19 ޖޫން 2018
ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް ސުޕްރީމް ކޯޓުން ކަނޑާލަން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، އެކޯޓުގެ މުވައްޒަފުންނަށް އެންގެވި މައްސަލައިގައި ހައި ކޯޓުން އެ މަނިކުފާނުގެ މައްޗަށް އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް، ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން މިއަދު ހުށަހަޅައިފި އެވެ.
ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް ސުޕްރީމް ކޯޓުން ކަނޑާލަން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، އެކޯޓުގެ މުވައްޒަފުންނަށް އެންގެވި މައްސަލައިގައި ހައި ކޯޓުން އެ މަނިކުފާނުގެ މައްޗަށް އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް، ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން މިއަދު ހުށަހަޅައިފި އެވެ.
އުއްތަމަ ފަނޑިޔާރަށް ދައުވާ ކުރީ ލިޔެކިޔުން ބަދަލު ކުރުމަށް، ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ މެދުގައި ގާއިމުކޮށްފައިވާ ޖެމްސް ސިސްޓަމް މިދިޔަ ފެބްރުއަރީ 4 އަދި 5 ގައި، ސުޕްރީމް ކޯޓުގައި ހުއްޓުމަކަށް ގެނައުމަށް އެންގެވި ކަމަށް ބުނެ އެވެ. އެ މަނިކުފާނުގެ މައްޗަށް ކުރީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ އުއްތަމަ ފަނޑިޔާރުގެ ވަކީލުންނެވެ.
މި މައްސަލައިގައި ހައި ކޯޓުން މިދިޔަ ޖޫން ހަތެއްގައި ކުރި ހުކުމުގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރުގެ އެންގެވުމަށް އެކި ފަހަރު މަތިން ސުޕްރީމް ކޯޓުގައި ޖެމްސް ހުއްޓުވި ކަން ހެކިންގެ ބަހުން އެނގެން އެބައޮތް ކަމަށެވެ.
އެހެންކަމުން، އެ މަނިކުފާނުގެ އެ އަމަލަކީ ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގައި ބުނާ ފަދައިން މާއްދީ ގޮތުން ހުއްޓުވައިގެން ނުވަތަ ހުރަސްތަކެއް ކުރިމަތި ކުރުވައިގެން ނުވަތަ ރަސްމީ ވާޖިބަކާ ޚިލާފްވެގެން ނުވަތަ އެ ނޫން ވެސް ހުއްދަ އަމަލެއް ކޮށްގެން ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުން ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.
ފަނޑިޔާރުންގެ ގާނޫނު އޮތް ގޮތުން ހައި ކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން އުއްތަމަ ފަނޑިޔާރަށް 10 ދުވަހުގެ މުއްދަތެއް ލިބިވަޑައިގަންނަވަ އެވެ. އެ މުއްދަތުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުން އެ މައްސަލައެއް 30 ދުވަސް ތެރޭގައި ސުޕްރީމް ކޯޓުން ނިންމަން އެ ގާނޫނު ލާޒިމް ކުރެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ނިމޭ އިރު ޖަލު ހުކުމް ދަމަހައްޓައިފި ނަަމަ އެ ދެ ބޭފުޅުން ފަނޑިޔާރުކަމުގެ މަގާމުން އޮޓަމެޓިކުން ވަކިވާނެ އެވެ.
ޖެމްސް މައްސަލައިގައި އުއްތަމަ ފަނޑިޔާރަށް ޖަލު ހުކުމެއް އިއްވާފައިވާ އިރު، ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލައިގައި އެ މަނިކުފާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވަނީ އިތުރު އެއް އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފަ އެވެ. އެ ހުކުމް ވެސް ހައި ކޯޓުން ދެމެހެއްޓި އެވެ.
މީގެ އިތުރުން، މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، އެ ބޭފުޅުންގެ ފޯނު ދިނުމަށް ފުލުހުން އެންގުމުން އެ ކަމަށް އިންކާރު ކުރި މައްސަލައިގައި ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ އެ ތިން ބޭފުޅުންގެ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފަ އެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ދައުލަތުން ކުރެ އެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަތަކުގެ ތެރޭގައި ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ ވެސް އެ ބޭފުޅުންގެ މައްޗަށް ދައުލަތުން ކުރެ އެވެ. އަދި އަލީ ހަމީދު، ސަރުކާރުގެ އެއްޗެއް އަމިއްލަ ފައިދާ އަށް ބޭނުން ކުރެއްވި ކަމަށް ބުނެ އޭނާގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ.
ދެ ފަނޑިޔާރުންނަށް ކުރި ޖަލު ހުކުމް އިސްތިއުނާފަށް
ބަންދު އަމުރު އުއްތަމަ ފަނޑިޔާރު އިސްތިއުނާފެއް ނުކުރި
އައްމަޓީ ދޫކޮށްލި މައްސަލަ އަލުން ބަލަން އަމުރުކޮށްފި
އައްމަޓީ މައްސަލާގެ ހުކުމް އާދިއްތަ ދުވަހު އިއްވަނީ
"ލިޔުމެއް ނެތިގެން" ބޭރުކޮށްލި މައްސަލަަ އަލުން ބަލަނީ
ނަޖީބު މަރާލަން ހަނާގެ ގަސްތު އޮތްތޯ ސުވާލުތަކެއް
"ވާނުވާ ރިވިއު ނުކުރިޔަސް، ބަންދުން ދުލެއް ނުވާނެ"
"ވާނުވާ" ރިވިއުގެ މައްސަލަ ސުޕްރީމް ކޯޓުން ފަށަނީ
ފޯނު މައްސަލާގެ ހުކުމުން އަބްދުﷲ ސައީދު ސަލާމަތްވެއްޖެ
އަދީބުގެ 12 އަށްވުރެ ގިނަ މައްސަލަ ޕީޖީއަށް ފޮނުވަނީ