05 ފެބުރުއަރީ 2018
ކެންސަރު ޓިއުމަރުތަކަށް އިންޖެކްޝަނެއް ގޮތަށް ފޮނުވާލެވޭ ވެކްސިނެއް މީދާތަކަށް ދީގެން އޭގެ ގައިން ކެންސަރުގެ ހުރިހާ އަސަރެއް ނައްތާލެވިފައިވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ކެންސަރު ޓިއުމަރުތަކަށް އިންޖެކްޝަނެއް ގޮތަށް ފޮނުވާލެވޭ ވެކްސިނެއް މީދާތަކަށް ދީގެން އޭގެ ގައިން ކެންސަރުގެ ހުރިހާ އަސަރެއް ނައްތާލެވިފައިވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
މީދާތަކަށް މި ވެކްސިން ދީގެން ހޯދިފައިވާ އަނެއް ހޯދުމަކީ ވަރަށް ގިނަ ބާވަތްތަކުގެ ކެންސަރަށް މި ވެކްސިން ދީގެން އެކަށީގެންވާ ނަތީޖާއެއް ނެރެވޭ ކަމެވެ. މީގެ ތެރޭގައި މިހާތަނަށް ފަރުވާއެއް ހޯދިފައި ނެތް މެޓޭސްޓެސިސް ހިމެނެ އެވެ. މެޓޭސްޓެސިސް އަކީ ކެންސަރު ޖެހިފައިވާ ތަން ނޫން އެހެން ސައިޓަކަށް ނުވަތަ ދެ ވަނަ ސައިޓަކަށް ކެންސަރު ސެލްތައް ދަތުރު ކުރުމެވެ.
އެމެރިކާގެ ސްޓެންފޯޑް ޔުނިވަސިޓީ ސްކޫލް އޮފް މެޑިސިންގެ ސައިންޓިސްޓުން ވަނީ ދެ އެޖެންޓެއް ބޭނުންކޮށްގެން މި ބައްޔަށް އެކަށީގެންވާ ފަރުވާއެއް ހޯދައިފަ އެވެ. މި ދެ އެޖެންޓުން ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަ ކޮށްދިނުމަށް އެހީވެދެ އެވެ. އަދި ލިމްފޯމާ ކިޔާ ވައްތަރުގެ ކެންސަރު ޖެހިފައިވާ އިންސާނުންތަކަށް މި ފަރުވާ ދީގެން އަޖުމަބެލުމުގެ މަސައްކަތް މިހާރު ކުރިޔަށް އެބަދެ އެވެ.
"މި ދެ އެޖެންޓް އެއްކޮށްގެން ފަރުވާ ދިނުމުން މުޅި ހަށިގަނޑުން ޓިއުމަރުގެ އަސަރުތައް މުޅިން ފޮހެވިގެން ދާތަން އަހަރެމެންނަށް ވަނީ ފެނިފައި،" ސީނިއާ ރިސާޗާ އަދި ކެންސަރުގެ ފަރުވާ ދޭ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ރޮނަލްޑް ލެވީ ވިދާޅުވި އެވެ.
މި ފަރުވާގެ ޚާއްސަ އަނެއް ކަމަކީ މި ފަރުވާދޭއިރު މުޅި ދިފާއީ ނިޒާމް އެކްޓިވޭޓްކުރަން ނުޖެހުމެވެ. އަދި ދިފާއީ ނިޒާމުގެ ހުރިހާ ސެލްތަކުގެ ބަދަލުގައި ބަލިޖެހިފައިވާ ސެލްތަކަށް ވަކިން ޓާގެޓް ކުރެވެ އެވެ.
