16 ޖުލައި 2018
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރިސޯޓުތަކުގައި އެންމެ ހަތް ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބަދަލުކޮށް ވީހާ ގިނަ ރިސޯޓުތަކުގައި ފޮށި ބެހެއްޓުމަށް އިދިކޮޅު ކެންޑިޑޭޓުގެ ރަނިންމޭޓް ފައިސަލް ނަސީމް މިއަދު ގޮވާލައްވައިފި އެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރިސޯޓުތަކުގައި އެންމެ ހަތް ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބަދަލުކޮށް ވީހާ ގިނަ ރިސޯޓުތަކުގައި ފޮށި ބެހެއްޓުމަށް އިދިކޮޅު ކެންޑިޑޭޓުގެ ރަނިންމޭޓް ފައިސަލް ނަސީމް މިއަދު ގޮވާލައްވައިފި އެވެ.
އެންމެފަހުން 2013 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ރާއްޖޭގެ 42 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އަންނަ ސެޕްޓެމްބަރު، 23، ގައި އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން ނިންމިއިރު ރާއްޖޭގައި 100 އަށް ވުރެ ގިނަ ރިސޯޓު އޮވެ އެވެ.
ކުރެއްވި ޓްވީޓެއްގައި ފައިސަލް ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންނަށް ފަސޭހަ ކަމާއެކު ވޯޓުލެވޭނެ އިންތިޒާމްތައް ހަމަޖައްސަންޖެހޭނެ ކަމަށެވެ.
ރިސޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު މަދުކޮށްފައިވާތީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.
މާރިޔާ ވިދާޅުވީ ރިސޯޓުތަކުގައި ބަހައްޓާ ފޮށީގެ އަދަދު މަދު ކުރުމުން ގިނަ ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލިގެން ހިނގައިދާނެ ކަމަށެވެ.
"ރައީސް ޔާމީން 2013 ގައި ވިދާޅުވީ ރިސޯޓު ވޯކަރުންނަށް ރިސޯޓުގެ ހިއްސާ ދެއްވާނެ ކަމަށް. އެކަމަކު މިހާރު މި ހައްދަވާ ގޮތުން ވޯޓުލުމުގެ ހައްގު ވެސް ރިސޯޓު ވޯކަރުންނަށް ނިގުޅައިގެން ހިނގައިދާނެ،" މާރިޔާ ވިދާޅުވި އެވެ.
ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން ނިންމި އުސޫލަކީ 250 އަށް ވުރެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީ ކުރާ ރިސޯޓުތަކުގައި ފޮށި ބަހައްޓާ ގޮތަށެވެ. ނަމަވެސް ސިނާއީ ސަރަހައްދުތަކުގައި 100 މީހުން ރަޖިސްޓްރީވުމުން ވޯޓު ފޮށި ބަހައްޓައިދެ އެވެ. ސިނާއީ ހަ ސަރަހައްދެއްގައި ވޯޓު ފޮށި ބަހައްޓާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
"އެހެންވީމަ މި ތަފާތު ކުރުންތައް މި ގޮތަށް ބެހެއްޓުމާމެދު ވެސް އަޅުގަނޑުމެންނަށް ސުވާލު އުފެދޭ،" މާރިޔާ ވިދާޅުވި އެވެ.
ކުރިީގެ އިންތިހާބާ ހިލާފަށް ސިންގަޕޫރު އުނިކޮށް މިފަހަރު ރާއްޖެއިން ބޭރުގައި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ފަސް ފޮއްޓެވެ. މާރިޔާ ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވަންތިބޭ ދިވެހިން ގިނަވަމުންދާއިރު ބޭރުގައި ބަހައްޓާ ފޮށީގެ އަދަދު ވެސް ގިނަވާންޖެހޭނެ ކަމަށެވެ.
ސްރީ ލަންކާގެ ކޮލަމްބޯގައި ދެ ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު ސިޓީތަކުގެ މީހުންނަށް އެއް ފޮށި އަދި ރަށްތަކުގެ މީހުން ވޯޓު ލާން ވަކި ފޮއްޓެއް ބަހއްޓާފައިވާތީ ވެސް މާރިޔާ ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.
"އިންތިހާބުގައި ސަރުކާރުން މަކަރު ހަދާނެ ކަމަށް ޝައްކު ކުރެވެމުންދާއިރު މިގޮތަށް ކަންތައް ކުރަމުންދާތީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ،" މާރިޔާ ވިދާޅުވި އެވެ.
މީގެ އިތުރުން މާރިޔާ ވިދާޅުވީ ސިޔާސީ ޕާޓީތައް އެކުލެވޭ ގޮތަށް އެކުލަވާލާފައިވާ އިލެކްޝަން އެޑްވައިޒަރީ ކޮމެޓީގެ މާދަމާގެ ބައްދަލުވުމުގައި ރިސޯޓުތަކުގައި ގިނަ ވޯޓު ފޮށި ބެހެއްޓުމާ ގުޅޭ ގޮތުން ޝަކުވާ އުފުލާނެ ކަމަށެވެ. ނަމަވެސް ވިދާޅުވީ އެމްޑީޕީން ދީފައިވާ އެއްވެސް ހިޔާލެއް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަންނަ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 263،000 މީހުންނަށް ލިބެ އެވެ. ޖުމްލަ ބެހެއްޓުމަށް ހަމަޖެހިފައި ވަނީ 452 ވޯޓު ފޮއްޓެވެ.
އިންތިޚާބު ކާމިޔާބުވާ މަންޒަރު ދަތުރުތަކުން ފެނޭ:މާރިޔާ
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް
އިބޫ ހުވާ ކުރާނެ ދުވަހަކާ މެދު ހޫނު ބަހުސްތަކެއް!
"އަޅުގަނޑުގެ ނުކުޅެދުންތެރި ކަމަކީ މީހުން ދަސްނުވުން"
އަޅުގަނޑުގެ "އަސްލު ސޫރަ" ބަދަލެއް ނުވާނެ: އިބޫ
ވޯޓުލާ ތަނަށް އަމިއްލަ ގަލަން ވެއްދެން ޖެހޭނެ: މާރިޔާ
އިބޫ އިންތިޚާބު ކާމިޔާބު ކުރާނީ 70 ޕަސެންޓުން: އަލީ
އިންތިޚާބުގައި ވާދަކުރަން ހަތް މީހަކު ފޯމު ނަގައިފި
"ވޯޓު ފޮށި ބަހައްޓަން ރިސޯޓުތަކުން ދެކޮޅެއް ނޫން"
އެމްޑީޕީ ނުހިމަނައި ޖުމްހޫރީ ކޯލިޝަން އިއުލާނުކޮށްފި