07 މާޗް 2018
ހައްޔަރުކޮށްފައިވާ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ރޭ މާލެ ގެނައީ "ސިއްރުން" ކަމަށް ބުނެ، އޭނާ މާލެ ގެނައި ބޭނުން އޮޅުން ފިލުވައި ދިނުމަށް މަހްލޫފުގެ އާއިލާ އިން ފުލުހުންގެ ކިބައިން އެދިއްޖެ އެވެ.
ހައްޔަރުކޮށްފައިވާ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ރޭ މާލެ ގެނައީ "ސިއްރުން" ކަމަށް ބުނެ، އޭނާ މާލެ ގެނައި ބޭނުން އޮޅުން ފިލުވައި ދިނުމަށް މަހްލޫފުގެ އާއިލާ އިން ފުލުހުންގެ ކިބައިން އެދިއްޖެ އެވެ.
މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ މަހްލޫފު މާލެ ގެނައިކަން އެނގިވަޑައިގަތީ، ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި އޮތް ލޯންޗަށް އަރުވައިގެން ގެންދާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމުން ކަމަށެވެ. އޭނާ ދަންވަރު ގަޑީގައި މާލެ ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ނަޒޫ ވިދާޅުވި އެވެ.
"މަހްލޫފް ވީ ކޮން ތަނެއްގައި ކަން އަޅުގަނޑަށް އަންގާލަ ދެއްވުން އެދެން. ...ރަހީނުކޮށްފައި ހުރި މީހެއް ދަންވަރު ގަޑީގައި މާލެ ގެންނަން ޖެހޭ ސަބަބެއް އަޅުގަނޑަށް ހަމަ ނުވިސްނުނު،" ނަޒޫ ވިދާޅުވި އެވެ.
Mahloof vee konthanegga kan alhugandah angaala dhevvun edhen. Thibeyfulhunge media number un phone nunangava. raheenukoffa huri meeheh dhanvaru gadeega male’ gennan jehey sababeh alhugandah hama nuvisnun. Moodhu kulhivaru kulhentho? Midhen kiha dhera kameh tho? ? @PoliceMv
— Nazu Naseem (@Nazunaseem) March 6, 2018
މާލޭގައި ހުންނަ ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުން މަހްލޫފް ލޯންޗަކަށް އެރުވީ އައިޖީއެމްއެޗަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށް ފަހު ކަމަށް ސޯޝަލް މީޑިއާގައި އެއް ބަޔަކު ބުނި ނަމަވެސް ފުލުހުން މިކަން ކަށަވަރުކޮށެއް ނުދެ އެވެ. އާއިލާ އިން ބުނީ ބަލިވެގެން މާލެ ގެނައި ނަމަ އާއިލާ އަށް އެކަން ނޭންގުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، މަހްލޫފް ހައްޔަރުކުރީ އިދިކޮޅު ސިޔާސީ ބޭފުޅުން ހިމެނޭ ގޮތުން ނުވަ ގައިދީ އަކު ދޫކޮށްލަން ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި އިދިކޮޅު ޕާޓީތަކުން ބޭއްވި އެއްވުމެއްގެ ތެރެއިންނެވެ.
މީގެ ކުރިން، އެއްވުމެއްގެ ތެރެއިން ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމުގެ ދެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެގެން ވެސް ޖަލަށް ލި އެވެ.
އެ ދެ މައްސަލައިގައި 10 މަހާއި 24 ދުވަސް ވަންދެން މަހްލޫފް ޖަލުގައި ހޭދަކުރެއްވި އެވެ. އެ ހުކުމުން ޖޫން، 8، 2017 ގައި މިނިވަންވުމާ އެކު އިދިކޮޅު ހަރަކާތުގެ އިސް ސަފުގައި އަނެއްކާ ވެސް މަސައްކަތް ކުރައްވަން ފެއްޓެވި އެވެ. މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ޕާޓީތަކުން ކުރާ މުޒާހަރާތަކުގައި އެންމެ އިސްކޮށް މިހާތަނަށް އުޅުއްވި އެއް ބޭފުޅަކީ މަހުލޫފެވެ.
އިދިކޮޅު ސިޔާސީ އިސް ބޭފުޅުން ވެސް ހިމެނޭ ގޮތުން ނުވަ ގައިދީއަކު ދޫކުރުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އަމުރެއް ނެރުނު ނަމަވެސް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލުމަށް ފަހު، އެ އަމުރުގެ އެ ބައި އަނެއް ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ބާތިލް ކޮށްފަ އެވެ. އެހެންވެ ދެން އެ އަމުރަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ސަރުކާރުން ދެކެ އެވެ.
މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ބަދަލުކުރުމަށްޓަކައި ރިޝްވަތު ހިފުމުގެ ތުހުމަތުގަ އެވެ.
32 މީހަކު އަދިވެސް ތިބީ ބަންދުގައި: ހިސާން
އިބޫ ޖަލު ބަންދުގައި 9 ދުވަހު ބަހައްޓަން އަމުރުކޮށްފި
ދޫނިދޫގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި
ރިޔާޒަށް ކުރާ ތުހުމަތެއް އަދިވެސް ނުބުނޭ:އަލީ ހުސެއިން
މައުމޫންގެ އެދުމަކީ އިސްލާހު ކުރުމުގައި ސާބިތުވެ ތިބުން
އަދުހަމްގެ ހަޅުތާލާ ގުޅިގެން އެމްޑީޕީން އެޗްއާރުސީއެމަށް
އެލީގެ އުފަންދުވަހު މަހްލޫފް މި އަހަރު ވެސް ޖަލުގައި!
އިދިކޮޅު އެއްވުން ރޫޅާލައި މަހްލޫފް ހައްޔަރުކޮށްފި
އަދުރޭ އާއި ޝުޖާއު ދޫނިދު އަށް ގެންގޮސްފި
ބޮޑު އަމުރުން ވެރިކަމުގެ މައިބަދަ ބިނދުނު