18 ފެބުރުއަރީ 2018
އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކުރި ފްލެޓްތަކުގެ ތެރެއިން ވިއްކަން ހުޅުވާލި ހުރިހާ ފްލެޓެއް ވިކި ހުސްވެއްޖެ ކަމަށް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކުރި ފްލެޓްތަކުގެ ތެރެއިން ވިއްކަން ހުޅުވާލި ހުރިހާ ފްލެޓެއް ވިކި ހުސްވެއްޖެ ކަމަށް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
ކުރީގެ ގާކޮށި ބިމާއިި އަރަބިއްޔާ ސްކޫލް ހިންގި ބިމުގައި އިމާރާތްކުރި 264 ފްލެޓުގެ ތެރެއިން ވިއްކަން އިއުލާންކުރީ 105 ފްލެޓެވެ. އެއީ، އެ ފްލެޓްތައް ލިބުނު މީހުން ދައްކަން ޖެހޭ ފައިސާ ސަރުކާރަށް ނުދެއްކުމުންނެވެ.
އެ ފްލެޓްތައް ވިއްކަން އެންމެ ފުރަތަމަ ހުޅުވާލުމުން އެތައް ބަޔަކު ކިޔޫގައި ޖެހުނެވެ. ބޮޑު ކިޔޫއެއްގައި ރައްޔިތުން ޖައްސައިގެން ފްލެޓް ދޫކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫން ކަމަށް ބުނެ މެދުކަނޑާލުމަށް ފަހު، މިހާރު ފްލެޓް ވިއްކަނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ.
އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ހުރިހާ ފްލެޓްތައް މިހާރު ވިއްކާފައިވާއިރު، ހަމަޖައްސާފައި އޮތް އުސޫލުން ފައިސާ ނުދައްކާ މީހުންގެ އަތުން އަތުލައި، އެ ފްލެޓެއް އަލުން ވިއްކަން ހުޅުވާލާނެ ކަމަށެވެ. އެެހެންކަމުން އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަން އެ އިއުލާނުގައި އެޗްޑީސީން ވަނީ އެދިފަ އެވެ.
ފްލެޓް ވިއްކަނީ ދެ މިލިއަން ރުފިޔާ އެއްފަހަރާ ދެއްކޭނެ ކަމުގެ ލިޔުމެއް ނުވަތަ ބޭންކުން ލޯނު ހަމަޖެހޭ ކަމުގެ ލިޔުން ދޭ ފަރާތްތަކަށެވެ. އުމުރުން 21 އަހަރު ވެފައިވާ ދިވެހި ކޮންމެ ރައްޔިތަކަށް މި ފްލެޓްތަކަށް ކުރިމަތިލެވެ އެވެ.
ފްލެޓްތައް ވިއްކާލަން ހުޅުވާލުމުން، ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ބުނެ، ކުރިިމަތިލީ ފަރާތްތަކަށް އެޗްޑީސީން އިއުލާނުގައި ވަނި ޝުކުރު އަދާކޮށްފަ އެވެ.
ފްލެޓްތައް ވިކި ހުސްވެފައިވާއިރު، އޮންލައިން ޕޯޓަލްއަކީ ދ ފުށް ފެންނަ އުސޫލެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކި އެވެ. އެ ތުހުމަތުތައް ދޮގުކޮށް، އެޗްޑީސީން ބުނެފައި ވަނީ، ފްލެޓްތައް ވިއްކީ ދެފުށް ފެންނަ އުސޫލުން ހަމަހަމަކޮށް ކަަމަށެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި، ފްލެޓް ވިއްކީ ޝަރުތު ހަމަވެ، އެންމެ ފުރަތަމަ ފައިސާ ދައްކާ މީހުންނަށް އިސްކަންދީގެންނެވެ.
ތިން ކޮޓަރި އާއި ދެ ފާޚާނާ އަދި ބަދިގެ ހިމެނޭ ފްލެޓްތަކުގެ ތެރެއިން ގާކޮށިން 75 ފްލެޓް ވިއްކާ އިރު، އަރަބިއްޔާ ބިމުން ވިއްކަނީ 30 ފްލެޓެވެ. ބައެއް މީހުންނަށް ފައިސާ ނުދެއްކުނީ، މި މަޝްރޫއު ހުޅުވައިލި އިރު ފްލެޓްތައް ވިއްކަން ކަނޑައެޅި އަގަށް ވުރެ މާ ބޮޑު އަގަކަށް ވިއްކަން ނިންމުމާ ގުޅިގެން އުފުލަން ޖެހުނު މާލީ ތަކުލީފުތަކާ ހެދި އެވެ.
"ދަރަނިވެރިވި" އާއިލާތަކެއް އިންސާފުގެ އިންތިޒާރުގައި!
ހުޅުމާލޭގައި ރެސިޑެންޝިއަލް 10 ޓަވަރު އަޅަނީ
ޕީޕީއެމް/ޕީއެންސީއަށް ހިޔާ ފްލެޓްތައް ދައްކާލަން އެދެފި
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
ހުޅުމާލޭގެ ބްރިޖުތައް އެޕްރީލްގައި ނިމޭނެ: އެޗްޑީސީ
މަހެއްވިއިރު ވެސް ފްލެޓް ވިއްކާނެ އިންތިޒާމް ހަމަނުޖެހޭ
ބޯހިޔާވަހިކަމަށް އާދޭސްކޮށްގެން ހޯދި ފްލެޓްތައް ކުއްޔަށް
ފްލެޓް ބީވެ މާޔޫސްވެފައި، ދެން އޮތީ ކޮން ގޮތެއް؟
ފްލެޓް ވިއްކަން ވަރަށް އަވަހަށް ހުޅުވާލާނަން: އެޗްޑީސީ
ކުންފުނިތަކާއި ޔުނިވާސިޓީގެ މުވައްޒަފުންނަށް ފްލެޓް ދެނީ