31 ޖުލައި 2018
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލެއިން އިންތިޚާބު ކުރަންޖެހޭ މެމްބަރުންގެ އަދަދު އިތުރުވެ، މަޖިލިސް މެމްބަރުންގެ ޖުމްލަ އަދަދު 87 އަށް އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލެއިން އިންތިޚާބު ކުރަންޖެހޭ މެމްބަރުންގެ އަދަދު އިތުރުވެ، މަޖިލިސް މެމްބަރުންގެ ޖުމްލަ އަދަދު 87 އަށް އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މަޖިލީހުގައި މިހާރު ތިބެނީ ޖުމްލަ 85 މެމްބަރުންނެވެ. އެއީ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނުގައިވާ ގޮތަށް، އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ އެ އަދަދަށް އާބާދީ ހަމަނުވާ ނަމަ ދާއިރާތަކަށް ދެ މެމްބަރަކު އިންތިޚާބުކުރާ އުސޫލުންނެވެ. އަދި 5،000 އަށް ވުރެ އާބާދީ އިތުރުވާ ނަމަ، އިތުރުވާ ކޮންމެ 5،000 މީހަކަށް އިތުރު މެމްބަރަކު އިންތިޚާބުކުރާ އުސޫލުންނެވެ.
އަންނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ވަގުތީ ރިޕޯޓް އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމު ކޮށްފައިވާއިރު، އެ ރިޕޯޓުގައިވާ ގޮތުން އަންނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ގޮނޑިތައް އިތުރުވާނީ މާލެއިންނެވެ. މާލެއިން މިހާރު މަޖިލީހަށް އިންތިޚާބު ކުރަނީ 13 މެމްބަރުން ކަމަށް ވިޔަސް، މާލޭގެ އާބާދީއަށް ބަލައި، އަންނަ އަހަރުގެ އިންތިޚާބުގައި 15 މެމްބަރުން މާލެއިން އިންތިޚާބު ކުރަންޖެހޭނެ ކަމަށް އެ ރިޕޯޓްގައިވެ އެވެ.
އެންމެ ފަހުން 2014 ގައި މަޖިލިސް އިންތިޚާބު ބޭއްވިއިރު މާލޭގެ އާބާދީ އޮތީ 63،000 ގައި ކަމަށް ވިޔަސް، މިހާރު ވަނީ 70.900 އަށް އަރައިފަ އެވެ. އަދި ވޭތުވެދިޔަ ހަ މަސް ދުވަހު ވެސް މާލޭގެ އާބާދީ އިތުރުވަމުން އަންނަ ކަން ވެސް އިލެކްޝަންސް ކޮމިޝަންގެ އެ ރިޕޯޓުގައިވެ އެވެ.
މާލޭއިން އިންތިޚާބުކުރަން ޖެހޭ މެމްބަރުންގެ އަދަދު އިތުރުވިޔަސް، އެ ރިޕޯޓުގައިވާ ގޮތުން އެހެން ދާއިރާތަކުން އިންތިޚާބު ކުރަންޖެހޭ މެމްބަރުންގެ އަދަދަށް އެއްވެސް ބަދަލެއް އަދި ނާދެ އެވެ. އެކަމަކު މިއީ ވަގުތީ ރިޕޯޓެއް ކަމަށްވާތީ އިންތިޚާބީ ދާއިރާތަކަށް ބަދަލު އައުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. ފައިނަލް ރިޕޯޓް ނެެރެން ޖެހޭނީ މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވުމުގެ 150 ދުވަސް ކުރިންނެވެ.
އިންތިޚާބީ ދާއިރާ ކަނޑައެޅުމުގެ ގާނޫނުގައިވާ ގޮތުން، އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ރިޕޯޓާ މެދު ޝަކުވާ އުފުލުމުގެ ފުރުސަތު މިއަދުން ފެށިގެން 21 ދުވަސް ވަންދެން ޕާޓީތަކަށާއި ވަކިވަކި ފަރުދުންނަށް ވެސް އޮންނާނެ އެވެ. އަދި އެ ޝަކުވާތަކާ މެދު އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލައެއް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
ބައި އިލެކްޝަންތައް މަދުކުރާ އިސްލާހު ކޮމިޓީއަށް
ފާރިސް އަނެއްކާ ވެސް މައްޗަންގޮޅި އުތުރު ދާއިރާއަށް
މަޖިލިސް އިންތިހާބަށް ގިނަ މުވައްޒަފުން ހޯދަނީ
އިންތިހާބާ ގުޅޭ ގައިޑްލައިން ބަދަލުކުރަން އެއްބަސްވެއްޖެ
އިންތިހާބުގެ ތާރީހު ބަދަލެއް ނުކުރެވޭނެ: ނަޝީދު
ކުއްލި ނުރައްކާ އޮތަސް އިންތިހާބު ބާއްވަން ފާސްކޮށްފި
އިންތިހާބު ލަސްކުރަން އެމްޑީޕީގެ މެމްބަރަކު އެދިއްޖެ
އިންތިހާބު އަވަސް ކުރުމުގެ ބިލުގެ މަސައްކަތް ފަށައިފި
އިންތިހާބު އަވަސްކުރުމާ ގުޅޭ ޖަލްސާ މިރޭ ބާއްވަނީ
އިންތިޚާބު ބޭއްވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ބިލެއް