22 މާޗް 2018
ދޮގު ޚަބަރު ފެތުރުމުގެ ނުބައި ކަމާއި އެކަމުގެ ސަބަބުން ގައުމަަށް ލިބޭނެ ގެއްލުންތަކުގެ މައްޗަށް މާދަމާގެ ޚުތުބާ ލިޔެ އާއްމުކޮށްފި އެވެ.
ދޮގު ޚަބަރު ފެތުރުމުގެ ނުބައި ކަމާއި އެކަމުގެ ސަބަބުން ގައުމަަށް ލިބޭނެ ގެއްލުންތަކުގެ މައްޗަށް މާދަމާގެ ޚުތުބާ ލިޔެ އާއްމުކޮށްފި އެވެ.
ފަހަކަށް އައިސް ޚުތުބާ ލިޔާ މައުޟޫތަކަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ. ދޮގު ޚަބަރު ފެތުރުމުގެ މައްޗަށް ޚުތުބާ މި ލިއުނީ، ރޮހިންޖާ ފަންޑަށް ދިވެހިން ދިން އެހީ ލަސްވި މައްސަލައިގައި ނޫސްތަކުން ޚަބަރު ލިއުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ހިތްހަމަނުޖެހުން ފާޅުކޮށް، އެ މައްސަލަ ބަލަން ރަސްމީ ފަރާތްތަކަށް ހުށަހަޅާފައި ވެސް ވަނިކޮށެވެ.
ރޮހިންޖާ ފަންޑަށް ވީގޮތެއް ނޭނގުނު ކަމަށް ނޫސްތަކުން ޚަބަރު ފެތުރީ ހަގީގަތް އޮޅޭ ގޮތަށް ކަމަށް ބުނެ، އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވަނީ ކަމާގުޅޭ މުއައްސަސާތަކަށް ހުށަހަޅައިފަ އެވެ. ރޮހިންޖާ ފަންޑަށް ލިބުނު ފައިސާ އިސްލާމިކް މިނިސްޓްރީން އިއްޔެ ހަވާލުކުރީ، ނޫސްތަކުގައި މި މައްސަލަ ރިޕޯޓްކުރުމުންނެވެ.
http://islamicaffairs.gov.mv/wp-content/uploads/2018/03/khuthubaa-23.3.2018.pdf
އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ މާދަމާގެ ހުކުރު ޚުތުބާ
މާދަމާ އަށް ތައްޔާރުކޮށްފައިވާ ޚުތުބާގައި ދޮގު ޚަބަރު ފެތުރުމަކީ ދީނުގައި ވަރަށް ނުބައި ކަމެއް ކަމަށް ބުނެ އެކަން ހުއްޓާލަން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޚުތުބާގައި ބުނެފައި ވަނީ މުޖުތަމައު ފަސާދަކުރުމަށާއި ރަނގަޅު މަގަށް ހުރަސްއެޅުމަށް ބޭނުންކުރާ އެންމެ ނުބައި ވަސީލަތަކީ ދޮގު ވާހަކަތަކާއި ދޮގު ޚަބަރުތައް ކަމަށެވެ. ދޮގު ވާހަކަތައް ތެދުކުރުމަކީ ފަރުދުންނާއި ޖަމާއަތަށް ވެސް ބޮޑު ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް ޚުތުބާގައިވެ އެވެ.
ކިތަންމެ ދުރުގައި ހިނގާ ކަމެއް ވިއަސް، ސޯޝަލް މީޑިއާ އާއި ޚަބަރު ފަތުރާ ވަސީލަތްތަކުގެ ސަބަބުން ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި އާއްމުންނާ ހަމައަށް އަންނަ ކަން ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ.
"މުސްލިމުންގެ ސިއްރުތަކާއި އެ މީހުންގެ ގައުމުގެ އަމްނަށާއި ހަމަޖެހުމަށް ލޮޅުމަށް ގެނެސްފާނެ ކަންތައް ބޭޒާރުކޮށް ފެތުރުމަކީ އިސްލާމްދީން ހަރާމްކުރައްވާފައިވާ ކަމެކެވެ. މިކަމުގެ ސަބަބުން ގައުމު ހަލާކުވެ ދުޝްމަނުންނަށް ގައުމުގެ ކަންތައްތަކާ ބެހުމަށް ދޮރު ހުޅުވިގެން ހިނގައިދާނެތީ އެވެ،" ޚުތުބާގައިވެ އެވެ.
ޚުތުބާގައި ބުނީ، މުސްލިމުންގެ އަބުރު ރައްކާތެރިކޮށްދެއްވައި އެ މީހުންގެ އަބުރާ ބެހުން މަނާކުރީ އެ ސަބަބަށްޓަކައި ކަމަށެވެ.
"އިސްލާމްދީން ގޮވައިލަނީ ޚަބަރެއް އިވިއްޖެ ނަމަ އެކަމުގެ ހަގީގަތް ބެލުމަށެވެ. ފޭސްބުކުންނާއި ސޯޝަލްމީޑިއާ އާއި ރޭޑިއޯ، ޓީވީ ފަދަ ވަސީލަތްތަކުން މީހުންގެ ލޮލުގައި އަޅައިގަންނާނެ ފަދަ ގޮތްގޮތަށް ޚަބަރުތައް ލިޔެ ފަތުރަ އެވެ. މިފަދަ ޚަބަރެއް މީހެއްގެ ފުށުން ވިއަސް އަދި އެފަދަ ވަސީލަތަކުން ވިއަސް ލިބިެއްޖެ ނަމަ އެ ޚަބަރު ފެތުރުމުގެ ކުރިން އޭގެ ތެދު ދޮގު ބަލަން ޖެހޭނެ އެވެ،" ޚުތުބާގައިވެ އެވެ.
ދޮގު ވާހަކަތައް ފެތުރުމުން ދުރުހެލިވާން ޚުތުބާގައި އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އިސްލާމީ މަރުކަޒުގައި ހުތުބާ ދޭން މެންކަށް ހުއްދަ ދީފި
އިލްޔާސަށް ހުކުރު ކުރަން ދިން އިމާމު ވަކިކުރަނީ
12 މިސްކިތެއްގައި ހުކުރު ކުރީ ޒުވާން ހަތީބުން
އޮސްޓްރޭލިއާ ނޭވީގެ އިމާމް ރާއްޖޭގައި ހުތުބާ ދެއްވަނީ
ތާރީހީ ދުވަހެއް، އަންހެންބޭފުޅެއްގެ ފުރަތަމަ ހުތުބާ!
ހުތުބާ ތަރުޖަމާކޮށް ސަބްޓައިޓަލް އަރުވަން ފަށައިފި
އިމާމުވެ ނަމާދުކުރަން 12އަހަރުގެ ކުދިންނަށް ހުއްދައެއް
އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދަރިވަރުންނަށް ދެނީ
މިސްކިތެއްގައި އިނގިރޭސިން ހުތުބާ ކިޔަން ހިޔާލު ހޯދަނީ
ހުތުބާގެ ވާހަކަތައް މިނިސްޓަރު ދިފާއު ކުރައްވައިފި