22 މާޗް 2018
އެޕަލް ގަޑި އަށް މައިކްރޮލެޑް ސްކްރީން އުފެއްދުމަށްޓަކައި އެޕަލްއިން ސިއްރު މަސައްކަތްތަކެއް ފަށައިފި ކަމަށް ބުނެވެ އެވެ. އެޕަލްއިން ބޭނުންވަނީ އެ ކުންފުނީގެ ޑިވައިސްތަކަށް ޑިސްޕްލޭ އުފެއްދުމުގައި އެހެން ކުންފުންޏަކަށް ކަމުނުކިޔުމެވެ. އެޕަލް ގަޑީގައި މިހާރު ބޭނުންކުރަނީ އޯލެޑް ސްކްރީން އެވެ. އުފައްދަނީ ސައުތު ކޮރެއާގެ އެލްޖީ ކުންފުނިންނެވެ.
އެޕަލް ގަޑި އަށް މައިކްރޮލެޑް ސްކްރީން އުފެއްދުމަށްޓަކައި އެޕަލްއިން ސިއްރު މަސައްކަތްތަކެއް ފަށައިފި ކަމަށް ބުނެވެ އެވެ. އެޕަލްއިން ބޭނުންވަނީ އެ ކުންފުނީގެ ޑިވައިސްތަކަށް ޑިސްޕްލޭ އުފެއްދުމުގައި އެހެން ކުންފުންޏަކަށް ކަމުނުކިޔުމެވެ. އެޕަލް ގަޑީގައި މިހާރު ބޭނުންކުރަނީ އޯލެޑް ސްކްރީން އެވެ. އުފައްދަނީ ސައުތު ކޮރެއާގެ އެލްޖީ ކުންފުނިންނެވެ.
މައިކްރޮލެޑް ޑިސްޕްލޭ ޓެކްނޮލޮޖީ އެންމެ ވައްތަރުކުރެވެނީ އޯލެޑް ޓެކްނޮލޮޖީއާ އެވެ. ޓެކްނޮލޮޖީ އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ބުރަ އަދި ތަފާތު ނަމަވެސް، ސްކްރީނުން ދައްކުވައިދޭ މަންޒަރު ލޮލަށް ފާޅުވުމުގައި މައިކްރޮލެޑް ޑިސްޕްލޭއާ މެދު ބުނެވެނީ އޯލެޑް ޓެކްނޮލޮޖީ އަށް ދޫނުކުރާ ކަމަށެވެ.
މައިކްރޮލެޑް ޑިސްޕްލޭ އަށް އެޕަލް ޝައުގުވެރިވެގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް ސެމްސަންގަށް ވުރެ ކުރިހޯދޭ ގޮތެއް އަދި ނުވެ އެވެ.
ދުނޔޭގެ ޑިސްޕްލޭ މާކެޓްގައި ސެމްސަންގާ މެދު ބުނެވެނީ އޯލެޑް ޑިސްޕްލޭތަކުގެ ރަސްގެފާނު ކަމަށެވެ. އެލްޖީ އަކީ ވެސް އޯލެޑް އަށް ފަރިތަ އަދި އެހައި އުފެއްދުންތެރި ކުންފުންޏެކެވެ.
މި އަހަރު ޖެނުއަރީގައި އޮތް ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯގައި، 146 އިންޗީގެ މައިކްރޮލެޑް ޓީވީއެއް ސެމްސަންގުން ވަނީ ދައްކާލާފަ އެވެ. އެ ޓީވީ އަށް ސެމްސަންގުން ކިޔަނީ "ދަ ވޯލް" އެވެ. ބުނެވޭ ގޮތުގައި ވިޔަފާރި އުސޫލުން ވިއްކުމަށްޓަކައި މި އަހަރު އޮގަސްޓްގައި މައިކްރޮލެޑް ޓީވީތައް ސެމްސަންގުން ބާޒާރަށް ނެރޭނެ އެވެ. ޓީވީތަކުގެ އަގާ މެދު ބުނެވެނީ ކަނިކަނޑައިގެންދާ ވަރު ވާނެ ކަމަށެވެ.
އެޕަލްއިން މައިކްރޮލެޑް ޑިސްޕްލޭ ޓެކްނޮލޮޖީ އަށް ޝައުގުވެރިވި ނަމަވެސް އަދި އުޅެނީ ގަޑިއަކަށް ކަމުދާ ވަރުގެ ސްކްރީނެއް ވެސް މުޅިން ފައްކާނުކުރެވިގެންނެވެ. އެހެން ނަމަވެސް ލަސްތަކެއް ނުވެ އެކަން ކާމިޔާބުކުރާނެ ކަމަށް ބުނެވެ އެވެ. އެ ކަމަށްޓާކައި އެޕަލުން ބިޔަ އެންވެސްޓްމަންޓެެއް ކޮށްފައިވާ ކަމަށް ވެސް ބުނެވެ އެވެ.
އެޕަލްގެ ގަޑިތައް ވާދަވެރިންނަށް ވުރެ ކުރީގައި
އެޕަލް ވޮޗް: އެންމެ ގިނައިން ވިކޭ ސްމާޓް ގަޑި
ގެލަކްސީ ވޮޗް އެކްޓިވް 2: ހީވަނީ އެޕަލް ގަޑިއެއްހެން
އައިފޯނަށް މި އަހަރު ވެސް ސެމްސަންގް އޯލެޑް ޑިސްޕްލޭ
އެޕަލް، މައިކްރޮލެޑް ޓެކްނޮލޮޖީ ބޭނުންވަނީ ކީއްވެ؟
ޓެކް ކުންފުނިތަކުގެ އިވެންޓްތަކެއް އަންނަ ހަފުތާގައި
ޝޯމީގެ އަމާޒަކީ ފޯނު ވިޔަފާރީގެ ކުރި އަތުލުން
އެޕަލްއަށް ވުރެ ގިނަ ފޯނު ޝޯމީން ވިއްކައިފި
ޔޫއޭއީން 2030 އަށް 6ޖީ ގެންނަން އަމާޒު ހިފައިފި
އެންމެ މަގުބޫލު 5ޖީ ފޯނަކީ އައިފޯން 12