ސުޝާންތު ސިންގް ރާޖްޕޫތުގެ ފިލްމެއް އަނެއްކާ ވެސް މައްސަލަގަނޑެއްގެ ތެރެއަށް ގޮސް، ފިލްމް ތާވަލުކުރި ތާރީހަށް ރިލީޒް ކުރެވޭނެކަމާ ދޭތެރޭ ސުވާލު އުފެދިއްޖެ އެވެ.
25 ޖޫން 2018
ސުޝާންތު ސިންގް ރާޖްޕޫތުގެ ފިލްމެއް އަނެއްކާ ވެސް މައްސަލަގަނޑެއްގެ ތެރެއަށް ގޮސް، ފިލްމް ތާވަލުކުރި ތާރީހަށް ރިލީޒް ކުރެވޭނެކަމާ ދޭތެރޭ ސުވާލު އުފެދިއްޖެ އެވެ.
މި ފަހަރުގެ ފިލްމަކީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ތަރޫން މަންސުކާނީ ޑައިރެކްޓް ކުރާ "ޑްރައިވް" އެވެ. ސުޝާންތާއި ޖެލްކިން ފެނަންޑޭޒް ލީޑް ރޯލް ކުޅޭ ފިލްމް ރިލީޒް ތާވަލުކޮށްފައި އޮތީ އަންނަ ސެޕްޓެމްބަރު މަހުގެ 7 އަށެވެ.
"ޑްރައިވް" މިދިޔަ އަހަރުގެ މާޗްގައި އިއުލާން ކުރީ އެ އަހަރު ރިލީޒް ވެސް ކުރާ ގޮތަށެވެ.
ނަމަވެސް "ޑްރައިވް" ގެ ބައެއް މަންޒަރުތައް ޝޫޓްކޮށްފައި ހުރި ގޮތާ ދޭތެރޭ ހިތްހަމަނުޖެހިގެން ކަރަން ވަނީ އެ މަންޒަރުތައް އަލުން ޝޫޓްކުރަން ތަރުން އަށް އަންގައިފަ އެވެ.
އެކަމަކު އޭނާ މިކަމަކަށް އިޖާބަ ނުދީ ފިލްމްގެ މަސައްކަތް ދިގު ދަންމާތީ ފިލްމް ތާވަލު ކުރި ތާރީހަށް ރިލީޒް ނުކުރެވޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކަރަން ބޭނުންވި ގޮތަށް ތަރުން ފިލްމްގެ މަސައްކަތް ނިންމައި ނުދޭ ނަމަ "ޑްރައިވް" ރިލީޒް ކުރުމުގެ ވިސްނުމެއް ވެސް ކަރަންގެ ނެތް ކަމަށްވެ އެވެ. ތަރުން ވަނީ ކުރިން ވެސް ކަރަންގެ ދަރްމާ ޕްރޮޑަކްޝަނުން ހެދި ފިލްމެއް ޑައިރެކްޓްކޮށްފަ އެވެ.
The FRANCHISE FUN begins....DRIVE directed by @Tarunmansukhani starring @itsSSR and @Asli_Jacqueline starts today!!The first of the series! pic.twitter.com/QLnZhTVNSx
— Karan Johar (@karanjohar) March 1, 2017
ކަރަން މިދިޔަ އަހަރު
އެއީ 2008 ގައި ޖޯން އަބްރަހަމް އާއި ޕްރިޔަންކާ ޗޯޕްޅާ އަދި އަބިޝެކް ބައްޗަން ކުޅުނު "ދޯސްތާނާ" އެވެ. މި ފިލްމްގެ ބޮޑު ކާމިޔާބީ އަށް ފަހު، މީގެ ދެވަނަ ބައެއް ހަދަން ކަރަން ބޭނުންވެގެން ތަރުން ލައްވައި ސްކްރިޕްޓެއް ލިޔުއްވަން ކުރި މަސައްކަތް ވެސް މިހާތަނަށް އޮތީ ފުރިހަމަ ނުކުރެވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ދޯސްތާނާ" ދެވަނަ ބައި ނުގެނެސް ދެވި އޮތީ ތަރުން ލިޔުނު ސްކްރީންޕްލޭ ކަރަން އަށް ކަމުނުގޮސްގެންނެވެ. "ދޯސްތާނާ" ރިލީޒް ކުރިތާ 8 އަހަރުވީ އިރު ވެސް، ތަރުން އަށް އިތުރު ފިލްމެއް ގެނެސް ދެވިފައި ނުވާތީ އޭނާއާ ދޭތެރޭ ބެލުންތެރިން މިހާރު ކުރާ އުންމީދުތައް ވެސް އެހާ ބޮޑެއް ނޫނެވެ.
