަހައްޓާފައި ހުރި ޑާކާގެ ސެންޓްރަލް ޖަލް ވަގުތީ ގޮތުން ކޯޓް ރޫމަކަށް ބަދަލުކޮށްފި އެވެ.
ޑާކާ (ސެޕްޓެމްބަރު 6) - ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ކޮރަޕްޝަނުގެ މައްސަލައެއް ބެލުމަށްޓަކައި އެކަމަނާ މިހާރު ބަހައްޓާފައި ހުރި ޑާކާގެ ސެންޓްރަލް ޖަލް ވަގުތީ ގޮތުން ކޯޓް ރޫމަކަށް ބަދަލުކޮށްފި އެވެ.
އުމުރުން 73 އަހަރުގެ ޒިޔާ މިހާރު ވެސް ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުންނެވެ. އެކަމަނާގެ މައްޗަށް ތުހުމަތުކޮށްފައިވާ އިތުރު މައްސަލައެއްގައި ކޯޓަށް ހާޒިރު ކުރަން ޖެހުމުން ޚާލިދާ ވަނީ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޝަރީއަތުގެ މަޖިލިސް ވަނީ ޖަލުގައި ބާއްވާ ފުރޮޅުލީ ގޮނޑީގައި އެކަމަނާ ހާޒިރުކޮށްފަ އެވެ.
ޒިޔާ ވިދާޅުވީ އެކަމަނާ އަށް އިންސާފު ނުލިބޭނެ ކަމަށެވެ.
"ބޭނުންވާ ގޮތަކަށް ހުކުމް ކުރައްވާ. އަޅުގަނޑު ވަރަށް ބަލި. އަތާއި ފައިގެ ވާގިވަނީ ދޫވެފައި،" ކޯޓުގައި އެކަމަނާ ވިދާޅުވި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
ޖަލުގައި ޝަރީއަތުގެ މަޖިލިސް ބޭއްވުމުން ޒިޔާގެ ވަކީލުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
ޒިޔާގެ މައްޗަށް އިއްވާފައިވާ ކޮރަޕްޝަނުގެ މައްސަލާގައި ކޯޓުން މެއި މަހު ވަނީ ކަފާލާތުގެ ދަށުން އެކަމަނާ ދޫކޮށްލަން އަންގައިފަ އެވެ. ނަމަވެސް އެކަމަނާގެ މައްޗަށް އެހެން މައްސަލަތަކެއްގެ ތުހުމަތު ކުރެވޭ ކަމަށް ބުނެ ދޫކޮށްލަން ވަނީ ދެކޮޅު ހަދައިފަ އެވެ.
ޑާކާގެ ސެންޓްރަލް ޖަލް ހަދާފައި ވަނީ 19 ވަނަ ގަރުނުގައި އިނގިރޭސިންގެ އިސްތިއުމާރުގެ ދުވަސްވަރުގަ އެވެ. އެކަމަކު ބަންގްލަދޭޝްގެ އެންމެ ބޮޑު އެ ޖަލު 2016 ވަނަ އަހަރުން ފެށިގެން ބޭނުމެއް ނުކުރެ އެވެ. ޒިޔާގެ ވަކީލުން ބުނެފައި ވަނީ އެ ޖަލުގައި ހުރީ ޒިޔާ އެކަނި ކަމަށެވެ.
ލޯ އެންޑް ޖަސްޓިސް މިނިސްޓަރު އަނީސުލް ހައްގު އޭއެފްޕީ އަށް ވިދާޅުވީ ސެންޓްރަލް ޖަލް ކޯޓް ރޫމަކަށް ހަދާފައި ވަނީ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ. އަދި ޖަލުގައި ޝަރީއަތްތައް ބޭއްވުމަކީ ގާނޫނު އަސާސީ ހުއްދަ ކުރާ ކަމެއް ކަމަށާއި މީގެ ކުރިން ވެސް ބައެއް ޝަރީއަތްތައް ޖަލުގައި ބާއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮރަޕްޝަނުގެ ކުށުގައި ޒިޔާގެ މައްޗަށް ހުކުމް ކުރީ ފެބްރުއަރީ މަހު އެވެ. ޒިޔާގެ ވަކީލުން ބުނެފައި ވަނީ އާތުރައިޓިސްގެ ސަބަބުން އެކަމަނާ އަށް ހިނގާ ބިނގާވެ ނޫޅުއްވޭ ކަމަށެވެ.
ހަސީނާގެ ވެރިކަން ނިމުމާ އެކު ޚާލިދާ މިނިވަންކޮށްފި
ހަސީނާއަށް ބަންގްލާދޭޝްގެ ވެރިކަން ފަސް ވަނަ ފަހަރަށް
ހަސީނާއާ ދެކޮޅަށް ބަންގްލަދޭޝް ރައްޔިތުން މަގުތަކަށް
ޚާލިދާ ޒިޔާ އަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް ހަދައިފި
ޒިޔާގެ ހުކުމް އިސްތިއުނާފް ކުރުމުން އަދަބު ދެގުނަކޮށްފި
ޚާލިދާ ޒިޔާ އަނެއްކާވެސް ހަތް އަހަރަށް ޖަލަށް
ޚާލިދާ ޒިޔާގެ ދަރިކަލުންނަށް ހުކުމްކޮށްފި
ޚާލިދާ ޒިޔާގެ އެއް އަތް ހަރަކާތެއް ނުކުރޭ: ޑޮކްޓަރު
ޖަލުގައި ހުންނެވި ޚާލިދާ ޒިޔާ އެޑްމިޓްކޮށްފި
ޚާލިދާ ޒިޔާ ކަފާލާތުގެ ދަށުން ދޫކުރަން ހުއްދަ ދީފި