03 މާޗް 2018
އިދިކޮޅު ހަރަކާތުގެ އެއްވުންތައް ރޫޅާލައި، އެކަށީގެންނުވާ ބާރު ބޭނުންކޮށް، އަދި ނޫސްވެރިންނާ މެދު ވެސް ހަރުކަށިކޮށް އަމަލްކުރާތީ ފުލުހުންނަށް އޮތީ ފާޑުކިއުން އަމާޒުވެފަ އެވެ. އެ ފާޑުކިއުންތަކުން ދުރުކުރެވޭތޯ، ސަރުކާރު ހިންގާ ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންނާއި އެ ޕާޓީގެ ސަޕޯޓަރުން ގެންދަނީ މަސައްކަތްކުރަމުންނެވެ. އިއްޔެ ބޭއްވި އިދިކޮޅު ހަރަކާތުގެ ތެރެއިން ނެގި ފުލުހުންގެ "ހިނިތުންވުމު"ގެ ދެތިން ފޮޓޯއަކީ އޭގެ މިސާލެކެވެ.
އިދިކޮޅު ހަރަކާތުގެ އެއްވުންތައް ރޫޅާލައި، އެކަށީގެންނުވާ ބާރު ބޭނުންކޮށް، އަދި ނޫސްވެރިންނާ މެދު ވެސް ހަރުކަށިކޮށް އަމަލްކުރާތީ ފުލުހުންނަށް އޮތީ ފާޑުކިއުން އަމާޒުވެފަ އެވެ. އެ ފާޑުކިއުންތަކުން ދުރުކުރެވޭތޯ، ސަރުކާރު ހިންގާ ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންނާއި އެ ޕާޓީގެ ސަޕޯޓަރުން ގެންދަނީ މަސައްކަތްކުރަމުންނެވެ. އިއްޔެ ބޭއްވި އިދިކޮޅު ހަރަކާތުގެ ތެރެއިން ނެގި ފުލުހުންގެ "ހިނިތުންވުމު"ގެ ދެތިން ފޮޓޯއަކީ އޭގެ މިސާލެކެވެ.
ސަރުކާރު ހިމާޔަތްކުރުމުގެ ގޮތުން ފުލުހުންނާއި ސިފައިން ކުރާ ކޮންމެ ކަމެއް އެ ސަރުކާރަށް ތާއީދުކުރާ މީހުންނަށް ރަނގަޅުވެ އެވެ. އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތުގައި ފުލުހުންނާއި ސިފައިންގެ ދިފާއުގައި ޕީޕީއެމުން ބަސް އިއްވަ އެވެ. ތައުރީފުކުރުމުގެ އިތުރުން ބަތަލުންގެ ދަރަޖަ ވެސް ދެ އެވެ. އެކަމަކު އިއްޔެގެ "ހިނިތުންވުމު"ގެ ފޮޓޯތަކުން ވެސް އުފައްދާފައި ވަނީ ބަހުސެކެވެ. ފުލުހުންނަށް ޕީޕީއެމުން ތައުރީފްކުރި އިރު އިދިކޮޅު ހަރަކާތުން އެކަން އެގޮތަކަށް ގަބޫލެއްނުކުރެ އެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާންގެ އަނބިކަނބަލުން ރީމާގެ ލޮލަށް ޕެޕާ ސްޕްރޭ ޖެހުމުން ފަރުވާދެނީ.
Beautiful “To Protect & Serve” pic.twitter.com/SZJVsoR5cn
— Ahmed Mubeen #RY2018 (@ahmedmubean) March 2, 2018
މެމްބަރު މުބީން ކުރެއްވި ޓުވީޓު.
އިއްޔެގެ ފޮޓޯތަކާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި އެކަކު ބުނީ ފުލުހުންނަކީ ގާނޫނަށާއި ފުލުހުންނަށް ކުރާ އޯޑަރުތަކަށް ތަބާވާ ބައެއް ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން އިއްޔެ ފެނުނީ އާންމުންނާ މެދު ގެންގުޅޭ ހިތްހެޔޮކަމުގެ ރީތި މިސާލެއް ކަމަށް ބުނެ ވެސް އޭނާ ބުންޏެވެ.
