Roadha Mihaaru

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ އައު ޝަރުތުތައް ފާސްކޮށްފި

ބޭރު ގައުމަކުން ހިމާޔަތާއި ރަށްވެހިކަން ހޯދައިގެން އުޅޭ މީހުން، އެ ގައުމެއްގެ ހިމާޔަތާއި ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް، ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިންތިހާބުގައި ވާދަކުރުމުގެ އާ ޝަރުތުތައް ފާސްކޮށްފި
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

04 ޖުލައި 2018

ބޭރު ގައުމަކުން ހިމާޔަތާއި ރަށްވެހިކަން ހޯދައިގެން އުޅޭ މީހުން، އެ ގައުމެއްގެ ހިމާޔަތާއި ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް، ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވިލިމާލޭ ދާއިރާގެ މެމްބަރު، އަދި ވެރިކަން ކުރާ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުށަހެޅުއްވި މި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި 34 މެމްބަރުންގެ އިއްތިފާގުންނެވެ. ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިއެއް ނުވެ އެވެ.

ނިހާން މި އިސްލާހު އެންމެ ފުރަތަމަ ހުށަހެޅުއްވީ ރާއްޖޭގެ އިތުރުން އެހެން ގައުމެއްގެ ރަށްވެހިކަން ހޯދާފައިވާ މީހަކު ބޭރުގެ ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށެވެ. އެކަމަކު، މި ބިލު ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމީ ރަށްވެހިކަން ހޯދައިގެން އުޅޭ މީހުންގެ އިތުރުން ބޭރު ގައުމަކުން ހިމާޔަތް ހޯދަގެން އުޅޭ މީހުން ހިމާޔަތް ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ހެދުމަށެވެ.

ރާއްޖޭގެ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައިވާ ގޮތުން ބޭރު ގައުމެއްގެ ރައްޔިތަކަށް ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އެކަމަކު ބޭރުގެ ރައްޔިތުކަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިހާބުގައި ބައިވެރިވެވޭނީ ވަކި މުއްދަތެއްގެ ފަހުން ކަމަށް ކަނޑައަޅައިފައެއް ނުވެ އެވެ.

ނިހާން ވިދާޅުވި ގޮތުގައި އިސްލާހު ހުށަހެޅީ ބޭރު ގައުމެއްގެ ނުފޫޒުން ރާއްޖެ އެއްކިބާ ކުރުމަށާއި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ކޮންމެހެން ގެންނަން ޖެހޭ އިސްލާހެއްގެ ގޮތުންނެވެ.

ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާ އިރު އިދިކޮޅު ކޯލިޝަންގެ ގިނަ ލީޑަރުން ތިއްބެވީ ރާއްޖޭން ބޭރުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެންނެވެ. އޭގެ ތެރޭގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ބޭސްފަރުވާ އަށް ވަޑައިގެން އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ރައީސް މުހައްމަދު ނަޝީދާއި، ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި ފަހުން، ސިންގަޕޫރަށް ބޭސްފަރުވާ އަށް ވަޑައިގަތުމަށް ފަހު ޖަރުމަނު ވިލާތުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނެ އެވެ. އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާއި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދާއި އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވެސް ވަނީ އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިފަ އެވެ.

ޕްރޮފެސަރު ހަސަން އުގައިލް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އުޅުއްވާ ކަމުގެ އަޑު ފެތުރުމާއެކު، ނިހާންގެ އިސްލާހަކީ އުގައިލް އަށް އަމާޒުކޮށްގެން ގެނައި އިސްލާހެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި އެވެ. އެކަމަކު، އުގައިލް ކުރިން ވިދާޅުވެފައިވަނީ، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ. އުގައިލް ވަނީ މީގެ 15 އަހަރު ކުރިން އިނގިރޭސި ވިލާތުގެ ރައްޔިތަކަށް ވެވަޑައިގެންފަ އެވެ.

މިއަދުގެ ޖަލްސާގައި ވަނީ ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވޯޓުގައި ބައިވެރިވަޑައިގެންނެވި 34 މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ. މި ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ގިނައީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިންގައި ހިމެނޭ ކަންކަމެވެ. އޭގެ އިތުރު އިސްލާހުތަކެއް ވެސް ހިމެނެ އެވެ.

މި ބިލުތަކަށް ވޯޓަށް އެހުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އިއްޔެ އާއި މިދިޔަ ހޯމަ ދުވަހު ދެކޮޅު ހެއްދެވި އެވެ. އެއީ، މަޖިލީހުގެ ޖަލްސާގައި ބިލުތަކަށް ވޯޓަށް އަހަން ބޭނުންވާ އަދަދަށް ތަޅުމުގައި މެމްބަރުން ނެތް ކަމަށް ވިދާޅުވެ، އެވެ.

ނިހާން ހުށަހެޅުއްވި ބިލަށް ވޯޓަށް އެހުމުގެ ކުރިން، މަސީހު ވިދާޅުވީ ވޭތުވެދިޔަ ދެ ދުވަހު ބޭއްވި ޖަލްސާގައި، ރިޔާސީ އިންތިހާބާ ގުޅޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ މެދު ގޮތެއް ނިންމުމަށްޓަކައި ވޯޓުގައި ބައިވެރިވެޑައިގަތުމަށް އިލްތިމާސްކޮށްފައިވާނެ ކަމަށެވެ. އެގޮތުން، މިއަދުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމުގައި 34 މެމްބަރުން ތިއްބެވި ކަމުގައިވިޔަސް، މަޖިލީހަށް ހާޒިރުވެވަޑައިގެން ސޮއިކުރެއްވި މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ 10 މެމްބަރަކާއި ޖުމްހޫރީ ޕާޓީގެ ހަތަރު މެމްބަރަކު ހިމެނިވަޑައިގަންނަވާ ކަމަށެވެ.

މަސީހް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ގާނޫނަށް މިދިޔަ ދެ ދުވަހު ބޭއްވި ޖަލްސާގައި މެމްބަރުން ޖަލްސާ އަށް ގެނައުމަށް މަސައްކަތް ކުރެއްވި އެވެ. ތިން ބިލަކީ ރިޔާސީ އިންތިހާބާއި އަސާސީ މަސްލަހަތާ ގުޅުން ހުރި ބިލަކަށްވާތީ، މި މައްސަލާގައި ޒަރޫރީ ހާލަތެއް މެދުވެރިވުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ހުކުމްތަކަށް ރިއާޔަތްކޮށް، ގާނޫނީ އަދަދު ހަމަވާނަމަ، ވޯޓަށް އެހުމަށް ފެނޭތޯ މަޖިލީހުގެ ރިޔާސަތުން ވަނީ ވޯޓަށް އަހައި އެ ހުށަހެޅުން ފާސްކޮށްފަ އެވެ.