ރައީސް އަބްދުﷲ ޔާމީންގެ ޒަމާންވީ އެކުވެރިޔާ، އަދި ޕީޕީއެމްގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް (ސަން ޓްރެވަލް ސިޔާމް) ވެސް ސަރުކާރު ދޫކުރައްވާ އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަންނަވަން މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް އެ ޕާޓީގެ އިސް ބޭފުޅުންތަކެއް މިއަދު ވިދާޅުވެއްޖެ އެވެ.
29 އޯގަސްޓް 2018
ރައީސް އަބްދުﷲ ޔާމީންގެ ޒަމާންވީ އެކުވެރިޔާ، އަދި ޕީޕީއެމްގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް (ސަން ޓްރެވަލް ސިޔާމް) ވެސް ސަރުކާރު ދޫކުރައްވާ އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަންނަވަން މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް އެ ޕާޓީގެ އިސް ބޭފުޅުންތަކެއް މިއަދު ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ރައްޔިތުންގެ މަޖިލިހުގައި މަސައްކަތް ކުރަމުން އައި އެމްޑީއޭ އިން ޕީޕީއެމާ އެކު ހެދި ކޯލިޝަން އެއްބަސްވުމުގެ މުއްދަތު އިތުރުނުކޮށް އެ ޕާޓީން މިހާރު ދަނީ އެހެން ކަންކަން ފާހަގަކުރަމުންނެވެ.
އެންމެ ފަހުން އެމްޑީއޭ ހިންގުން އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފާ އިއްޔެ ހަވާލުކުރައްވައި ސިޔާމް ނިންމަވާފައިވަނީ ދުވަސްކޮޅަކު ރާއްޖޭން ބޭރުގައި ދިރިއުޅުއްވުމަށެވެ. ސިޔާމުގެ އެނިންމެވުމާ އެކު ތަފާތު ގޮތްގޮތަށް ދަނީ ވާހަކަ ފެތުރުމުންނެވެ. އެއް ބަޔަކު ދެކޭ ގޮތުގައި އެއީ ޕީޕީއެމާ އެކު ކޯލިޝަން ނުހަދަން ނިންމެވި ނިންމެވުމެކެވެ.
Siyam dhurah jehi, MDA hingun Mauroofah
The most trusted news source in the Maldives
Mihaaru
އެމްޑީއޭ ހިންގުން މައުރޫފާ ހަވާލު ކުރުން--
ބައެއް މީހުން ބުނާ ގޮތުގައި ސިޔާމަށް ސަރުކާރާ އެކު އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ ވިޔަފާރީގެ ބައެއް ކަންކަމާ ހެދި އެވެ. އެއް ކަމަކީ ނ. އިރުފުށި ރިސޯޓް ހިންގުން ހިލްޓަން އިންޓަނޭޝަނަލް އަތުން އަތުލި މައްސަލާގައި ހިލްޓަން އަށް ބޮޑު ބަދަލެއް ދޭން ސަން ޓްރެވަލްސް އެންޑް ޓުއާސްގެ މައްޗަށް ސިންގަޕޫރު އާބިޓްރޭޝަނުން ކޮށްފައިވާ ހުކުމާ މެދު ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން ވަކި ގޮތެއް ނިމިފައިނުވުމެވެ. އަނެއް ސަބަބަކީ ރައީސް އަބްދުﷲ ޔާމީނަށް އެހީތެރިވާ މީހުންނާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަނުން އަޅާ ފިޔަވަޅެއްގައި ސިޔާމް ހިމެނިދާނެތީ އެވެ.
ސިޔާމް ރާއްޖެއިން ބޭރަށް މިއަދު ފުރާވަޑައިގަންނަވާނެ އެވެ.
އެނގިފައިވާ ގޮތުގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިމަހު ކުރީ ކޮޅު ސިންގަޕޫރަށް ވަޑައިގެންނެވި އިރު ސިޔާމާ ބައްދަލުކުރައްވައި އިދިކޮޅު ކޯލިޝަނާ ގުޅެން ހުށަހެޅުއްވި އެވެ. ނަމަވެސް ރަސްމީކޮށް އެކަން އެއްވެސް ފަރާތަކުން ޔަގީންކޮށެއް ނުދެ އެވެ.
