25 މާޗް 2018
ހާފް މެރެތަން ރޭހެއްގައި އެންމެ ބާރަށް ދުވެގެން މަރިޔަމް އަބްދުލްކަރީމް (މަރީ) އާއި ޝިފާޒް މުހައްމަދު ހަދާފައިވާ ރާއްޖޭގެ ގައުމީ ރެކޯޑް ސްޕެއިނުގެ ވެލެންސިޔާގައި އިއްޔެ ކުރިއަށްދިޔަ ދުނިޔޭގެ ހާފް މެރެތަން ޗެމްޕިއަންޝިޕުގައި އެ ދެ ދުވުންތެރިން އާކޮށްފި އެވެ.
ހާފް މެރެތަން ރޭހެއްގައި އެންމެ ބާރަށް ދުވެގެން މަރިޔަމް އަބްދުލްކަރީމް (މަރީ) އާއި ޝިފާޒް މުހައްމަދު ހަދާފައިވާ ރާއްޖޭގެ ގައުމީ ރެކޯޑް ސްޕެއިނުގެ ވެލެންސިޔާގައި އިއްޔެ ކުރިއަށްދިޔަ ދުނިޔޭގެ ހާފް މެރެތަން ޗެމްޕިއަންޝިޕުގައި އެ ދެ ދުވުންތެރިން އާކޮށްފި އެވެ.
ބައިނަލްއަގްވާމީ އިވެންޓެއްގައި ފުރަތަމަ ފަހަރަށް ރާއްޖެ ތަމްސީލްކުރި ދުވުންތެރިޔާ މަރީ، މިދިޔަ އަހަރުގެ ޖުލައި 2 ވަނަ ދުވަހު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓް މެރެތަންގައި 1 ގަޑި 34:24 މިނެޓުން ދުވެގެން ހެދި ހާފް މެރެތަން ރެކޯޑް އިއްޔެ އާކުރީ 1 ގަޑި 33:37 މިނެޓުން ދުވެގެންނެވެ.
ޝިފާޒް ހާފް މެރެތަން ރެކޯޑް އާކުރީ 1 ގަޑި 14:23 މިނެޓުން ދުވެގެންނެވެ. އޭނާގެ ކުރީގެ ރެކޯޑަކީ މިދިޔަ އަހަރުގެ މޭ 21 ވަނަ ދުވަހު ކޭއެލް މެރެތަންގައި ދުވި ޓައިމިން ކަމަށްވާ 1 ގަޑި 14:48 މިނެޓެވެ.
މި ދެ ދުވުންތެރިންނަކީ މި ވަގުތު ރާއްޖޭގައި ތިބި ދިގު ރާސްތާ އެންމެ ކާމިޔާބު ދުވުންތެރިންނެވެ. މީގެ ތެރެއިން މަރީގެ އަތުގައި ރޯޑް ރޭސްތަކުގައި މިންކުރާ ފަސް ރެކޯޑް އެބައޮތެވެ. އެއީ ފަސް ކިލޯމީޓަރު، 10 ކިލޯމީޓަރު، 20 ކިލޯމީޓަރު، ހާފް މެރަތަން (21 ކިލޯމީޓަރު) އަދި މެރެތަން (42 ކިލޯމީޓަރު) އެވެ.
ކަސްރަތު އިންސްޓްރަކްޓަރެއްގެ ވަޒީފާ އަދާކުރަމުން ހުސް ވަގުތު ދުވާ މަރީ ދުވުމުގެ ތެރެއަށް ވަންތާ ތިން އަހަރުވީ އިރު އޭނާ ވަނީ ވަރަށް ބޮޑު ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ފުރަތަމަ ފަހަރަށް ގައުމީ ކަސްރަތު މުބާރާތުގައި ވާދަކޮށް 5000 މީޓަރު ދުވުމުންނާއި 1500 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. އަދި އޭނާ ވަނީ 2016 ވަނަ އަހަރުގެ ގައުމީ މުބާރާތުގައި ވާދަކޮށް ތިން ރަން މެޑަލާ އެކު އެންމެ މޮޅު އެތުލީޓުގެ އެވޯޑް ހޯދައި އެންމެން ހައިރާންކޮށްލައިފަ އެވެ. އެ މުބާރާތުގައި 5000 މީޓަރު ދުވުން 21 މިނެޓު 52 ސިކުންތުން މަރީ ނިންމި އިރު އެއީ ރާއްޖޭގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި އަންހެން ދުވުންތެރިޔަކު އެ އިވެންޓް ނިންމި އެންމެ އަވަސް ވަގުތެވެ.
