09 އޯގަސްޓް 2018
ތެހެރާން (އޮގަސްޓް 9) - އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވުމަކީ އެމެރިކާ އަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް ވިދާޅުވެއްޖެ އެވެ.
ތެހެރާން (އޮގަސްޓް 9) - އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވުމަކީ އެމެރިކާ އަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް ވިދާޅުވެއްޖެ އެވެ.
އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެއްވެސް ގައުމަކުން އީރާނާ އެކު ވިޔަފާރި ނުކުރަން އިންޒާރު ދެއްވައިފަ އެވެ. ނަމަވެސް އީރާނުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޒަރީފް ވިދާޅުވީ އީރާނުގެ ތެޔޮ ގަތުން ދުނިޔޭގެ ގައުމުތަކަށް ހުއްޓުވުމަކީ ޓްރަމްޕަށް ކުރަން ކުޅަދާނަ ކަމެއް ނޫން ކަމަށެވެ.
އެމެރިކާ އިން އަންގާރަ ދުވަހު އެޅި ދަތި ކުރުމުގެ ފިޔަވަޅުތައް ޓާގެޓްކޮށްފައި ވަނީ އީރާނުގެ މަރުކަޒީ ބޭންކަށާއި ކާރާއި ކާޕެޓް ފަދަ އިންޑަސްޓްރީ ތަކަށެވެ. ނޮވެމްބަރު 5 ވަނަ ދުވަހު އަޅާ ދެ ވަނަ ފިޔަވަހި ޓާގެޓް ކުރާނީ އީރާނުގެ ތެލުގެ އިންޑަސްޓްރީއަށެވެ.
އީރާނުގެ ނޫހަކަށް ބުދަ ދުވަހު ދެއްވި އިންޓަވިއުގައި ޒަރީފް ވިދާޅުވީ އީރާނުގެ ތެލުގެ އެކްސްޕޯޓް ސުމަކަށް ތިރިކުރުމަށް އެމެރިކާ ކުރާ މަސައްކަތަކީ ބޭކާރު އަދި ކާމިޔާބުވާނެ ކަމެއް ނޫން ކަމަށެވެ.
"އެމެރިކާ އިން މިހާރު މަޖްބޫރު ކުރަމުންދާ ހުރިހާ ގައުމަކުން ވެސް ބުނެފައި ވަނީ އީރާނުގެ ތެޔޮ އެ ގައުމުތަކުން ގަންނާނެ ކަމަށް،" ޒަރީފް ވިދާޅުވި އެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް އެ ގައުމާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުން ދަމަހައްޓާނެ ކަމަށް ޔޫރަޕުގެ ބައެއް ޑިޕްލޮމެޓުން ވަނީ ބުނެފަ އެވެ.
ގަލްފުގެ ތެޔޮ ހުއްޓުވާނެކަމުގެ އިޝާރާތެއް އީރާނުން ދީފި
ތެލުގެ އެކްސްޕޯޓަށް އެމެރިކާއިން އަޅާ ހުރަސްތައް ހުއްޓުވާނަން: އީރާން
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހުންނަށް ދައުވާކޮށްފި
އެމެރިކާއިން އެދެނީ އީރާނުން ރައްދު ހަމަލާ ނުދޭން
އެމެރިކާގެ އޮފިޝަލަކު މަރަން އުޅުނު މީހަކަށް ދައުވާ
އެމެރިކާ ވެރިޔަކު މަރަން ރޭވި މީހަކު ހައްޔަރުކޮށްފި
އީރާނުން ޓްރަމްޕް އަވަހާރަކޮށްލަން ރޭވި ކަމަށް ބުނެފި
އިޒްރޭލަށް ހަމަލާދިނުމުން އީރާނަށް ފިޔަވަޅު އަޅަނީ
ހަމަލާދިނުމުގެ ކުރިން އެމެރިކާއަށް އެންގިން: އީރާން
އިޒްރޭލަށް ހަމަލާ ދީފާނެ، ކާމިޔާބެއް ނުވާނެ: ބައިޑެން