03 ސެޕްޓެމްބަރ 2018
މީގެ ކުރިން ބޭއްވި ރިޔާސީ ދެ އިންތިހާބުގައި ވެސް ވޯޓު ލާ މަރުކަޒުތަކަށް ދެ ފޮށި ފޮނުވާފައި ނުވާނެ ކަމަށް، 2008 އަދި 2013 ގެ ރިޔާސީ އިންތިހާބު ބޭއްވި އިލެކްޝަންސް ކޮމިޝަނުގައި ހިމެނިވަޑައިގެންނެވި ފުއާާދު ތައުފީގު ރޭ ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ބޭއްވި ރިޔާސީ ދެ އިންތިހާބުގައި ވެސް ވޯޓު ލާ މަރުކަޒުތަކަށް ދެ ފޮށި ފޮނުވާފައި ނުވާނެ ކަމަށް، 2008 އަދި 2013 ގެ ރިޔާސީ އިންތިހާބު ބޭއްވި އިލެކްޝަންސް ކޮމިޝަނުގައި ހިމެނިވަޑައިގެންނެވި ފުއާާދު ތައުފީގު ރޭ ވިދާޅުވެއްޖެ އެވެ.
މިދިއަ ރިޔާސީ އިންތިހާބު އޮތް އިރު އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަން ކުރެއްވި ފުއާދު މި ގޮތަށް ވިދާޅުވީ މި މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ބައެއް މަރުކަޒުތަކަށް ދެ ފޮށި ފޮނުވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖެއްސުމުންނެވެ. އަދި އެއީ ކުރީގެ އިންތިހާބުތަކުގައި ވެސް ކަން ކުރި ގޮތް ކަމަށް އީސީން ބުނެފައި ވަނިކޮށެވެ.
ދެ ކެންޑިޑޭޓުން ވާދަކުރައްވާ އަދި އެންމެ ބުރެއް އޮންނަ އިންތިޚާބުގައި ބައެއް މަރުކަޒުތަކަށް ދެ ފޮށި ފޮނުވަން ޖެހޭ ސަބަބާ މެދު އިދިކޮޅު ބައެއް މެމްބަރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
އީސީން ބުނި ގޮތުގައި ބައެއް މަރުކަޒުތަކަށް ދެ ފޮށި ފޮނުވަނީ އެއް ފޮށި ފުރިއްޖެ ހާލަތެއްގައި ބޭނުންކުރާށެވެ.
EC ge Akram vidhaalhuvanee komme dhaairaa akah vote fosheege 2 foshi fonuvaane vaahaka aai meegekurin ves ehen hadhaa kamah. Meege kureege riyaasee Inthikhaabu thaku gai fonuvanee kuda dhaairaa akah kuda fotteh bodu dhaairaa akah bodu fotteh ekani. Local Council thafaathu vaane. https://t.co/ELpAtjAP9y
— Fuwad Thowfeek (@FuwadThowfeek) September 2, 2018
ފުއާދު ކުރެއްވި ޓުވީޓް/
ފުއާދު "މިހާރު" އަށް ވިދާޅުވީ 2013 ގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ތިން ބުރަށް ބާއްވަން ޖެހުނުއިރު ވެސް މަރުކަޒުތަކަށް ދެ ފޮށި ފޮނުވާފައި ނުވާނެ ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތަކުގައި ވެސް އަމަލުކުރި ގޮތް ކަމަށާއި މަރުކަތަކަށް ދެ ފޮށި ފޮނުވަނީ ހަމައެކަނި ލޯކަލް ކައުންސިލް އިންތިޚާބުގައި ކަމަށް ފުވާދު ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބުގައި އެގޮތަށް ކަންތައްކުރަނީ ރަށު ކައުންސިލަށް ވޯޓު ލުމުގެ އިތުރުން އަތޮޅު ކައުންސިލަށް ވެސް ރަައްޔިތުން ވޯޓު ލާން ޖެހޭތީ، އެ ދެ ބައިގެ ވޯޓަށް ހާއްސަކޮށްގެންނެވެ.
"އިލެކްޝަންސުން އާއްމުކުރީ ކަނޑައެޅިގެން ނުބައި މައުލޫމާތުތަކެއް. އޭރު [2013 ގައި] އަމަލުކުރި ގޮތަކީ، 600 މީހުން ވޯޓުލާ ނަމަ ކުޑަ ފޮއްޓެއް ފޮނުވަނީ. އެއަށް ވުރެ ގިނަ ނަމަ، ބޮޑު ފޮއްޓެއް ފޮނުވާފައި ވަނީ. އެ އަދަދުން ބަލާއިރު ވެސް އެއް ފޮށި ފުރި، އެ ފޮއްޓަށް ވޯޓު ނޭޅިގެން އުޅެން ޖެހުނު ހަނދާނެއް އަޅުގަނޑު ނުވޭ،" މިހާރު ސްރީ ލަންކާގައި ދިރިއުޅުއްވަމުން ގެންދަވާ ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިލެކްޝަންސުން އަމަލުކުރަމުން އަންނަ ގޮތުން މި އަހަރުގެ އިންތިޚާބާ މެދު ސުވާލު އުފައްދާނެ ޖާގަ ލިބެ އެވެ. އެއް ކަމަކީ، ރީ ރަޖިސްޓްރޭޝަންގައި އަމަލުކުރި ގޮތް ކަމަށާއި 5،000 އަށް ވުރެ ގިނަ ފޯމު ރިޖެކްޓްކުރުމަކީ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ބޮޑު އަދަދެއް އެނގޭތޯ އެ ރިޖެކްޓް ކުރެއްވީ. އޭގެ ތެރެއިން 500 ފޯމު ވެސް ރިޖެކްޓްކުރަން ޖެހޭ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. މިގޮތަށް ކަންކަން ކުރެއްވީމަ ގިނަ ބަޔަކަށް ބުނަން ފުރުސަތު އެ ލިބެނީ، އިލެކްޝަންސްގެ އަމަލުތައް މިފަހަރު ހުރީ ރައްޔިތުންގެ ވޯޓު ލުމުގެ ހައްގު ގެއްލުވާލާ ކަހަލަ ގޮތަކަށޭ،" ފުއާދު ވިދާޅުވި އެވެ.