އިއްޔެގެ މުޒާހަރާގައި އަންހެން ފުލުހަކު، ހިނިތުންވުމާ އެކު އާންމުންގެ މީހަކާ މުއާމަލާތް ކުރަނީ. - ފޮޓޯ: ޝާރި
އެ ފޮޓޯތަކާއި ތައުރީފްގެ ފައިދާ ފުލުހުން ވެސް ވަނީ ނަގައިފަ އެވެ. އެގޮތުން ފުލުހުން، އޭގެ ފޮޓޯ ޓްވީޓްކުރީ "ގައުމީ ހިދުމަތުގައި ފުލުހުން ހިނިތުންވުމާ އެކު" މިހެން ޖަހައިގެންނެވެ. ނަމަވެސް އެ ޓުވީޓާ ގުޅިގެން އިދިކޮޅު ފިކުރުގެ މީހުންގެ ފަރާތުން ފުލުހުންނަށް އަމާޒުވި ފާޑުކިއުންތައް ވަކި މަދެއް ނޫނެވެ.
"އަނިލް އަންނި"ގެ ނަމުގައި ޓުވީޓްކުރި މީހަކު ބުނީ "ރައްޔިތުންގެ ކަރުގައި ހިފާ އަނިޔާ ކުރީމަ ވެސް، ރައްޔިތުން ހިނިތުންވެލާފައި ފުލުހުން ކައިރީ ތިބޭ" ކަމަށެވެ. އެހެންކަމުން ދިވެހިންނަކީ ހަގީގަތުގައި ވެސް ވަރަށް ހިތްތިރި ބައެއް ކަމަށް އޭނާ ބުނެ އެވެ.
އެމްޑީޕީގެ ބައެއް ބޭފުޅުންގެ ނަޒަރުގައި އާންމުންނަށް ހިނިތުންވާ ފުލުހުންނަށް ވަޒީފާ ގެއްލުމުގެ ފުރުސަތު ބޮޑެވެ. މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ ޓުވީޓެއްގައި ވިދާޅުވީ "ހިނިތުންވާ ފުލުހުންނަށް މާ ގިނަ ދުވަހު ވަޒީފާގައި ހުރެވޭނެ ކަމަށް" ދެކިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު ފުލުހުން ހިނިތުންވެފައި ތިބޭތަން ދެކެން ވަރަށް ބޭނުންވާ ކަމަށް އޭނާ ލިއުއްވި އެވެ.
Thigothah hinithunvaa fuluhakah maaginadhuvahu vazeega hureveynekamakah nudheken. Thi manzaraky varah dhekenbeynunvaa manzareh. Namaves thi fulus meehaaves maagina dhuvahu vazeega hunnane heneh hiyeh nuvey. Vakivaane, noony eyahvurekurin kandaalaane.
— Shamau Shareef (@schamau) March 2, 2018
ޝަމާއު ކުރެއްވި ޓުވީޓު.
"ނަމަވެސް ތި ފުލުސް މީހާ ވެސް މާ ގިނަ ދުވަހު ވަޒީފާގައި ހުންނާނެ ހެނެއް ހިއެއް ނުވޭ. ވަކިވާނެ. ނޫނީ އެއަށް ވުރެ ކުރިން ކަނޑާލާނެ،" ޝަމާއުގެ ޓުވީޓުގައި ވިދާޅުވި އެވެ.
އިއްޔެގެ މުޒާހަރާގައި "ރާއްޖެޓީވީ"އަށް އިންޓަވިއުއެއް ދެއްވަން ހުންނަވަނިކޮށް ފުލުހުން ގޮސް ޝަމާއު ދުރަށް ޖެއްސީ، ގަދަބާރާ އެކުގަ އެވެ.
މާލޭގައި އިއްޔެ ބޭއްވި މުޒާހަރާގައި ފުލުހަކު ޕެޕާ ސްޕްރޭ ޖަހަނީ.
އިދިކޮޅު ޝުއޫރުގެ އާންމު މީހަކު ބުނި ސޯޝަލް މީޑިއާގައި ބުނި ގޮތުގައި ފުލުހުން "މޭކަޕްކޮށްގެން ތިން ފޮޓޯ ނަގާފައި،" އާންމުން ފެންވަރުވާލީ ޕެޕާ ސްޕްރޭ އިން ކަމަށެވެ. އަދި ބައެއް އާންމުން "ކޮއްޕައި، ބިން މައްޗަށް ވައްޓާލަމުން ދާއިރު" އެއީ ވެސް ގައުމީ ހިދުމަތްތޯ އެއް ބަޔަކު ސުވާލުކުރެ އެވެ.
