Roadha Mihaaru
"އިންޑިއާ އިން ދިވެހިންނަށް ވިސާ ނުދީ ދަތިކުރޭ"

ދިވެހިންނަށް ވިސާ ނުދީ އިންޑިއާ އިން އިންތިހާ އަށް ދަތިކުރޭ: އަލީ އާދަމް

17 ޖޫން 2018

ދިވެހިންނަށް ވިސާ ދިނުމުގައި އިންޑިއާ އިން ވެސް އިންތިހާ އަށް ދަތިކުރާ ކަމަށް އެ ގައުމުގެ ޓްރިވެންޑްރަމްގައި ކުރިން ހުންނެވި ދިވެހި ކޮންސުލް އަލީ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ދިވެހިންނަށް ވިސާ ދިނުމުގައި އިންޑިއާ އިން ވެސް އިންތިހާ އަށް ދަތިކުރާ ކަމަށް އެ ގައުމުގެ ޓްރިވެންޑްރަމްގައި ކުރިން ހުންނެވި ދިވެހި ކޮންސުލް އަލީ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާ ރައްޔިތުންނަށް ވިސާ އާއި ވޯކް ޕާމިޓް އާނުކޮށްދޭ މައްސަލަ ހައްލުކޮށް ދިނުމަށް ކެރަލާގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން އިންޑިޔާ ސަރުކާރަށް ގޮވާލެއްވުމާ ގުޅިގެން، "މިހާރު" ގައި ޖެހި ޚަބަރު ޓުވީޓް ކުރައްވައި، އަލީ އާދަމް ވިދާޅުވީ ދިވެހިންނަށް ވިސާގެ ދަތިކަން ކުރިމަތިވެގެން އެކަން ހުށަހެޅުމުން އިންޑިއާ ސަރުކާރުން އަޅައި ނުލި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެ އަކީ ކުޑަ ގައުމެއް ނަމަވެސް އޭގެ ސަބަބުން އެތައް ބަޔަކަށް ދަތިތަކާ ކުރިމަތިވި އެވެ.

އަލީ އާދަމް މިއަދު ކުރެއްވި ޓްވީޓް--

"ދިވެހިންނަށް ވިސާގެ އުނދަގުލުގެ ވާހަކަ އެތައް ފަހަރެއްގެ މަތިން ދެއްކުނު. ދިވެހިންގެ މަދު މީސްކޮޅަކަށް ވެފައި ކުޑަ ގައުމެއް ވީމަ ކަމެއް ނޭނގޭ ހަމަ ކަހާތަން ހިރުވާ ވެސް ނުލެއްވި." ހަތަރު ވަރަކަށް އަހަރު ދުވަސް ވަންދެން، ޓްރިވެންޑްރަމްގައި ހުންނަވާ ދިވެހި ކޮންސުލްގެ މަގާމު ފުރުއްވައި އަދި މިހާރު އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާ އަލީ އާދަމް ވިދާޅުވި އެވެ.

"ދެ ގައުމުގެ މީހުން ވެސް ދެ ގައުމަށް ގޮސް، އައިސް އުޅެނީ ޒަރޫރީ ބޭނުންތަކުގައި. އުނދަގޫވީމާ ބޮޑަސް، ކުޑަޔަސް އުނދަގޫވީމަ ހަމަ ކޮންމެ ގައުމަކަށް ވެސް އުނދަގޫވާނެ."

އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު މުހައްމަދު ވެސް ވަނީ ދިވެހިންނަށް އިންޑިއާ އިން ވިސާ ލިބުން ދަތިވުމާއި އެ ގައުމަށް ދިއުމުން ސަބަބެއް ނާންގާ ބައެއް ދިވެހިން އަނބުރާ ފޮނުވާލާ ކަމަށް ވިދާޅުވެފަ އެވެ.

Nihan fonuvaali sababeh Naangaa, kanboduvey: Safeer

Nihan fonuvaali sababeh Naangaa, kanboduvey: Safeer

The most trusted news source in the Maldives

Mihaaru

ނިހާން ފޮނުވާލި ސަބަބެއް ނޭންގޭ ކަމަށް ރާއްޖޭގެ ސަފީރު ވިދާޅުވުން--

ކެރަލާގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން ވަނީ، ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާ މީހުންނަށް ވިސާ އާއި ވޯކް ޕާމިޓް އާނުކޮށްދޭ މައްސަލަ ހައްލުކޮށް ދިނުމަށް އިންޑިއާގެ ސަރުކާރުގައި އިއްޔެ އެދިވަޑައިގެންފަ އެވެ. އަދި ރާއްޖެ އިން މިހާރު އިންޑިއާ މީހުންނަށް ވިސާ އާއި ވޯކްޕާމިޓް ނުދޭ ކަމަށް ބުނެ އެ ގައުމުގެ ގިނަ ނޫސްތަކެއްގައި ވަނީ އެކަން ރިޕޯޓް ކޮށްފަ އެވެ.

ނަމަވެސް ރާއްޖޭގެ އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު އަންވަރު އެކަން ދޮގުކުރައްވަ އެވެ. އޭނާ މިއަދު "މިހާރު" އަށް ވިދާޅުވީ އެއްވެސް ގައުމެއްގެ ރައްޔިތަކަށް ވިސާ އަދި ވޯކް ޕާމިޓް ދޫކުރުމުގައި ރާއްޖެ އިން ތަފާތު ކުރަމުން ނުދާ ކަމަށެވެ. އޭގެ ތެރޭގައި އިންޑިއާގެ ރައްޔިތުން ވެސް ހިމެނޭނެ ކަމަށާއި އެ ގައުމުގެ މީހުންނަށް ރާއްޖޭގެ އިމިގްރޭޝަންގެ އުސޫލުގެ ތެރެއިން ވިސާ އާއި ވޯކް ޕާމިޓް ދޫކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ މިހާރުގެ ސަރުކާރުން އިންޑިއާގެ ވާދަވެރި ޗައިނާއާ ގުޅުން ބަދަހި ކުރާތީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަނީ ހީނަރުވެފަ އެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ސަރުކާރުން އަމަލުކުރާގޮތްތަކަށް އިންޑިއާއިން އަންނަނީ ފާޑުކިޔަމުންނެވެ.