03 ޖޫން 2018
ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު ސައުދީ، ޔޫތު މިނިސްޓްރީގެ ނައިބަކަށް މިއަދު ހަމަޖައްސަވައިފި އެވެ.
ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު ސައުދީ، ޔޫތު މިނިސްޓްރީގެ ނައިބަކަށް މިއަދު ހަމަޖައްސަވައިފި އެވެ.
ސައުދީ އެ މަގާމަށް ހަމަޖެއްސުމާ ބެހޭ ރައީސް އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ. ނަމަވެސް ޔޫތު މިނިސްޓްރީން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
ސިޔާސީ އިދިކޮޅު ލީޑަރުން ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހު 1 ގައި ނެރުނު އަމުރަށް ފަހު ޕޮލިސް ކޮމިޝަނަރުކަމުން އަހުމަދު އަރީފް ވަކިކޮށް ފުލުހުންގެ މުއައްސަސާ ހިންގުން ހަވާލުކުރެއްވީ ސައުދީއާ އެވެ. އެ ޒިންމާ ހަވާލުކުރެއްވިތާ ގިނައިރުތަކެއް ނުވަނީސް ސައުދީ ވެސް ވަނީ މަގާމުން ވަކިކުރައްވައިފަ އެވެ.
މި ފަހުން ޔޫތު މިނިސްޓްރީގެ އިސް މަގާމުތަކަށް ރައީސް އޮފީހުން ބަދަލުތަކެއް ގެނެސްފައި ވެ އެވެ. އެގޮތުން ހައުސިންގެ ސްޓޭޓް މިނިސްޓަރަކަށް ހުންނަވަނިކޮށް ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެއްވިއިރު އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ނާއިފު ޝައުކަތު ވަނީ ހައުސިންގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރައްވައިފަ އެވެ. އެހެންކަމުން އެ މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރަކަށް މިހާރު ހުންނެވީ ސައުދީ އެކަންޏެވެ.
ޖެންޑާ މިނިސްޓަރުގެ ނައިބަކަށް ޑރ. ސުނީނާ
ސިޔާސީ ބައެއް މަގާމުތަކަށް ރައީސް ބަދަލުގެންނަވައިފި
ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 150 އިން މައްޗަށް!
ޑެޕިއުޓީ މިނިސްޓަރުކަމަށް 26 ބޭފުޅަކު އައްޔަންކޮށްފި
ޔޫތުގެ ޑެޕިއުޓީ މިނިސްޓަރަކަށް އަޒްމޫން
ފިޝަރީޒް މިނިސްޓްރީއަށް އިތުރު ޑެޕިއުޓީ މިނިސްޓަރެއް
ފިޝަރީޒް މިނިސްޓްރީއަށް ޑެޕިއުޓީ މިނިސްޓަރެއް
ހެލްތުގެ ޑެޕިއުޓީ މިނިސްޓަރަކަށް ބޭފުޅަކު އައްޔަންކޮށްފި
ހެލްތުގެ ޑެޕިއުޓީ މިނިސްޓަރަކަށް ބޭފުޅަކު އައްޔަންކޮށްފި
ގދ. އަތޮޅު ކައުންސިލްގެ ރައީސަށް ޔޫތުގެ ނައިބުކަން