30 ޖުލައި 2023
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ވެރިކަމުން އިސްތިއުފާ ދެއްވައި ވަގުތީ ސަރުކާރެއްގެ ބެލުމުގެ ދަށުން އާ އިންތިާބެއް ބޭއްވުމަށް ގޮވާލައި، އެ ގައުމުގެ އާންމު ރައްޔިތުން ކުރަމުންދާ މުޒާހަރާ ވަރުގަދަވެ، ފުލުހުން ބާރުގެ ބޭނުންކުރަން ފަށައިފި އެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ވެރިކަމުން އިސްތިއުފާ ދެއްވައި ވަގުތީ ސަރުކާރެއްގެ ބެލުމުގެ ދަށުން އާ އިންތިާބެއް ބޭއްވުމަށް ގޮވާލައި، އެ ގައުމުގެ އާންމު ރައްޔިތުން ކުރަމުންދާ މުޒާހަރާ ވަރުގަދަވެ، ފުލުހުން ބާރުގެ ބޭނުންކުރަން ފަށައިފި އެވެ.
ބޮޑުވަޒީރުގެ އިސްތިއުފާ އަށް ގޮވައި މުޒާހަރާ ކުރަމުންދާ މީހުން ވެރިރަށް ޑާކާގެ މަގުތަކަށް އެއްވެ ބައެއް މަގުތައް ބަންދުކޮށް، ފުލުހުންނާ ދިމާއަށް އޮއްގަލާއި ލަކުޑިބުރިތައް އުކަމުން ދާއިރު، މުޒާހަރާ ރޫޅައިލުމަށް ފުލުހުން ދަނީ ބާރުގެ ބޭނުންކުރަމުންނެވެ. އެ ގޮތުން ރަބަރު ވަޒަން ބޭނުންކޮށްގެން ބަޑި ޖަހައި، ކަރުނަ ގޭސް ޖަހައިގެން، މުޒާހަރާގެ ބައިވެރިން ވިއްސިވިހާލިކޮށްލުމަށް ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އިދިކޮޅު، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ މެންބަރުންނާއި ސަޕޯޓަރުން މަގުތަކަށް ނުކުމެ، އާންމު ދަތުރުފަތުރަށް ހުރަސް އަޅައި، ބައެއް ބަސްތަކުގައި ވަނީ ހުޅުޖަހައިފަ އެވެ. އޭގެ އިތުރުން ބައެއް ސަރަހައްދުތަކުގައި ޕެޓްރޯލް ބޮން ގޮއްވައި މީހުންގެ މުދަލަށާއި ވިޔަފާރިތަކަށް ގެއްލުން ދިނުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.
މުޒާހަރާގެ ބައިވެރިން ބުނަމުން ދަނީ އަންނަ އަހަރުގެ ކުރީކޮޅު ބާއްވަން ހަމަޖައްސާފައިވާ އާންމު އިންތިހާބުގެ ކުރިން، މިހާރުގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށެވެ. އަދި އާންމު އިންތިހާބު ބާއްވަން ވާނީ، ވަގުތީ ސަރުކާރެއްގެ ބެލުމުގެ ދަށުން ކަމަށާއި، އެހެން ނޫން ނަމަ އެ އިންތިހާބު މިނިވަން ނުވާނެ ކަމަށް އެމީހުން ބުނެ އެވެ.
ޝައިޚް ހަސީނާގެ ސަރުކާރާ ދެކޮޅަށް އާންމުން މަގުތަކަށް ނުކުންނަން ފެށީ، އާންމު ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ ޒަރޫރީ ތަކެތީގެ އަގުތައް މާ ބޮޑަށް މައްޗަށް ދާން ފެށުމާ ގުޅިގެންނެވެ. އިދިކޮޅު ބީއެންޕީގެ ލީޑަރު ހާލިދާ ޒިއާގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، 2018 ވަނަ އަހަރުން ފެށިގެން ޖަލުގައި ބަންދުކޮށްފައި ހުރުމުގެ ސަބަބުން، ސަރުކާރު ޒިންމާދާރު ކުރުވާނެ ސިޔާސީ ބާރެއް ނެތް ކަމަށް އާންމުން ދެކެ އެވެ.
