05 ޖޫން 2018
މި އަހަރުގެ ޓޫރިޒަމްގެ އޮފް ސީޒަނާ އެކު ރިސޯޓުތަކުގެ ސާވިސް ޗާޖު ދަށަށް ހިނގައްޖެ އެވެ.
މި އަހަރުގެ ޓޫރިޒަމްގެ އޮފް ސީޒަނާ އެކު ރިސޯޓުތަކުގެ ސާވިސް ޗާޖު ދަށަށް ހިނގައްޖެ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އޭޕްރިލް މަހު އެއް ހާސް ޑޮލަރުން މަތީގެ އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި އަށް ރިސޯޓަކުން ބެހި އިރު މެއި މަހު އެއް ހާސް ޑޮލަރަށް ވުރެ މަތިން ބަހާފައި ވަނީ އެންމެ ރިސޯޓަކުންނެވެ. އެއީ ނ. އަތޮޅުގައި ހިންގާ ލަގްޒަރީ ރިސޯޓެއް ކަމަށްވާ ވެލާ ޕްރައިވެޓް އައިލެންޑުންނެވެ.
ސާވިސް ޗާޖުގެ މައުލޫމާތު ގެނެސްދޭ ވެބްސައިޓްގައިވާ ގޮތުން ވެލާ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 1،106 ޑޮލަރު (17،054.52ރ) ބަހާފައިވެ އެވެ. މިއީ އޭގެ ކުރީ މަހާ އަޅައިބަލާއިރު 250 ޑޮލަރު 3،855ރ) މަދު އަދަދެކެވެ. އަދި ދެ ވަނަ އަށް އެންމެ ގިނަ އަދަދެއް ބަހާފައި ވަނީ ބ. އަތޮޅުގައި ތައިލެންޑްގެ މައިނާ އިންޓަނޭޝަނަލް އިން ހިންގާ އަނަންތާރާ ކިހަވައް ވިލާސް އިންނެވެ. އެ ރިސޯޓުން މިދިޔަ މަހު ކޮންމެ މުވައްޒަފަކަށް 800.24 ޑޮލަރު (12،339.70ރ) ބަހާފައިވެ އެވެ. މިއީ ގާތްގަނޑަކަށް 89 ޑޮލަރު (1،372ރ) އިތުރު އަދަދެކެވެ.
މިދިޔަ މަހު ތިން ވަނަ އަށް އެންމެ ގިނަ އަދަދެއް ބަހާފައި ވަނީ މިދިޔަ ހަތަރު މަސް ދުވަހު އެންމެ ބޮޑު އަދަދެއް ބަހާފައިވާ ނ. އަތޮޅުގައި ހިންގާ ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުންނެވެ. އެ ރިސޯޓުން މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި ބަހާފައި ވަނީ 774. ޑޮލަރު (11،935ރ) އެވެ. މިއީ އެޕްރިލް މަހާ އަޅައިބަލާއިރު 988 ޑޮލަރު (15،234ރ.) މަދު އަދަދެކެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އޭޕްރިލް މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ ދަށްވެފަ އެވެ. އާއްމު ރާއްޖޭގެ ޓޫރިޒަމް އޮފް ސީޒަން ފެށެނީ އޭޕްރިލް މަހު އެވެ.
ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓް ކޮންމެ ޓޫރިސްޓެއްގެ އަތުން ނަގަ އެވެ. އޭގެ ތެރެއިން އެކި ރިސޯޓުތަކުން ބަހަނީ އެކި މިންވަރަށެވެ. ގިނަ ރިސޯޓްތަކުން ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އޮންނަނީ ސިއްރުކޮށްފަ އެވެ.
ތިން ރިސޯޓަކުން ސާވިސްޗާޖަށް ބައިލައްކަ ރުފިޔާ
ސާވިސް ޗާޖު ލިސްޓުގެ ކުރިއަށް އަނެއްކާވެސް ވެލާ
ވެލާއިން މިދިޔަ މަހު ސާވިސް ޗާޖަށް 1684 ޑޮލަރު
ވެލާއިން ސާވިސްޗާޖުގެ ގޮތުގައި 46،356ރ. ބަހައިފި
ސާވިސް ޗާޖު ލިސްޓުގެ ކުރީގައި މި ފަހަރު ރަންދެލި
ސާވިސް ޗާޖުގެ ގޮތުގައި ވެލާއިން މީހަކަށް 20،000ރ
ވެލާގެ ސާވިސް ޗާޖު: މުވައްޒަފަކަށް 72،000ރ.
ސާވިސް ޗާޖަށް ހަތަރު ރިސޯޓަކުން 30،000ރ.
ސާވިސް ޗާޖު ބޮޑުކޮށް ދޭ ރިސޯޓުތަކުގެ ލިސްޓަށް ބަދަލެއް
ކްލަބް ފިނޮޅުގެ ކޮންމެ މުވައްޒަފަކަށް 20،000ރ.