04 ޖޫން 2020
ވޮޝިންޓަން (ޖޫން 4) - ވައިޓް ހައުސްގެ ބަންކަރަށް ވަދެވަޑައިގަތީ އެ ތަން ބަލާލައި އިންސްޕެކްޓްކޮށްލަން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަން (ޖޫން 4) - ވައިޓް ހައުސްގެ ބަންކަރަށް ވަދެވަޑައިގަތީ އެ ތަން ބަލާލައި އިންސްޕެކްޓްކޮށްލަން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑުގެ މަރާ ގުޅިގެން ވައިޓް ހައުސްގެ ބޭރުގައި މުޒާހަރާތައް ވަރުގަދަވި ވަގުތު ބަންކަރަށް ވެންނެވުމުން ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށް ޓްރަމްޕް ވިދާޅުވީ އޭނާ ބަންކަރަށް ވެންނެވީ މިދިޔަ ހުކުރު ދުވަހުގެ ދުވާލުގެ ގަޑިއެއްގައި ކަމަށާއި އޭރު ވައިޓް ހައުސްގެ ބޭރުގައި މުޒާހަރާ ކުރަން ނުވެސް ފަށާ ކަމަށެވެ.
"ދުވާލުގެ ވަގުތެއްގައި އަޅުގަނޑު އެތަނަށް ވަނީ. ވަރަށް ކުޑަކުޑަ ވަގުތުކޮޅަކަށް. އެއީ ބަންކަރު ބަލާލައި އިންސްޕެކްޓް ކުރުމަށް. މީގެ ކުރިން ވެސް ދެތިން ފަހަރަކު އެ ތަނަށް ވަނިން،" ފޮކްސް ނިއުސް ރޭޑިއޯ އަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވި އެވެ.
މުޒާހަރާތައް ވަރުގަދަ ވުމުން ވައިޓް ހައުސްގެ ސީކްރެޓް ސާވިސް އެޖެންޓުން ޓްރަމްޕް ބަންކަރަށް ވެއްދި ޚަރަބު މީޑިއާތަކަށް ލީކުވުމުން ޓްރަމްޕް ހިތްހަމަޖެހިވަޑައިނުގަތް ކަމަށްވެ އެވެ. އަދި އެ މަނިކުފާނަކީ ފިނޑި ބޭފުޅެއް ނޫންކަން ދެއްކުމަށް ވަނީ ވައިޓް ހައުސް އިން ނުކުމެވަޑައިގެން ހިންގަވާފައި ފައްޅިއަކަށް ވަޑައިގެންފަ އެވެ. އެކަމަކު ޓްރަމްޕް ނުކުމެވަޑައިގަތުމުގެ ކުރިން ސަލާމަތީ ފަރާތްތަކުން ވަނީ މުޒާހަރާ ކުރާ މީހުން ދުރަށް ޖައްސައި މަގު އަމާންކޮށްފަ އެވެ.
ޓްރަމްޕް ވިދާޅުވީ އޭނާ ވަޑައިގަންނަވަންވާ އިރަށް މުޒާހަރާ ރޫޅާލައި، މީހުން ދުރަށް ޖެއްސިކަން އެނގިވަޑައިނުގަންނަވާ ކަމަށާއި ވައިޓް ހައުސްގެ ރޯޒް ގާޑަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ދިޔަ އިރު ވެސް ބޭރުގައި މުޒާހަރާ ކުރަމުން ދިޔަ މީހުންގެ އަޑު އިވިވަޑައިގަތް ކަމަށެވެ.
މުޒާހަރާ ކުރާ މީހުން މިހާރު ވަނީ ޓްރަމްޕަށް "ބަންކަރު ބޭބީ"ގެ ނަމުން މުޚާތަބް ކުރަން ފަށައިފަ އެވެ.
ފައްޅިއަށް ޓްރަމްޕް ވަޑައިގަތީ ފިނޑި ނޫންކަން ދައްކަން
މުޒާހަރާތައް ހޫނުވެ ބަންކަރަށް ޓްރަމްޕް ވައްދަން ޖެހުނު
ދައުވާތައް ސާބިތުވެއްޖެއްޔާ ޓްރަމްޕު ހަނާވެގެންދާނެ
ވައިޓްހައުސްގެ ސްޓާފުންނަށް ކުރިން ވެކްސިން ދޭން ދެކޮޅު
ބަލި ގަބޫލް ނުކުރެއްވިޔަސް ވައިޓް ހައުސް އިން ނެރޭނަން
ފައުޗީ ސިޔާސީ ވެއްޖެ ކަމަށް ވައިޓްހައުސްގެ ތުހުމަތު
ވައިޓްހައުސްގެ ބޭރުގައި ބަޑިޖެހުމުން ޓްރަމްޕް ގެންގޮސްފި
ޓްރަމްޕާއެކު ފައްޅިއަށް ދެވުނީތީ ހިތާމަކުރަން: ޖެނެރަލް
ފްލޮއިޑުގެ މަރުން އެމެރިކާގެ ހަގީގީ ސިފަ ފެނިއްޖެ
ޓްރަމްޕާ ދެކޮޅަށް ބާރު ލިބޭ އީމެއިލް އަކީ "ބޮމެއް"!