08 އޯގަސްޓް 2018
ތެހެރާން (އޮގަސްޓް 8) - ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައި އީރާން އޮތްހާ ދުވަހަކު "އިތުބާރު ނުކުރެވޭ" އެމެރިކާއާ ކުރާނެ އެއްވެސް މަޝްވަރާއެއް ނޯންނާނެ ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
ތެހެރާން (އޮގަސްޓް 8) - ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައި އީރާން އޮތްހާ ދުވަހަކު "އިތުބާރު ނުކުރެވޭ" އެމެރިކާއާ ކުރާނެ އެއްވެސް މަޝްވަރާއެއް ނޯންނާނެ ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އިން އަޅާ ދަތިކުރުމުގެ ފުރަތަމަ ފިޔަވަހީގެ ފިޔަވަޅުތައް އިއްޔެ ތަންފީޒް ކުރަން ފެށުމުގެ ކުރިން ރޫހާނީ ވިދާޅުވީ "މީހެއްގެ ގަޔަށް ވަޅި ޖެހުމަށް ފަހު އެ ވަޅި އުފުރާ ނުލައި އުޅެނިކޮށް އޭނާއާ މަޝްވަރާކުރާނެ ކަމަށް އުއްމީދުކޮށްގެން ނުވާނެ" ކަމަށެވެ.
ރޫހާނީ ވިދާޅުވީ އެމެރިކާ އަކީ މަޝްވަރާ ކުރަން އިތުބާރު ނުކުރެވޭ ބައިވެރިއެއްކަން އެ ގައުމުން ސާބިތުކޮށްދީފައިވާ ކަމަށެވެ. އެކަމުގެ ހެއްކެއްގެ ގޮތުން ރޫހާނީ ދައްކަވާފައި ވަނީ ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު 2015 ވަނަ އަހަރު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުން އެއްވެސް އުޒުރެއް ނެތި އެމެރިކާ ވަކިވުމެވެ.
"އިތުބާރު ކުރެވޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަން އީރާނުން އަބަދުވެސް މަރުހަބާ ކިޔާނެ. އެކަމަކު ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައި އީރާން އޮވެ ކުރާނެ މަޝްވަރާތަކުގެ ފައިދާއެއް ނެތް،" ރޫހާނީ ވިދާޅުވި އެވެ.
މިދިޔަ މަހު ފަހުކޮޅު ޓްރަމްޕް ވަނީ އެއްވެސް ޝަރުތެއް ނެތި އީރާނުގެ ވެރިންނާ މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. ރޫހާނީ ވިދާޅުވީ އީރާނުގެ ވެރިންނާ މަޝްވަރާ ކުރަން ޓްރަމްޕް ހުށަހެޅުއްވީ އީރާނުގެ އެތެރޭގައި ބައިބައިވުން އުފައްދަން ކަމަށެވެ. އަދި އެއީ އީރާނުގެ ރައްޔިތުންނާ ދެކޮޅަށް ނަފްސާނީ ހަނގުރާމައެއް ފަށަން ކުރާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ފަހު ޓްރަމްޕް ވަނީ އެއްވެސް ގައުމަކުން ތެހެރާނާ އެކު ވިޔަފާރި ނުކުރަން އިންޒާރު ދެއްވައިފަ އެވެ. ދަތިކުރުމުގެ ދެ ވަނަ ފިޔަވަހި ތަންފީޒް ކުރަން ފަށާނީ ނޮވެމްބަރު މަހު 5 ވަނަ ދުވަހު އެވެ.
ޓްރަމްޕާ ބައްދަލުކުރާނީ ދަތިކުރުން ހުއްޓާލުމުން: ރޫހާނީ
އެންމެ ފަހު ވަގުތު ވެސް ޓްރަމްޕް އީރާނަށް ދަތިކޮށްފި
ރަނގަޅު ވަގުތުގައި ރޫހާނީއާ ބައްދަލުކުރެވިދާނެ:ޓްރަމްޕް
ފިޔަވަޅުތައް އުވާލައިފިނަމަ އެެމެެރިކާއާ މަޝްވަރާ ކުރާނަން
ޚާމަނާއީއާ ދެކޮޅަށް އެމެރިކާ އިން އެޅީ މޮޔަ ފިޔަވަޅެއް
އީރާނާ ހަނގުރާމަ ކުރަން ޓްރަމްޕް ބޭނުމެއް ނުވޭ
އެމެރިކާއިން އަޅާ ފިޔަވަޅަކުން އީރާން ނުގުޑާނެ: ރޫހާނީ
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅަކީ އިގްތިސާދީ ޓެރަރިޒަމް
ގަލްފުގެ ތެޔޮ ބަންދު ކުރަން ޖެހިދާނެ: ރޫހާނީ
އެމެރިކާއިން އެޅި ފިޔަވަޅުތަކުން އަރައިގަނެވޭނެ: ރޫހާނީ