Roadha Mihaaru
ބިޔޯންސޭ އާއި ޖޭޒީގެ އާ އަލްބަމެއް ނެރެފި

ބިޔޯންސޭ އާއި ޖޭޒީގެ އާ އަލްބަމް "އެވްރީތިން އިޒް ލަވް" ނެރެފި

17 ޖޫން 2018

މިއުޒިކް ދުނިޔޭގައި ނުފޫޒު ގަދަ ދެމަފިރިން ކަމަށްވާ ބިޔޯންސޭ އާއި ޖޭ-ޒީ، ކުރިން އިއުލާނު ނުކޮށް އާ އަލްބަމެއް ނެރެ ފޭނުންނަށް ސަޕްރައިޒެއް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއުޒިކް ދުނިޔޭގައި ނުފޫޒު ގަދަ ދެމަފިރިން ކަމަށްވާ ބިޔޯންސޭ އާއި ޖޭ-ޒީ، ކުރިން އިއުލާނު ނުކޮށް އާ އަލްބަމެއް ނެރެ ފޭނުންނަށް ސަޕްރައިޒެއް ދީފި އެވެ.

މިހާރު ޓައިޑަލް އިން ސްޓްރީމް ކުރެވެން ހުރި އަލްބަމްގެ ނަމަކީ "އެވްރީތިން އިޒް ލަވް" އެވެ. އަލްބަމްގައި ޖުމްލަ 9 ޓްރެކް ހިމެނޭ ގެސްޓް އާޓިސްޓުންގެ ތެރޭގައި ފެރެލް ވިލިއަމްސް، އޮފްސެޓް އަދި ކްއާވާ ހިމެނެ އެވެ.

"އެވްރީތިން އިޒް ލަވް" ގެ ހިމެނޭ ޓްރެކްތަކަކީ ސަމާ، އޭޕްޝިޓް، ބޮސް، ނައިސް، 713، ފްރެންޑްސް، ހާޑް އެބައުޓް އަސް، ބްލެކް އިފެކްޓް އަދި ލަވް ހެޕީ އެވެ. އަދި ބޯނަސް ޓްރެކެއްގެ ގޮތުގައި "ސެލިއުޑް" ކިޔާ ލަވަތައް ވެސް އަލްބަމްގައި ހިމަނާފައިވެ އެވެ.

ބިޔޯންސޭގެ ޓްވީޓެއް.

މި ލަވަތަކުގެ ތެރެއިން "އޭޕްޝިޓް" ލަވައިގެ ވީޑިއޯއެއް ވެސް ވަރަށް އަވަހަށް ގެނެސް ދޭނެކަން އިއުލާންކޮށް، އޭގެ މަންޒަރުން ތަންކޮޅެއް ވެސް ވަނީ ދައްކާލައިފަ އެވެ.

އާ އަލްބަމާ އެކު، ބިޔޯންސޭ އާއި ޖޭ-ޒީ ފޭނުން އުފާކޮށް ދިން އިރު ދެ މީހުން މިހާރު ތިބީ "އޮން ދަ ރަން 2" ޓުއާގެ ތެރޭގަ އެވެ. ސާޅީސް އަށް ދުވަހަށާް ދެމިގެންދާ ޓުއާގައި ދެން އެންމެ އަވަހަށް ޝޯއެއް ދަނީ މި މަހުގެ 19 ވަނަ ދުވަހު އެމްސްޓެޑަންގަ އެވެ.

މިދިޔަ އަހަރު އިތުރު ދަރިއަކު ވެސް ލިބުނު ބިޔޯންސޭ އާއި ޖޭ-ޒީގެ ޖޮއިންޓް އަލްބަމެއް ނެރުނު އިރު، ހުނަރުވެރި އަންހެން ލަވަކިޔުންތެރިޔާ އެންމެ ފަހުން ނެރުނު އަލްބަމަކީ 2016 ގެ "ލެމަނޭޑް" އެވެ. ޖޭ-ޒީގެ އެންމެ ފަހުގެ އަލްބަމަކީ މިދިޔަ އަހަރު ނެރުނު "4:44" އެވެ.