ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ ތަރައްގީގެ ނަމުގައި ވައްކަން ކުރާނެ ބޭފުޅެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.
29 ޖުލައި 2018
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ ތަރައްގީގެ ނަމުގައި ވައްކަން ކުރާނެ ބޭފުޅެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އިދިކޮޅު އިއްތިހާދުން ބ. އަތޮޅަށް ކުރާ ދަތުރުގައި، ތުޅާދޫ ގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ ރާއްޖެ އަށް މިވަގުތު ބޭނުން ވަނީ ތަރައްގީގެ ނަމުގައި "ވައްކަން ކުރާނެ ލީޑަރެއް ނޫން" ކަމަށެވެ.
އުމުރުން 28 އަހަރުގައި ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވި، ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ އަކީ މިދިޔަ 25 އަހަރުގެ ތެރޭގައި ތެދުވެރިކަމުގެ ލާމަސީލް މިސާލެއް ކަމަށާއި އޭނާ އަކީ ރާއްޖޭގެ ރައްޔިތުން އެކުވެރިކޮށް، އެއްބައިވަންތަކޮށް ދެއްވާނެ ކަމަށް ލީޑަރެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"ރާއްޖޭގައި އުފެދިފައިވާ ފަސާދަ އާއި ފިތުނަ ނައްތާލާނެ ލީޑަރެއް [އިބޫ އަކީ]. އަޅުގަނޑުމެންގެ މިސްރާބު ހުރީ ހެޔޮ މިސްރާބާ ދިމާލަށް،" މިހާރު އަމަލު ކުރާ ގާނޫނުއަސާސީ އާއި އޭގެ ކުރީގެ ގާނޫނުއަސާސީ ޑްރާފްޓް ކުރުމުގެ މަސައްކަތުގައި އިބޫއާ އެކު މަސައްކަތް ކުރެއްވި ޝާހިދު ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީގެ މަސައްކަތްތަކަށް ފާޑުވިދާޅުވަމުން، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް ޝާހިދު ވިދާޅުވި ގޮތުގައި، ދަރުމަވަންތަ ހޮސްޕިޓަލްގެ ކުރެހުމަށް އެކަނި ވެސް 25 މިލިއަން ޑޮލަރު ޚަރަދު ކުރިއިރު، އޭނާ އަކީ ސިޔާސީ ކަންކަން ދޫކޮށްލާފައި، ކުރެހުންތެރިއަކަށް ވި ނަމައޭ ހިތަށް އަރައިވަޑައިގެންނެވި އެވެ. އަދި މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖަށް ޚަރަދުވާ ވަރު ވެސް އެނގިވަޑައިގެންފައި ނުވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖެ އަށް ބޭނުންވަނީ ވެރިކަމުގެ ލައްޒަތާއި ބާރުގެ އިތުރުން ވެރިކަމުގެ ބޭނުމުގައި ހިތު ހުރިހާ ގޮތަކަށް ކަންކަން ކުރައްވާނެ ވެރިއެއް ނޫން ކަމަށެވެ. ރައީސް ޔާމީން ވެރިކަމަށް ގެންނަވަން މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުން ޖަލަށް ލާފައިވާ ފަދައިން، އެމަނިކުފާނު ރިޔާސީ ދެވަނަ ދައުރަކަށް ހޮވިއްޖެ ނަމަ، މިހާރު އަރިހުގައި ތިއްބެވި ކޮންމެ ބޭފުޅަކު ހުންނަން ޖެހިވަޑައިގަންނަވާ ޖަލުގައި އަނދަގޮނޑި ޖަހާފައި ކަމަށް ޝާހިދު ވިދާޅުވި އެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި ރައީސް ޔާމިން ބޭނުންވަނީ ވެރިކަމުގެ ލައްޒަތެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް އެ އިންތިޚާބު އޮތީ ބޮޑު ތަނުން ކާމިޔާބުވެފައި ކަމަށެވެ. އިންތިޚާބު، އިދިކޮޅު ފަރާތްތަކުގެ އަތް މަތީގައި އޮތް އިރު، ދިވެހިން ފަރުދީ ވާޖިބު އަދާ ކުރުމަށް އޭނާ ގޮވާލެއްވި އެވެ. އަދި އެއްވެސް ރަށެއްގައި "ވަގު ވޯޓުލުމަށް" ރައްޔިތުން ފުރުސަތު ނުދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އިބްރާހިމް މުހައްމަދު ސޯލިހާ ދިމާލުގައި ފާހަގަ ޖަހަންވީ. އޭރުން މި ގައުމު ސަލަމާތްވީ،" ރައީސް ޔާމީންގެ ސަރުކާރު ބަލިވެފައި އޮތް ކަން ފާހަގަ ކުރައްވައި، އިބޫއާ ގާތްގުޅުމެއް ބާއްވަމުން އަންނަ ޝާހިދު ވިދާޅުވި އެވެ.
ޝާހިދުގެ މިސާލު ބަސްތަކުން ސަރުކާރަށް މަލާމާތް!
މި ސަރުކާރުގައި ބްރޯއަކަށް ބްރޯއެއް އެބަހުރި: ޔާމީން
ސަރުކާރުން އަދަދުތައް ކިޔަނީ އޮޅުވާލައިގެން: ޝިޔާމް
ވައްކަމުގެ ތުހުމަތުތަކަށް ނަޝީދުގެ ދިފާއަކީ މަޖިލިސް
ބަޖެޓު ނެތް ކަމަށް ޔާމީން ވިދާޅުވީ ލަވައަކުން
ސީ ލައިފް މައްސަލަ އަށް ކޯޓުން ބޭރުގައި ހައްލެއް!
ސަރުކާރު އައީ ހަސަދަ ފިލުވައި، ބަދަލުހިފަން: ޕީޕީއެމް
ރާއްޖެ އޮތީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި: އިބޫ
ރާއްޖެ ތަރައްގީކުރެވޭ ވަރަށް އާމްދަނީ ލިބޭ: އިބޫ
ޕީޕީއެމްގެ ރައްދު: އެމްޑީޕީގެ ހިޔާނާތް ބަލާނަންތޯ؟