Thiya gothuga abadhuves hinithun vefa thibey nama kithanmehaa ves rangalhu. Massala akee baeh faharu baeh kudhin #Jazbaath gai jehi dhaiykundi vikaafa haalathaa nubahdhalu baaruge beynun kuraathee! pic.twitter.com/kSeYSVv5sI
— Noor ? (@solarixenoor) March 2, 2018
އާންމުންގެ މީހަކު ކުރި ޓުވީޓެއް.
ނޫރުގެ ނަމުގައި ޓްވީޓްކުރި މީހަކު ބުނީ ފުލުހުން އަބަދުވެސް ހިނިތުންވެފައި ތިބޭ ނަމަ، ކިތަންމެހާ ވެސް ރަނގަޅު ކަމަށެވެ. އެކަމަކު މައްސަލައަކީ ބައެއް ފަހަރު ބައެއް ކުދިން [ފުލުހުން] "ޖަޒުބާތު" ގައި ޖެހި ދަތްކުނޑި ވިކާފައި، ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރާތީ ކަމަށް އޭނާ ބުންޏެވެ.
Dhivehi fuluhunge oagaatheri kamaai insaaniyyathukan huri minvaru fenifai hithah verivi ihsaasegge sababun lolun karuna hilijje. Hivvaru gadha dhivehi fuluhunnah saabas.
— Ismail Shakir (@ShakirJr3) March 2, 2018
އާންމުންގެ މީހަކު ކުރި ޓުވީޓެއް.
އާންމުންގެ މީހެއް ކަމަށްވާ އިސްމާއިލް ޝާކިރުގެ ހިތުގައި ފުލުހުންނަށް އޮތީ ތައުރީފެވެ. އޭނާ ބުނި ގޮތުގައި ދިވެހި ފުލުހުންގެ އޯގާތެރިކަމާއި އިންސާނިއްޔަތުކަން ހުރި މިންވަރު ފެނިފައި ހިތަށް ވެރިވި އިހްސާސެއްގެ ސަބަބުން ލޮލުން ކަރުނަ ހިލިއްޖެ އެވެ. އަދި ހިތްވަރުގަދަ ފުލުހުންނަށް ސާބަސް ރައްދު ކުރަން ބޭނުންވާ ކަމަށް ވެސް ލިއެފައިވެ އެވެ.
ކޮންމެއަކަސް އިއްޔެއަކީ ފުލުހުންގެ "ހިނިތުންވުމު"ގެ ބައެއް ފޮޓޯތަކުން ދެ ބައި މީހުންގެ މެދުގައި އާ ބަހުސެއް ފެށި ދުވަހެކެވެ. ދެ ކޮޅަށް ވާހަކަ ދެއްކޭނެ ފޮޓޯތައް މި ޒަމާނުގައި ވަރަށް ފަސޭހައިން ލިބޭނެ އެވެ.
މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރުމުން ކުށްވެރިކޮށްފި
ކުނޫޒުތެރެއަށް ޕެޕާ ސްޕްރޭ ޖެހި މައްސަލަ އެންއައިސީއަށް
ބާރުގެ ބޭނުންކުރި ފުލުހުންނަށް ފިޔަވަޅުއަޅަން ފޮނުވައިފި
ބާރުގެ ބޭނުންކުރި ފުލުހުން ފްރަންޓްލައިނުން ސަސްޕެންޑް
އިދިކޮޅުން ބުނީ އަނިޔާވީ ފުލުހުން ގޯސް ހެދުމުން ކަމަށް
ބޮންޑޭއަށް އަނިޔާކުރި ވީޑިއޯ މަޖިލީހުގައި ދައްކައިފި
އަނިޔާކުރި ފުލުހުންގެ ތަހުގީގުގެ ބޮޑު ބައި ނިމިއްޖެ
"ބަޣާވާތުގެ ގޮވެލި އެބަ ބާރުވޭ، ފިޔަވަޅު އަޅައިދީ"
އަނިޔާ ކުރުން ހުއްޓުވަން މަސައްކަތް ކުރަން: ޕޮލިސް
ބޭއިންސާފުން ފުލުހަކަށް ފިޔަވަޅެއް ނާޅާނަން: އިމްރާން