ރާއްޖޭގައި މުގުރާނުލެވި އެންމެ ގިނަ ދުވަހު އޮތް އެތުލެޓިކްސްގެ ރެކޯޑް ކަމަށްވާ ފިރިހެނުންގެ މެރެތަން ރެކޯޑް ހަތަރު މަސް ތެރޭ ދެ ފަހަރަށް މުގުރާލާފައިވާ ޝިފާޒް ފަހަކަށް އައިސް ބޮޑު ކުރިއެރުންތަކެއް ހޯދީ ސިފައިންގޭގެ އިތުރު ދުވުންތެރިންނާ އެކު ހެދި ވަރުގަދަ ތަމްރީންތަކަށް ފަހު އެވެ. ނޭޕާލުގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ދަނޭރަމް ޗައުދަރީ މާލެ ގެނެސް މިދިޔަ އަހަރު ހެދި ދެ މަހެއްހާ ދުވަހު ތަމްރީންތަކަށް ފަހު ސީދާ ނޭޕާލަށް ގޮސް އެތަނުގައި ވެސް ތަމްރީން ހެދި އެވެ.
ޝިފާޒުގެ އަތުގައި މެރެތަން، ހާފް މެރެތަން އަދި ފަސް ކިލޯމީޓަރު ދުވުމުގެ ރެކޯޑް ވެސް އޮވެ އެވެ. ޝިފާޒަކީ ދިގު ރާސްތާ މުބާރާތްތަކުގައި ގަވާއިދުން ބައިވެރިވަމުން އަންނަ ދުވުންތެރިއެކެވެ. އޭނާ ވަނީ ދިރާގު ރޯޑްރޭސް ވެސް މީގެ ކުރިން ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ރާއްޖޭގައި ބާއްވާ އެންމެ އުނދަގޫ އެއް ރޭސް ކަމަށްވާ ރެޑްބުލް ކެޗް ދަ ފެރީ ރޭސް 2015 ވަނަ އަހަރު ކާމިޔާބުކުރި އެވެ.
ހަތް އަހަރަށް ފަހު ޝަމްހާ ގައުމީ ޓީމުގެ އިވެންޓަކަށް
ލަންކާގެ ގަރުނުގެ ހާފް މެރަތަންގައި ރާއްޖެ ވާދަކުރާނެ
ދުވުންތެރިން އެންމެ ފަހުން ތަމްރީނަށް ފުރައިފި
އައިއޯއައިޖީ: ޝިފާޒު ގައުމީ ރެކޯޑް އާކޮށް، ހަތަރަކަށް
އައިއޯއައިޖީ: ސަމްހާގެ ރެކޯޑް މަރީ މުގުރާލައިފި
ސާއިދާއި ހިމްނާ އަށް ކާމިޔާބު ދުވަހެއް
ޝިފާޒަށް ކާމިޔާބު އަހަރެއް: ފަސް ބެލުމެއް ނެތް
މެޔަށް ތަދެއް އަރައި ޝިފާޒަށް ރޭސް ފުރިހަމަ ނުކުރެވުނު
ހާފް މެރެތަން ރެކޯޑް އަނެއްކާ ވެސް ޝިފާޒަށް
ހަތަރު ސިފައިންގެ ދުވުމުގެ ހިތްވަރު: ނަމޫނާއެއް