11 ޖުލައި 2018
އިންޖީނު ހުއްޓިގެން ހާލުގައި ޖެހުނު ސްރީ ލަންކާގެ މަސްބޯޓުގައި ތިބި ހަތް ފަޅުވެރިން ސަލާމަތްކޮށް، މިއަދު މާލެ ގެނެސްފި އެވެ.
އިންޖީނު ހުއްޓިގެން ހާލުގައި ޖެހުނު ސްރީ ލަންކާގެ މަސްބޯޓުގައި ތިބި ހަތް ފަޅުވެރިން ސަލާމަތްކޮށް، މިއަދު މާލެ ގެނެސްފި އެވެ.
"ސިންދޫރު 2" ނަމަކަށް ކިޔާ ލަންކާ މަސް ބޯޓު ހާލުގައި ޖެހުނީ، އެމްއެންޑީއެފުން ބުނި ގޮތުގައި، އޭގެ އިންޖީނުގެ ބެޓަރީ ހުއްޓުމުންނެވެ. އެމީހުން ހާލުގައި ޖެހިފައި ތިއްބާ ފެނުނީ ރާއްޖޭގެ މަސް ދޯންޏެއް ކަމަށް ވާ "ދިރުން" އަށް، ގއ. ވިލިނގިއްޔާ ދިމާއިން ބޭރުންނެވެ.
ބޯޓުގެ ހާލަތު އިއްޔެ ހެނދުނު 11 ޖަހާކަންހާ އިރު ކޯސްޓް ގާޑަށް އެންގުމުގެ އިތުރުން ދިވެހި މަސްވެރިން ވަނީ، އެމްއެންޑީއެފުން ބުނި ގޮތުގައި، އޭގެ ފަޅުވެރިންނަށް ފެނާއި ކާބޯތަކެތި ވެސް ފޯރުކޮށްދީފަ އެވެ.
"ސިންދޫރު 2" ކައިރިއަށް ގޮސް ކޯސްޓް ގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފެށީ ހަވީރު 5:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. ފަޅުވެރިން ސަލާމަތްކޮށް އެންމެ ފުރަތަމަ ގެންދިޔައީ ގދ. ތިނަދުއަށެވެ. އެ މީހުން މާލެ ގެނައީ މިއަދު ހެނދުނެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށްވެ އެވެ.
ގެއްލުނު ދޯނި ފެނިއްޖެ
ތިން މީހުންނާއެކު ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދަނީ
30މީހުންނާއެކު ދަތުރުކުރި ލޯންޗެއްދިޔަވާތީ އެހީތެރިވަނީ
ރާޅާ އަޅަނިކޮށް ގެއްލުނީ ކޮޅިގަނޑެއްގައި ޖެހިގެން!
އަޑިއަށް ދިޔަ ބޯޓުން ގެއްލުނު މީހާ ފެނިއްޖެ
ބޯޓެއް އަޑިއަށް ގޮސް މީހަކު ގެއްލިގެން ހޯދަން ފަށައިފި
މާފުށިން ވަދާ ދިޔަ ދުވަސްވީ މީހާ ފެނިއްޖެ
ދޯންޏެއްގެ ބުރަފަތީގައި ޖެހި މީހަކު ޒަހަމްވެއްޖެ
ޝާހު ގެއްލުނީ ލޮކްޑައުނަށް ފަހު ރަށަށް ދަނިކޮށް
މަންދު އަށް ދަތުރުކުރަނިކޮށް ގެއްލުނު ޒުވާނަކު ހޯދަނީ