Roadha Mihaaru
ރޮހިންޖާ ފަންޑުގެ ފައިސާ އެންމެ ފަހުން ހަވާލުކޮށްފި

ރޮހިންޖާ ފަންޑުގެ ފައިސާ އެންމެ ފަހުން ހަވާލުކޮށްފި

22 މާޗް 2018

މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް އެހީވާން އިސްލާމިކް މިނިސްޓްރީން މީގެ ފަސް މަސް ކުރިން ހިންގި ހަރަކާތްތަކުން ލިބުނު 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ބަންގްލަދޭޝް ރެޑް ކްރެސެންޓާ ހަވާލުކޮށްފި ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް އެހީވާން އިސްލާމިކް މިނިސްޓްރީން މީގެ ފަސް މަސް ކުރިން ހިންގި ހަރަކާތްތަކުން ލިބުނު 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ބަންގްލަދޭޝް ރެޑް ކްރެސެންޓާ ހަވާލުކޮށްފި ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިޔަންމާގެ ސިފައިން ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ އަނިޔާތަކާ ގުޅިގެން ބަންގްލަދޭޝް އަށް އެތައް ލައްކަ ބަޔަކު ހިޖުރަކުރަމުން ދިޔަ ދުވަސްވަރު އެހީވާން ދިވެހި ރަައްޔިތުން ދިން ފައިސާ އެންމެ ފަހުން ހަވާލުކުރިކަން މިނިސްޓްރީގެ އޮފިޝަލަކު ޔަގީންކޮށްދެއްވި ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.

އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައި އޮތީ މިދިޔަ ނޮވެމްބަރު ފުރަތަމަ ހަފުތާގައި އެ ފައިސާ ހަވާލު ކުރާނެ ކަމަށެވެ. ނަމަވެސް އެކަން ނުކުރެވި ގިނަ ދުވަސްތަކެއް މިވަނީ ހޭދަވެފަ އެވެ.

ރޮހިންޖާ ފަންޑުގެ މައުލޫމާތު ހޯދަން އެތައް ގޮތަކުން މަސައްކަތްކޮށްގެން ވެސް ނުލިބުމުން އެ ފަންޑަށް ވީ ގޮތެއް ނޭނގުނު ކަމަށް ބުނެ، "މިހާރު"ގައި ހަބަރެއް ޖެހުމުން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަންޑަށް ފައިސާ ދޭނެ ކަމަށް ބުނި ބައެއް ފަރާތްތަކުން އެ ފައިސާ ޖަމާކުރަން މުއްދަތެއް ހޭދަވީ ކަމަށެވެ.

Rohingya Fundah veegotheh neiygunu

Rohingya Fundah veegotheh neiygunu

The most trusted news source in the Maldives

Mihaaru

ރޮހިންޖާ ފަންޑުގެ މައުލޫމާތު ނުލިބުން--

ރޮހިންޖާ މުސްލިމުންނަށް އެހީވާން ރާއްޖެ ޓީވީން ވެސް ވަކިން ފަންޑު ފޮއްޓެއް ހުޅުވި އެވެ. ދިވެހި ރެޑް ކްރެސެންޓާއި ބައެއް ކައުންސިލްތަކާއި އާންމުން އެ ފަންޑަށް ދިން 500،000 އަށް ވުރެ ގިނަ ޑޮލަރު ބަންގްލަދޭޝްގައި ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމުގެ ހަރަކާތުގައި އުޅޭ ރެޑް ކްރެސެންޓާ މިދިޔަ އަހަރު ވަނީ ހަވާލުކޮށްފަ އެވެ.