27 މެއި 2018
ވޮޝިންޓަން (މެއި 27) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަންނަ މަހު 12 ވަނަ ދުވަހު ބާއްވާ ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ވައިޓް ހައުސްގެ ޓީމެއް ސިންގަޕޫރަށް ދިއުމަށް ހަމަޖައްސައިފި އެވެ.
ވޮޝިންޓަން (މެއި 27) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަންނަ މަހު 12 ވަނަ ދުވަހު ބާއްވާ ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ވައިޓް ހައުސްގެ ޓީމެއް ސިންގަޕޫރަށް ދިއުމަށް ހަމަޖައްސައިފި އެވެ.
ކިމް އާއި ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިން ކުއްލި ގޮތަކަށް އިއްޔެ ބޭއްވި ބައްދަލުވުމަށް ފަހު ކިމް-ޓްރަމްޕް ސަމިޓް ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދެވިދާނެކަމުގެ އުއްމީދު ވަނީ ބޮޑުވެފަ އެވެ.
"ސަމިޓުގެ ތައްޔާރީތައް ކުރިއަށް ގެންދަން ވައިޓް ހައުސްގެ އެޑްވާންސް ޓީމް ކުރިން ޝެޑިއުލްކޮށްފައިވާ ގޮތަށް ސިންގަޕޫރަށް ދާނެ،" ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ސާރާ ސެންޑާސް ވިދާޅުވި އެވެ.
ނޯތު ކޮރެއާ އިން ދެކޮޅުވެރިކަމުގެ ބަޔާންތައް ދޭ ކަމަށް ބުނެ ޓްރަމްޕް ސަމިޓް ކެންސަލް ކުރެއްވީ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ޓްރަމްޕް ވަނީ ސަމިޓް ބޭއްވިދާނެ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ.
ނޯތު ކޮރެއާ އިން ވެސް ބުނެފައި ވަނީ ކޮންމެ ވަގުތަކު ވެސް ސަމިޓަށް ތައްޔާރު ކަމަށެވެ.
ކިމް އާއި މޫން ޖައި-އިންގެ ސަމިޓަކީ މަހެއްހާ ދުވަހު ތެރޭ ބޭއްވި ދެ ވަނަ ސަމިޓެވެ. ދެ ބޭފުޅުން އިއްޔެ ބައްދަލު ކުރެއްވީ ދެ ކޮރެއާ ގުޅޭ ޑިމިލިޓަރައިޒް ޒޯންގައިވާ ޕަންމުންޖޮން ޕީސް ބިލްޑިންގަ އެވެ.
ޓްރަމްޕް-ކިމް ސަމިޓަށް ސިންގަޕޫރުން 12މިލިއަން ޑޮލަރު
ޓްރަމްޕް އެއް ދުވަސް ކުރިން ސިންގަޕޫރަށް
ޓްރަމްޕް-ކިމްގެ ބައްދަލުވުން ސަންތޯސާ އައިލެންޑުގައި
ދައުވާތައް ސާބިތުވެއްޖެއްޔާ ޓްރަމްޕު ހަނާވެގެންދާނެ
ވައިޓްހައުސްގެ ސްޓާފުންނަށް ކުރިން ވެކްސިން ދޭން ދެކޮޅު
ބަލި ގަބޫލް ނުކުރެއްވިޔަސް ވައިޓް ހައުސް އިން ނެރޭނަން
ފައުޗީ ސިޔާސީ ވެއްޖެ ކަމަށް ވައިޓްހައުސްގެ ތުހުމަތު
ވައިޓްހައުސްގެ ބޭރުގައި ބަޑިޖެހުމުން ޓްރަމްޕް ގެންގޮސްފި
އަޅުގަނޑު ބަންކަރަށް ވަނީ އެތަން ބަލާލަން: ޓްރަމްޕް
ފައްޅިއަށް ޓްރަމްޕް ވަޑައިގަތީ ފިނޑި ނޫންކަން ދައްކަން