އެކަމުގެ ނާއުންމީދުގައި ތިބި އާންމު ރައްޔިތުންނާއި އެ ޕާޓީގެ ބައެއް މެމްބަރުން ގުޅިގެން، ޝައިޚް ހަސީނާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ފެށީ މީގެ ދެތިން މަސް ކުރިންނެވެ. އޭގެ ފަހުން މުޒާހަރާތައް ވަރުގަދަވަމުން އައިސް، މިހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާ އޮތީ މިދިޔަ ހުކުރު ދުވަހު އެވެ.
އިއްޔެގެ މުޒާހަރާތަކުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި، މުޒާހަރާގެ ބައިވެރިންގެ ތެރެއިން 30 އަށް ވުރެ ގިނަ މީހުން ޒަަމްވި އެވެ. އަދި ފުލުހުންގެ ތެރެއިން 20 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބުނު ކަމަށް ފުލުހުން ބުނެ އެވެ.
އޭގެ އިތުރުން މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފުލުހުން ވަނީ 90 މީހަކު ހައްޔަރުކޮށްފަ އެވެ. އިދިކޮޅު ބީއެންޕީގެ އިސް ވެރިންގެ ތެރެއިން ދެ ބޭފުޅަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދެތިން ގަޑިއިރު ފަހުން ދޫކޮށްލި އެވެ.
ސަރުކާރާ ދެކޮޅަށް ފަށާފައިވާ ސިލްސިލާ މުޒާހަރާތައް ވަރުގަދަވާން ފެށުމާއެކު، ވެރިކަން ކުރާ އަވާމީ ލީގް ޕާޓީގެ ފަރާތުން ވަނީ، އެ ޕާޓީގެ މެމްބަރުން މިއަދު މަގުތަކަށް ނުކުމެ ސަރުކާރާ އެއްކޮޅަށް މުޒާހަރާ ކުރުމަށް ގޮވާލައިފަ އެވެ. އެކަމަށް ރައްދު ދީ، އިދިކޮޅު ބީއެންޕީން ބުނެފައިވަނީ މިހާތަނަށް މުޒާހަރާއަށް ނުނުކުންނަހާ ގިނަ އަދަދެއްގެ މީހުން، މާދަމާގެ މުޒާހަރާގައި ބައިވެރިވާނެ ކަމަށެވެ.
އާ އިންތިޚާބަކަށް ގޮވާލައި، ބަންގާޅުގައި މުޒާހަރާކުރަނީ
ބަންގްލާދޭޝްގެ އުއްތަމަ ފަނޑިޔާރު ވެސް އިސްތިއުފާދެނީ
ހަސީނާގެ ވެރިކަން ނިމުމާ އެކު ޚާލިދާ މިނިވަންކޮށްފި
ހަސީނާގެ ވެރިކަން ނިންމި 24 ގަޑިއިރުތެރޭ 100 މަރު
ހަސީނާ އިސްތިއުފާ ދެއްވައި، ގައުމުން ފިއްލަވައިފި
ހަސީނާއަށް ބަންގްލާދޭޝްގެ ވެރިކަން ފަސް ވަނަ ފަހަރަށް
އީރާންގެ މަޝްހޫރު ފިލްމީ ތަރި ހައްޔަރުކޮށްފި
ހާލުގައި ޖެހިފައިވާ ލަންކާ އަށް ރަޝިޔާގެ ތެޔޮ
ނެދަލޭންޑްސްގެ ކޮވިޑް މުޒާހަރާ ކޮންޓްރޯލުން ނެއްޓެނީ
ސޫދާންގެ ފަނޑިޔާރުން ވެސް މަދަނީ ބަސްނޭހުމަކަށް