26 އޯގަސްޓް 2018
އަންނަ މަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވާނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ މެމްބަރުންގެ ވޯޓް ހޯއްދަވައިގެން ކަމަށް އެ މަނިކުފާނުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވާނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ މެމްބަރުންގެ ވޯޓް ހޯއްދަވައިގެން ކަމަށް އެ މަނިކުފާނުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކެމްޕެއިން ދަތުރުގައި ލ. މާބައިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ދެ ވަނަ ދައުރަކަށް ހުވާ ކުރައްވާނީ ރައީސް ޔާމީންކަން ޔަގީން ކަމަށެވެ.
ވާދަވެރި އިދިކޮޅު ކޯލިޝަނަށް ފާޑުވިދާޅުވެ ޝަހީމް ވިދާޅުވީ އެ އިއްތިހާދުގައި ތިބީ މުޅިން ވެސް ވެރިން ކަމަށެވެ. ކޯލިޝަންގެ ވެރިކަން 18 ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޯލިޝަންގެ ތެރޭގައި އުފެދޭ ދެބަސްވުންތަކުގެ ސަބަބުން ސަރުކާރު ނުހިންގި ތަރައްގީގެ މަޝްރޫތައް ހުއްޓިގެން ދާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
"އެ ބޭފުޅުންގެ ތެރޭގައި އޮންނާނީ ކޯޅުން. އެންމެން އެއްބަސްވާ އުސޫލީ ސިޔާސަތުތަކެއް ނޯންނާނެ. އަޅުގަނޑުމެންނަކީ ތިޔަ ކޯލިޝަންގެ ސަރުކާރުގެ ތަޖުރިބާ ހޯދާފައިވާ ބައެއް. އަޅުގަނޑުމެނަށް އިނގޭ ތިކަން ހިނގާގޮތް. އެއް ބަޔަކު އަނެއް ބަޔަކާ މެދު އޮންނާނީ ތަޅާފޮޅުން،" އެންމެ ފަހުން ރާއްޖޭގައި ވެރިކަން ކުރި ދެ ކޯލިޝަންގެ މަގާމުތައް ފުރުއްވި ޝަހީމް ވިދާޅުވި އެވެ.
ރާއްޖެއަށް ތަރައްގީ އާއި ކުރިއެރުން ލިބުމަށް ނޭދޭ ބޭރުގެ ފަރާތްތަކުގެ އަވާގައި ޖެހި ގައުމު ހަލާކުކުރަން އުޅޭ ބަޔަކަށް ރައްޔިތުން ވެގެންނުވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. ވަކި ބަޔަކަށް ވެރިކަން ހޯދައިދޭން ރައްޔިތުން ބައިބައިވެ ރާއްޖޭގެ އަމާންކަން ނަގާލަން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ ވެރިކަމުގައި ހުންނަވަން ޖެހޭނީ ނުގުޑާ ފަދަ ޝަހުސިއްޔަތެއް ކަމަށެވެ. އެއީ ކިޔަވައިގެން ހުރި ތަޖުރިބާކާރު މީހަކަށް ވާން ޖެހޭ ކަމަށާއި އެފަދަ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށް، ރަނިން މޭޓް ޝަހީމް ވިދާޅުވި އެވެ.
"މިހާރު ރާއްޖެ ކަޑައްތު ކުރަމުން މިދާ މަރުހަލާގައި ރާއްޖޭގެ ވެރިކަމުގައި ހުންނަން ޖެހޭނީ ވަރަށް ވަރުގަދަ ޝަހުސިއްޔަތެއް. ހަމަ ދެ މީހަކު އެއްވެލާފައި ވެރިކަން ވައްޓާލަން ގޮވާލާ އިރަށް ފުންމާލައިގެން ވެރިކަމުގެ ގޮނޑި ދޫކޮށްލާފައި ދާ ފަދަ މީހަކު ރާއްޖޭގެ ވެރިކަމުގައި ހުންނަންޏާ އެއީ ރާއްޖެއަށް ބޮޑެތި ގެއްލުންތައް ވެދާނެ ކަމެއް،" އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރަކަށް ވެސް ހުންނެވި ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން 2013 ވަނަ އަހަރު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ރާއްޖެ އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ. އެކަންކަން ހައްލުކުރަން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެ ތަރައްގީވެ ކުރިއަރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖެ މިއަދު މިއޮތް އިގްތިސާދީ ހަރުދަނާ ސިޔާސަތާއި ރާއްޖެ މިއަދު ދެކެމުން މިދާ ތައުލީމީ ކުރިއެރުންތަކާއި ސިއްހީ ނިޒާމުގެ ތެރެއަށް އަންނަ ކުރިއެރުންތައް. މިކަންކަން މިއީ އަޅުގަނޑުމެން ދަމަހައްޓަން ޖެހޭ ކަންކަން،" ޝަހީމް ވިދާޅުވި އެވެ.
"ވަރަށް ގިނަ ބޮޑެތި މަޝްރޫތައް ކުރިއަށް މިދަނީ އާދަޔާ ހިލާފު ބާރު ދުވެއްޔެއްގައި. މިކަންކަން ހިފެހެއްޓުމަކީ ރާއްޖޭގެ ރައްޔިތުންނަށް ވަރަށް މަތިވެރި މަސްލަހަތުތަކެއް އޮތް ކަމެއް."
މިހާރު ފަށާފައިވާ މަޝްރޫތައް ނިންމުމަށް އިތުރު ފަސް އަހަރު ދީފިނަމަ ރާއްޖޭގައި ބައިނަލްއަގުވާމީ ހޮސްޕިޓަލްތައް ހަދައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ މި ސަރަހައްދުގެ އެންމެ ބޮޑު އެއާޕޯޓަށް ވެގެންދާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އަދި އޭރުން ބޯހިޔާވަހިކަމަށް ހައްލު ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމުގައި އޮންނާނީ ހަމަނުޖެހުން: ޝަހީމް
ރަނިންމޭޓަކަށް ޝަހީމް ގެނައީ ދީނަށް ކުރާ ގަދަރަކުން
ޔާމީންގެ ޝަރީއަތަަށް އަދިވެސް ނުފޫޒު ފޯރުވަނީ އެމްޑީޕީ
"އިދިކޮޅު ކޯލިޝަނުން ޔާމީނަށް ހިޔާނާތްތެރިއެއް ނުވާނެ"
ޔާމީންގެ ރައްދު: ފުލުހުން ފޮނުވިން، އެއީ ވޯޓުގުނަން!
"އިހަވަންދޫގެ ފިނި ތަރުހީބުން ޔާމީނަށް ދިނީ މެސެޖެއް"
އިންޑިއާގެ ދިފާއުގައި "ބާކީ ނުވޭ" ކެމްޕެއިނެއް!
އެންމެ ހުދުމުހުތާރު ވެރިކަމެއް ކުރަނީ އެމްޑީޕީ: ޔާމީން
ބޭނުންވާ ހުކުމް ނުކުރާ ނަމަ ޝަރުއީ ދާއިރާ ގޯސް!
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