އެމްޑީއޭގެ ކައުންސިލް މެމްބަރަކު، ނަން ހާމަނުކުރަން އެދިވަޑައިގެން، ވިދާޅުވީ އެ ޕާޓީއާ އެކު ޕީޕީއެމުން އެކުލަވާލި ކޯލިޝަންގެ އެއްބަސްވުމަށް ސަރުކާރުން އަމަލުކޮށްފައި ނުވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ މަގާމުތަކުގެ ތެރެއިން 20 ޕަސެންޓް ދޭން އެއްބަސްވުމުގައި އޮތަސް "އޭގެ ދެބައިކުޅަ އެއްބައި މަގާމު ވެސް ނުދޭ" ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ، ކެބިނެޓްގައި ހިމެނުނީ އެމްޑީއޭގެ ބޭފުޅުންގެ ގޮތުގަ އެވެ. އޭގެ އިތުރުން ވެސް ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި އެޕާޓީގެ މެމްބަރުން އުޅުއްވަ އެވެ.
އެމްޑީއޭގެ ކޮންގްރެސް އިފުތިތާހު ކުރުމަށް ފެބްރުއަރީ 6، 2015 ގައި ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަތުން---ރައީސް އޮފީސް ފޮޓޯ
"އެއްވެސް ފަރާތަކުން ރަސްމީ ސިފައެއްގައި އަޅުގަނޑުމެނަށް ހުށައެއް ނާޅާ ކޯލިޝަންއަކަށް. ދެން ގޮތެއް ނިންމާނީ މިކުރެވުނު ތަޖުރިބާއަށް ވެސް ބެލުމަށް ފަހު،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
"އެމްޑީއޭއަށް މި ސަރުކާރުން ލިބެން ޖެހޭ ހައްގު މަގާމެއް ނުލިބޭ."
ކައުންސިލް މެމްބަރު ވިދާޅުވީ ސަރުކާރުން އަންގައިގެން ބައެއް ގާނޫނުތަކަށް ގެނެސްފައިވާ ބަދަލުތަކާއި ސަރުކާރުގެ ބައެއް ނިންމުންތަކާ މެދު އެ ޕާޓީގެ ލީޑާޝިޕާއި އާންމު މެމްބަރުންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް އުޅޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ކޮށްފައިވާ ނުރަނގަޅު އެތައް ކަމެއް އެމްޑީއޭއަށް ވެސް އަމާޒު ވަމުން ދާއިރު އެޕާޓީއަށް ގޮތް ނިންމުމުގެ ބާރު ސަރުކާރުން ދީފައެއް ނުވެ އެވެ.
Siyam, Raees Yameen dhookuravvai idhikolhu party thakaa gulhivadaigannavanee?!
The most trusted news source in the Maldives
Mihaaru
ސިޔާމް އިދިކޮޅާ ގުޅޭނެ ކަމަށް ވާހަކަ ދެކެވުން--
ރިޔާސީ އިންތިހާބުގައި ގުޅޭނެ ބައެއް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެމްޑީއޭ އިން ނިންމާނެ ކަމަށް ބެލެވެ އެވެ. އެ ޕާޓީން ވަކި ގޮތެއް ނިންމާނީ އިދިކޮޅު އިއްތިހާދާއި ސަރުކާރުން ހުށަހަޅާ ކަންކަމަށް ބެލުމަށް ފަހު ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
ޔާމީނާއެކު ތިބީ ވަރަށް ހިތްދަތިކޮށް: އެމްޑީއޭ
ޖަމީލް ސިޔާމަށް: ފެތެމުންދާ އޮޑިން އަވަހަށް ސަލާމަތްވޭ
އެމްޑީއޭ އިން ގޮތެއް ނިންމުން ފަސްކޮށްފި
ސިޔާމަކީ ރައީސްގެ ވަފާތެރި އެކުވެރިއެއް: ނިހާން
ސިޔާމް، އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަންނަވަނީ؟!
އެމްޑީއޭ އިން މުއިއްޒަށް ތާއީދުކުރަން ނިންމައިފި
ކޯލިޝަނަށް އެމްޑީއޭއިން އެމްޑީޕީއާ މަޝްވަރާ ފަށައިފި
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟
ހުސް ވާހަކަތަކެއް، ތަންފީޒެއް ނުކުރެވުނު: ޔާމީން
ސަރުކާރުން އަދަދުތައް ކިޔަނީ އޮޅުވާލައިގެން: ޝިޔާމް