"އަޅުގަނޑާ ސްރީ ލަންކާ އިން ދިމާވާ އެތައް ބައެއްގެ ކަންބޮޑުވުމެއް އެއީ، ރީ-ރަޖިސްޓްރީ ކޮށްފައިވިޔަސް ވޯޓު ލެވިދާނެ ކަމާ މެދު. އެ މީހުން ތިބީ ޝައްކެއްގެ މަތީގައި. އެއީ، ރީރަޖިސްޓްރީ ކުރަން ދުވަހަކު ފޯމު ހުށަނާޅާ މީހުން ވެސް މި އިންތިޚާބުގައި އެކި ތަންތަނަށް ރަޖިސްޓްރީ ކޮށްދީފައި އެބަހުރި. ފޯމު ހުށަހެޅި މީހުން ނުބައި ތަންތަނަށް ރަޖިސްޓްރީކޮށްފައި އެބަހުރި."
އޭނާ ވިދާޅުވި ގޮތުގައި އީސީއަށް ގާނޫނުން ލާޒިމްކުރަނީ، ރިޔާސީ އިންތިޚާބު ވެސް އިންސާފުވެރިކަމާ އެކު އިންތިޒާމްކޮށްދިނުމެވެ. އެކަމަކު އޭގެ ބަދަލުގައި ފެންނަނީ ވޯޓުލުމުގެ ހައްގަށް ހުރަސްއެޅޭ އަމަލުތަކެއް ހިންގަމުން އަންނަ މަންޒަރު ކަމަށް ވިދާޅުވި އެވެ. އެއީ، ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތާއި ކެމްޕޭން ކުރުމުގެ ޖާގަ އާއި މުއައްސަސާތަކުގެ އަމަލުތަކަށް ބެލިއަސް ކަން ހުރީ އެގޮތަށް ކަމަށް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވެފައިވާ ގޮތުގައި ފޮއްޓަކަށް ވޯޓުލާ އާބާދީ 600-1000 ދޭތެރޭގައި ނަމަ އެ މަރުކަޒަކަށް ފޮނުވާނީ ކުޑަ ދެ ފޮއްޓެވެ. އަދި ފޮއްޓަކަށް ވޯޓުލާ އާބާދީ 1،000 އަށް ވުރެ އިތުރު ނަމަ ފޮނުވާނީ، ބޮޑު ފޮއްޓަކާއި ކުޑަ ފޮއްޓެކެވެ. މީގެ ކުރިން ބޭއްވި އިންތިޚާބުތަކުގައި ވެސް ބައެއް މަރުކަޒުތަކަށް ދެ ފޮށި ފޮނުވާކަމަށް ވިދާޅުވެ، ހެއްކެއްގެ ގޮތުގައި ދެއްކެވީ 2013 ގެ އިންތިޚާބުގައި އއ. އަތޮޅު އިލެކްޝަން ޔުނިޓަށް ފޮނުވާފައިވާ ފެކްސް މެސެޖެކެވެ. އޭގައި އެދިފައި ވަނީ، އިންތިޚާބުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމްކުރާ ކޮންމެ މަރުކަޒަކަށް ދެ ވޯޓު ފޮއްޓާއި ވޯޓިން ބޫތު ހުރި ކަން ކަށަވަރު ކުރުމަށެވެ. "އެހެންވީމަ، 2013ގެ ރިޔާސީ އިންތިޚާބުގައި ވެސް އެބަހުރި ބައެއް މަރުކަޒުތަކަށް ދެ ފޮށި ފޮނުވާފައި. އެއީ އެއް ފޮށި ފުރިއްޖެ ހާލަތެއްގައި ބޭނުން ކުރަން. މި އިންތިޚާބުގައި ވެސް ދެ ފޮށި ފޮނުވާނީ ކުރީގެ އިންތިޚާބުތަކުގައި ފޮނުވާފައި ހުރި މަރުކަޒުތަކަށް،" އަކްރަމް ވިދާޅުވި އެވެ.
ވޯޓު ގުނުން ތަފާތު؟ ނަތީޖާ ފުރަތަމަ ޓެބްލެޓަށް؟
ވިލިމާލެ ދާއިރާގެ ވޯޓު ގުނުމާ މެދު ގޮތެއް ނުނިންމާ
އިންތިހާބާ ދިމާކޮށް މަޝްރޫއުތައް ހުއްޓުވޭނެ ގޮތެއް ނެތް
އިންތިހާބުގައި ގޯހެއް ހިނގި ކަމަކަށް ނެތް: ފުއާދު
ނިޒާމީ ވޯޓަކާ ހަމައަށް ބަރުލަމާނީ މަންޒަރު ސާފުވެއްޖެ؟
އިންތިހާބު ފަސްކުރަނީ ސަރުކާރު/ އީސީ ގުޅިގެން:އިދިކޮޅު
ޕީޕީއެމަށް ފައިސާ ދޫކޮށްދޭން އެދުނީ މިއަދު: ފިނޭންސް
އިދިކޮޅު ޕާޓީއެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފި
މާލެއަށް ދެ ދާއިރާ އިތުރު ކުރަން ނިންމައިފި
"އަޅުގަނޑުގެ ނުކުޅެދުންތެރި ކަމަކީ މީހުން ދަސްނުވުން"