04 މާޗް 2018
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ފޭދޫ ދާއިރާގެ ރައީސް އަހްމަދު އަދުހަމް، ދޫނިދޫގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ފަށާފައިވާ ކަމަށް އޭނާގެ ވަކީލު، މަހްފޫޒް ސައީދުު މިއަދު ވިދާޅުވެއްޖެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ފޭދޫ ދާއިރާގެ ރައީސް އަހްމަދު އަދުހަމް، ދޫނިދޫގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ފަށާފައިވާ ކަމަށް އޭނާގެ ވަކީލު، މަހްފޫޒް ސައީދުު މިއަދު ވިދާޅުވެއްޖެ އެވެ.
މަހްފޫޒް "މިހާރު" އަށް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަދުހަމް، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކެއުން ހުއްޓާލާފައިވާ ކަމަށެވެ. މިދިޔަ މަހުގެ 16 ގައި ހައްޔަރުކުރި އަދުހަމް ޖަލުގައި އޮތީ، ގޮޅީގެ ފާޚާނާގެ އިސްކުރުން ފެން ބޮއެގެން ކަމަށް ވެސް މަހްފޫޒް ވިދާޅުވި އެވެ.
އަދުހަމް، ހައިހޫނުކަމުގެ ހަޅުތާލެއް ފެށީ، މަހްފޫޒް ވިދާޅުވި ގޮތުުގައި، ދަތެއްގައި ރިއްސާތީ ފަރުވާ ދޭން އެދުމުން އެކަށީގެންވާ ފަރުވާ ދީފައި ނުވާތީ އެވެ.
"ދޫނިދޫގައި ހުންނަ ޑޮކްޓަރަށް ދެއްކި. އެކަމަކު އަދުހަމަށް ލުޔެއް ނުލިބުނީމަ މާލެ އިން ޚާއްސަ ޑޮކްޓަރަކަށް ދައްކައިދޭން އެދުމުން އެކަމެއް ނުކުރި. ދަތުގައި ރިއްސާތީ ނުކެވޭތީވެ ހައިހޫނު ކަމުގެ ހަޅުތާލެއް ފެށީ،" މަހްފޫޒް ވިދާޅުވި އެވެ.
އަދުހަމް ހައްޔަރުކުރީ، އިދިކޮޅު ސިޔާސީ އިސް ބޭފުޅުންތަކެއް ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި އިދިކޮޅު ޕާޓީތަކުން ބޭއްވި އެއްވުމަކުންނެވެ. އަދުހަމްގެ އިތުރުން ވެސް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ހައްޔަރުކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ.
އަދުހަމްގެ ހަޅުތާލާ ގުޅިގެން އެމްޑީޕީން އެޗްއާރުސީއެމަށް
ހާލަތު އުވާލިޔަސް ސަރުކާރަށް ހިންދެމިލެވޭކަށް ނެތް؟!
މުޒާހަރާއަށް ހިތްވަރު ދިން ކަމަށް ބުނެ އިންތި ފޮލިހަށް
އިބޫ ޖަލު ބަންދުގައި 9 ދުވަހު ބަހައްޓަން އަމުރުކޮށްފި
ގާނޫނީ ވަކީލު ނާޒިމް ސައްތާރު ހައްޔަރުކޮށްފި
އިބޫ ހައްޔަރުކޮށް ދޫނިދުއަށް
މަޖިލީހުގެ ކުރީގެ މެމްބަރު އީސަ ދޫކޮށްލައިފި
ރޭގެ މުޒާހަރާއާ ގުޅިގެން 23 މީހަކު ހައްޔަރުކުރި
ދޫނިދޫގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި
މުޒާހަރާއާ ގުޅިގެން 15 މީހަކު ހައްޔަރު ކުރި