The Dharma and Fox Car franchise races to cinema halls on the 7th of September,2018!! #DRIVE starting @itsSSR and @Asli_Jacqueline directed by @Tarunmansukhani Buckle up and get set for the zooming ride!! @apoorvamehta18 @foxstarhindi @DharmaMovies pic.twitter.com/qUsxLC1m35
— Karan Johar (@karanjohar) February 14, 2018
ކަރަން މިއަހަރު "ޑްރައިވް" ރިލީޒް ކުރާ ތާރީހު އިއުލާންކޮށްފައި.
ސުޝާންތުގެ ފިލްމްތަކެއްގެ މަސައްކަތުގައި މިހާރު ވެސް ވަރަށް ބިޒީކޮށް އުޅޭ އިރު، މީގެ ކުރިން ވަނީ އޭނާ އެސްޓްރޮނޯޓެއްގެ ރޯލް ކުޅޭ "ޗަންދާ މާމާ ދޫރް ކޭ" އަށް ވެސް މައްސަލަތަކެއް ދިމާވެ، ފިލްމްގެ ޝޫޓިން ނުފެށި ދިގުލައިގެން ގޮސްފަ އެވެ. އަދި ދާދި ފަހުން ޝޫޓިން ނިންމައިލި އަބިޝެކް ކަޕޫރްގެ "ކެދަރްނާތު" އަކީ ވެސް މައްސަލަތަކެއްގެ ތެރެއަށް ގޮސް، މަޑު ޖައްސައިލަން ޖެހުނު ފިލްމެކެވެ.
މީގެ އިތުރުން ސުޝާންތު ސޮއި ކުރި ރޯމިއޯ އަކްބަރް ވޯލްޓާ (ރޯ) ވެސް ދިގުލައިގެން ދިއުމުން އޭނާ އެ ފިލްމް ދޫކޮށްލި އިރު، ޝޭކަރް ކަޕޫރާއި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގުޅިގެން ހަދަން އުޅުނު "ޕާނީ" ވެސް ވަނީ ބިލާހަކަށްވެގެން ގޮސްފަ އެވެ.
ތަރުން (ކ) އާއި ކަރަން: "ޑްރައިވް" ގެ މައްސަލާގައި ކަރަން ހުރީ ހިތްހަމަނުޖެހިފައި.
ސުޝާންތުގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ސޯން ޗިޅިޔާ" އާއި "ޑަންގަލް" ގެ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ ފިލްމަކާއި "ފޯލްޓް އިން އަވާ ސްޓާޒް" ގެ ހިންދީ ރިމެކިން ހިމެނެ އެވެ.
މި ފިލްމްތަކުގެ ތެރެއިން އަބިޝެކް ޗޯބޭ ޑައިރެކްޓްކޮށް، ބޫމީ ޕެޑްކޭރް ބަތަލާގެ ރޯލް ކުޅޭ "ސޯން ޗިޅިޔާ" ގެ ޝޫޓިން މިހާރު ވަނީ ނިމިފަ އެވެ.
ކަރަންއަކީ އަބަދު ވެސް އޭނާ ހަދާ ފިލްމްތަކުގެ މަސައްކަތް ވަރަށް އޮމާންކޮށް ކުރިއަށް ގެންގޮސް، އިއުލާން ކުރާ ތާރީހަށް ގެނެސްދޭ ބެލުންތެރިން ވަރަށް އިތުބާރު ކުރާ ޕްރޮޑިއުސަރެކެވެ. އެކަމަކު "ޑްރައިވް" ގެ މައްސަލަގަނޑެއްގެ ތެރޭގައި އޮތުމުން މި ފިލްމްގެ ވާހަކަ އޭނާ އެއްގޮތަކަށް ވެސް ނުދައްކަ އެވެ.
ކަރަން ފާހަގަ ކުރެވެނީ އޭނާގެ ފިލްމްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް އަބަދު ވެސް ޓްވިޓާގައި ހިއްސާ ކުރާ މީހެއްގެ ގޮތުގަ އެވެ.
އަނެއްކާވެސް ބޮލީވުޑްގެ ފިލްމެއް ސީދާ ނެޓްފްލިކްސް އަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ޑްރައިވް" ނޮވެމްބަރުގައި 1 ގައި ނެޓްފްލިކްސް އަށް
"ޑްރައިވް" ތިއޭޓަރަކަށް ނޫން، ނެޓްފްލިކްސް އަށް
ކަރަންގެ "ޑްރައިވް" ދެން ރިލީޒްނުކޮށްފާނެ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް