05 މެއި 2018
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް ހޮއްވަވަން ޖެހޭ ކަމަށް ވިދާޅުވެ، އެ ކަމަށް މަސައްކަތް ކޮށްދެއްވުމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ރޭ ގޮވާލައްވައިފި އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް ހޮއްވަވަން ޖެހޭ ކަމަށް ވިދާޅުވެ، އެ ކަމަށް މަސައްކަތް ކޮށްދެއްވުމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ރޭ ގޮވާލައްވައިފި އެވެ.
ފުވައްމުލަކުގައި ބޭއްވި "އެކަލަސް މިކަލަސް ދެނަސް" ޖަލްސާގައި ފަޒާދު ވިދާޅުވީ ފަސްޓް ލޭޑީ ކުރައްވަމުން ގެންދަވާ މަސައްކަތްޕުގެ ނަތީޖާއެއްގެ ގޮތުން މުޖުތަމައުގެ ތެރެއިން ހަވާސާވެގެން ގޮސްފައި ތިބި މީހުން، މުޖުތަމައުގެ ތެރެއަށް ވަދެ، އެންމެން ފަހުރުވެރިވާ ބަޔަކަށް އެމީހުން ވެފައިވާ ކަމަށެވެ.
ރޭގެ ޖަލްސާ އަށް ފަސްޓް ލޭޑީ ފާތުން ވަޑައިގަތުމުން އެކަމަނާގެ އަރިހުގައި މެމްބަރު ފަޒާދު (ކ) އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މެމްބަރު މަސީހް ވަޑައިގަންނަވަނީ.---ފޮޓޯ: އަސުރުމާ
"އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ، ނުކުޅެދުންތެރިކަން ހުންނަ ކުދިން، ނޫނީ ޚާއްސަ އެހީއެއް ބޭނުންވާ ކުދިންނަކީ މުޖުތަމައުގައި ރަނގަޅު ވަޒީފާތަކުގައި ތިބި ކުދިންނަށް ވެގެން ދިޔަ މަންޒަރު. މީގެ އަސްލަކީ މެޑަމް ފާތުމަތު އިބްރާހިމް ކުރެއްވި މަސައްކަތް،" ފަޒާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި "ރައީސް ޔާމީން 2018" ކެމްޕޭން ރާއްޖޭގެ އެކި ހިސާބުތަކުގައި މަޝްހޫރު ބްރޭންޑަކަށް ބަދަލުވީ ވެސް ފަސްޓް ލޭޑީ ކުރެއްވި ބުރަ މަސައްކަތްޕުޅުންނެވެ. އަދި ޕީޕީއެމް ވެސް މަޝްހޫރު ބްރޭންޑަކަށް ހެދުމުގެ ގާބިލްކަން އެކަމަނާގެ ކިބައިގައި ހުންނެވި ކަމަށް ފަޒާދު ވިދާޅުވި އެވެ.
ރައީސް ޔާމީނާއި ފަސްޓް ލޭޑީ ކުޑަކުދިންތަކަކާ އެކު ވަގުތުކޮޅެއް ހޭދަކުރައްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"ކަމަނާ އެބަޖެހޭ ޕީޕީއެމްގެ ލީޑަޝިޕަށް ވަޑައިގަންނަވަން. އެއީ ޕީޕީއެމް އަކީ ރައީސް ޔާމީން 2018 ކަހަލަ ރަނގަޅު ބްރޭންޑަކަށް ހެދުމަށްޓަކައި. އަޅުގަނޑުމެން ފުވައްމުލަކު ރައްޔިތުން އަޒުމް ކަނޑައަޅަންވީ ރިޔާސީ އިންތިޚާބު ނިންމާފައި ނަމަވެސް، ދެން އޮންނަ ޕީޕީއެމްގެ ކޮންގްރެސްއެއްގައި ޕީޕީއެމްގެ އިސް މަގާމަކަށް [ފާތުން ގެންނަން]،" ފަސްޓް ލޭޑީ އިސްވެ ހުންނަވައިގެން ފުވައްމުލަކުގައި ބޭއްވި ފޯރިގަދަ އަދި ވަރަށް ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި ފަޒާދު ވިދާޅުވި އެވެ.
ރޭގެ ޖަލްސާ އަށް ފަސްޓް ލޭޑީ ފާތުން ވަޑައިގަތުމުން މެމްބަރު ފަޒާދު މަރުހަބާ ދަންނަވަނީ.---ފޮޓޯ: އަސުރުމާ
މިދިޔަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕީޕީއެމުން ވަކި ކުރުމާ ގުޅިގެން، އެ ޕާޓީގެ ރައީސް ކަމުގެ މަގާމު މިއަދާ ހަމައަށް ވެސް އޮތީ ހުސްކޮށެވެ. ޕީޕީއެމްގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މިވަގުތު ހުންނެވީ ޕާޓީގެ މުސްތަޝާރު ރައީސް ޔާމީނެވެ.
ފަސްޓް ލޭޑީ ފާތުން އަކީ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވާ ބޭފުޅެއް ކަމަށާއި ޕީޕީއެމްގެ ލީޑަޝިޕަށް ބޭނުން ވަނީ އެފަދަ ލީޑަރެއް ކަމަށް ވެސް ފަޒާދު ވިދާޅުވި އެވެ.
ރައީސް ޔާމީނަކީ ނަމޫނާއެއް، ތަރައްގީ އަށް ޝުކުރިއްޔާ
ފަސްޓްލޭޑީ އައްޑު އަށް ވަޑައިގެންފި
ކެމްޕެއިންގެ ފަހު މަންޒިލަކަށް ފުވައްމުލައް، ރައީސަށް ތަފާތު އިހްސާސްތަކެއް
ފުވައްމުލަކަށް 1.1 ބިލިއަން ހަރަދުކޮށްފިން: ރައީސް
ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގެންފި
ރައީސް ޔާމީން ހޮވައިދިނުމަށް އެދި ފާތުންގެ ސިޓީފުޅެއް
"އިދިކޮޅު ވެރިކަމެއްގައި އޮންނާނީ ޖާސޫސްކުރުމާއި ތަޅާފޮޅުން"
މަސައްކަތް ފުޅާ ކުރެވޭނީ ރައީސަށް ވޯޓު ދީގެން: ފާތުން
ފަސްޓް ލޭޑީ ފާތުން ބ. އަތޮޅުގައި
ރައީސަކީ ލާދީނީ ފިކުރުތަކަށް ޖާގަ ދޭނެ ބޭފުޅެއް ނޫން