ތ. ތިމަރަފުއްޓަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ، އެ ރަށުގެ ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
18 އެޕްރީލް 2018
ތ. ތިމަރަފުއްޓަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ، އެ ރަށުގެ ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ، އިއްޔެ ގިނަ އިރުތަކެއް ވަންދެން އެ ރަށަށް ވާރޭ ވެހުނު ކަމަށެވެ. އޭގެ ސަބަބުން ރަށުގެ ބައެއް ސަރަހައްދުތަކުގައި ދެ ފޫޓަށް ފެންބޮޑުވެ ގެތަކަށް ވެސް ފެންގަނޑު ވަދެފައިވާ ކަމަށް ވިދާޅުވި އެވެ.
ތިމަރަފުށީގައި ފެންބޮޑުވެ، އެ ހިންދުމުގެ މަސައްކަތް އިއްޔެ ކުރަނީ.-- ފޮޓޯ: ތިމަރަފުށީ ކައުންސިލް
އޭނާ ވިދާޅުވީ ތިރީހަކަށް ގެއަށް ފެން ވަދެ ހިފައި ގެންގުޅޭ އެއްޗިއްސަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ދެ ގެއަކުން ފެން ނުހިއްކިގެން އެ ގޭގެ މީހުން އެހެން ތަނަކަށް ރޭ ބަދަލުކުރި ކަމަށް ވެސް ވިދާޅުވި އެވެ.
"ރޭ ވީ އިރު ވެސް ދެ ގެއަކުން ފެން ނުހިއްކިގެން އެ މީހުން، ކައިރި އެހެން ގެއަކަށް ބަދަލުކުރީ. މިހާރު ހިނގައި އުޅޭ ވަރަށް ފެން ހިއްކިފައި ހުރީ. އެކަމަކު އަދިވެސް އެބަހުރި އެކި ހިސާބުތަކުގައި ފެން ބޮޑުވެފައި،" އާބާދީގައި 1400 މީހުން ހިމެނޭ ރަށުގެ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.
އެ ރަށުގެ މަގުތަކުން ފެން ހިންދީ ކޯރެއް ކަނޑައިގެންނެވެ.
ތިމަރަފުއްޓަށް އިއްޔެ ވާރޭވެހި އެ ރަށުގެ ގެއެއްގެ ތެރޭގައި ފެންބޮޑުވެފައި.-- ފޮޓޯ: ތިމަރަފުށީ ކައުންސިލް
ބޯކޮށް ވާރޭވެހޭ ކޮންމެ ފަހަރަކު ކަހަލަ ގޮތަކަށް ތިމަރަފުށީގައި ވަރަށް ބޮޑަށް ފެން ބޮޑުވެ އެވެ. އެގޮތަށް ދިމާވާން ފެށީ، އެ ރަށުގައި އެއާޕޯޓެއް ހަދަން ބިން ހިއްކި ފަހުން ކަމަށް ކައުންސިލުން ބުންޏެެވެ.
ވިއްސާރާގައި 43 ގެޔަކަށް ފެން ވަދެފައިވޭ: ޑީއެމްއޭ
11،000 ލީޓަރު ފެން ހިންދޭ ޕަމްޕް ބޭނުންކުރަނީ
ފެންބޮޑުވެ ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީހިޔާއަށް
ފެން ހިނދެންދެން ބަރު އުޅަނދުތައް ނުދުއްވަން އެދިއްޖެ
މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް އޮރެންޖު އެލާޓް!
މާލޭގައި 3،500އަށް ވުރެ ގިނަ ވެލި ބަސްތާ ޖަހައިފި
ސިޓީކައުންސިލުގެ މަސައްކަތުން ހައްލު ނުލިބޭނެ:މުއްތަލިބް
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
ވިއްސާރައިގެ ގެއްލުންތަކުން ރައްކާތެރިވާން އޮޕަރޭޝަނެއް
މާލޭގެ ގޭގޭގައި ނަޖިސް ލީކުވެ ދިރިއުޅުމަށް ދަތިވެއްޖެ