ރައްޔިތުންގެ މަޖިލިހުގެ ދެވަނަ ދައުރު ނިންމައި، މެމްބަރުން މިއަދު ޗުއްޓީ އަށް ވަޑައިގެންފި އެވެ.
16 އޯގަސްޓް 2018
ރައްޔިތުންގެ މަޖިލިހުގެ ދެވަނަ ދައުރު ނިންމައި، މެމްބަރުން މިއަދު ޗުއްޓީ އަށް ވަޑައިގެންފި އެވެ.
މަޖިލިހުގެ ގަވައިދަށް ދާދި ފަހުން ގެނައި ބަދަލާ ގުޅިގެން، ދެވަނަ ދައުރުގެ ޖަލްސާތައް ކުރިއަށް ގެންދާނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ. ގަވައިދުގައި ކުރިން އޮންނަ ގޮތުން ދެވަނަ ދައުރަކީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށެވެ.
މަޖިލިހުގެ ދެވަނަ ދައުރުގެ މުއްދަތު ކުޑަ ކުރުމަށް ނިންމި ކަމުގައި ވިޔަސް، މެމްބަރުންނަށް ލިބިވަޑައިގަންނަވާނީ އެންމެ 12 ދުވަހުގެ ޗުއްޓީއެކެވެ. ކުރިން ނަމަ، އެއް މަސް ދުވަހުގެ ޗުއްޓީއެއް ލިބިވަޑައިގަންނަވަ އެވެ.
ގަވައިދަށް މިހާރު ގެނައި ބަދަލުގައިވާ ގޮތުން، ތިން ވަނަ ދައުރު ހިނގާނީ މި މަހުގެ 27 އިން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެހެންވެ، އަންނަ އަޟްހާ އީދު ބަންދަށް ފަހު، ޖަލްސާތައް ފަށަން ޖެހޭނެ އެވެ. ކުރިން އޮތް ގޮތުން، ތިން ވަނަ ދައުރު ހިނގާނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލެވެ.
މަޖިލީހުގެ ދައުރު ތިން ދައުރަކަށް ބަހާފައިވާއިރު، ފުރަތަމަ ދައުރުގެ ޖަލްސާތައް ހިނގާ މުއްދަތަކަށް އެއްވެސް ބަދަލެއް ނުގެނެ އެވެ. މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ.
ދެވަނަ ދައުރު ޖަލްސާތައް ނިންމައި، މެމްބަރުން ޗުއްޓީ އަށް ވަޑައިގެންނެވިއިރު، ދެވަނަ ދައުރުގައި ބޭއްވީ އެންމެ 13 ޖަލްސާ އެވެ. އެ ޖަލްސާތަކުގައި ވަނީ ރިޔާސީ އިންތިހާބާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އަދި ގިނަ އަދަދެއްގެ ބިލްތަކެއް މަޖިލިހަށް ހުށަހަޅާފައި އޮތް އިރު، މެމްބަރުން ޗުއްޓީއަށް ވަޑައިގެންނެވީ އެ ބިލުތަކާ މެދު ގޮތެއް ނުނިންމަ އެވެ.
މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާ ހޮނިހިރު ދުވަހު
މަޖިލީހުގެ ތިން ވަނަ ދައުރު ދިގު ދަންމާލަން ނިންމައިފި
މަޖިލިހުގެ ޖަލްސާއެއް ނުބާއްވާތާ ދެ ހަފުތާ!
18 ވަނަ މަޖިލިހުގެ ފަހު ޖަލްސާ ހޯމަ ދުވަހު
ދައުރު ހަމަވާއިރު،މަޖިލިހުގެ މަސައްކަތްތައް ފުނިޖެހިފައި
ދައުރުން ބޭރުން ޖަލްސާ ބާއްވަން ތާއީދެއް ނުލިބުނު!
މުހިއްމު ބިލްތަކަށް ވޯޓަށް ނާހައި މެމްބަރުން ޗުއްޓީއަށް
ބޮޑެތި ކަންކަމަށް ޕެންޝަން ފައިސާ ދެވޭ ގޮތް ހަދަންޖެހޭ
މެންބަރުން އިތުރުނުކުރަން ހުށަހެޅި އިސްލާހު ބޭރުކޮށްފި
މަޖިލީހުގެ ތިންވަނަ ދައުރު ދެވަނަ ފަހަރަށް ދަންމާލައިފި