Roadha Mihaaru
އަމީތާއި އަބުޅޯ ގައްދޫން ހައްޔަރުކޮށްފި

އަމީތާއި އަބުޅޯ ގައްދޫން ހައްޔަރުކޮށްފި

07 އޯގަސްޓް 2018

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ގދ. ގައްދު އަށް ވަޑައިގެން އުޅުއްވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) މިއަދު ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ގދ. ގައްދު އަށް ވަޑައިގެން އުޅުއްވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަމީތާއި އަބުޅޯ ހައްޔަރުކުރީ ގައްދޫގައި ފުލުހުން ހިންގި އޮޕަރޭޝަނަކަށް ހުރަސް އަޅަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ނުދެ އެވެ.

އެ ރަށު ކައުންސިލްގެ މެމްބަރަކު ވިދާޅުވި ގޮތުގައި އެ ދެ ބޭފުޅުން ހައްޔަރުކުރީ ދޮރުން ދޮރަށް ކެމްޕެއިންގައި އުޅުއްވަނިކޮށެވެ. ހަމަނުޖެހުމެއް ހިންގަން އެ ދެ ބޭފުޅުން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް ވެސް ކައުންސިލް މެމްބަރަކު ވިދާޅުވި އެވެ.

"މަގުމަތީގައި ތިއްބައި ފުލުހުން އެ ދެ ބޭފުޅުން ހައްޔަރުކުރީ. ރޭގައި އެ ދެ ބޭފުޅުން ވަޑައިގެންނެވީ ކެމްޕެއިނަށް. އިދިކޮޅު ކޯލިޝަންގެ ހަރުގޭގައި ބައްދަލުވުމެއް ބޭއްވުމަށް ފަހު މިއަދު ޑޯޓުޑޯ ފެއްޓެވީ،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

އިދިިކޮޅު ކޯލިޝަންގެ ދެ މެމްބަރު ހައްޔަރުކުރި އިރު، ހުވަދު އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް އަބްދުﷲ ޔާމީން ވަނީ މިއަދު ހަވީރު ގައްދު އަށް ވަޑައިގަންނަވަން ނިންމަވައިފަ އެެވެ.