ކެންސާ އިމިއުނޮތެރަޕީ އަކީ ވަރަށް ފާޑެއްގެ އެއްޗެކެވެ. ސަބަބަކީ ކެންސަރު ސެލްތަކަކީ ހަށިގަނޑުން އުފައްދާ އެއްޗަކަށް ވެފައި ހަށިގަނޑުގެ ދިފާއީ ބާރުން އެއީ ހަށިގަނޑަށް ހުރި ނުރައްކަލެއް ކަމަށް ނުދެކޭތީ އެވެ. ހަށިގަނޑަށް ވަންނަ ވައިރަސްތައް ވެސް ދިފާއީ ނިޒާމުން ދެކެނީ މިފަދަ ގޮތަކަށެވެ.
އެހެންވެ ބައެއް ކެންސާ އިމިއުނޮތެރަޕީ ފަރުވާތައް ފޯކަސްކުރަނީ ކެންސަރު ސެލްތަކަކީ މައްސަލަ ހުރި އެއްޗެއް ކަމަށް ދެނެގަނެވޭނެ ގޮތަކަށް ދިފާއީ ނިޒާމު ތަމްރީނު ކުރުމަށެވެ. މިއީ އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ފެންނަ ފަރުވާއެއް ނަމަވެސް ވަރަށް ގިނަ ފަހަރަށް މި ފަރުވާ ދެވެނީ ބަލިމީހާގެ ދިފާއީ ނިޒާމުން ސެލް ނަގައިގެން އެ ސެލްތައް ޖެނެޓިކަލީ އިންޖިނިއަރިން ކުރުމަށްފަހު އަލުން ހަށިގަނޑަށް އިންޖެކްޓްކޮށްގެން އެ ސެލްތައް ލައްވާ ކެންސަރު ސެލްތަކަށް ހަމަލަ ދީގެންނެވެ. މިއީ ވަރަށް ވަގުތު ބޭނުންވާ އެހާމެ އަގުބޮޑު ފަރުވާ އެކެވެ.
ނަމަވެސް ސްޓެންފޯޑްގެ ސައިންސްވެރިން މި އުފެއްދި ވެކްސިނަކީ ފަރުވާދޭން ފަސޭހަ އަގުހެޔޮ ފަރުވާއެކެވެ.
މި ވެކްސިން މަސައްކަތް ކުރަނީ އާންމުކޮށް އަހަރެމެންނަށް އެނގޭ ވެކްސިން މަސައްކަތްކުރާ ގޮތަކަށް ނޫނެވެ. އާންމު ވެކްސިން ދެނީ ބަލި ޖެހުމުގެ ކުރިން ނަމަވެސް މި ވެކްސިން ދެނީ ސީދާ ޓިއުމަރުތަކަށް އިންޖެކްޝަނެއް ގޮތަށެވެ.
ސައިންސްވެރިން އީޖާދުކުރި ދެ އެޖެންޓްގެ ކުޑަ މިންވަރެއް ސީދާ އެތަނަށް ދެނީ އެންމެ ފަހަރަކު އެވެ. މީގެ ސަބަބުން ޓިއުމަރުތެރޭގައި ހުންނަ ދިފާއީ ސެލްތައް ހަރަކާތްކޮށް ކެންސަރު ސެލްތައް މުޅިން ނައްތާލަނީ އެވެ.
"މީދަލަށް މި ވެކްސިން ދިނުމުން ވަރަށް ރަނގަޅަށް އަސަރުކޮށް ކެންސަރުގެ ހުރިހާ ސެލްތަކެއް ނައްތާލައި ހަށިގަނޑު މުޅިން ސާފުވި،" ޑރ. ލެވީ ވިދާޅުވި އެވެ.
މި ވެކްސިންގެ ޚާއްސަ ސިފައަކީ ދިފާއީ ނިޒާމަށް ސީދާ ވާސިލުވާތީ އެވެ. ޓިއުމަރު ހެދިބޮޑުވަމުންދާ ވަރަކަށް ދިފާއީ ނިޒާމުގެ ސެލްތައް މީގެ ތެރޭގައި ޓީ ސެލްސް ވެސް ހިމެނޭ ގޮތަށް ކެންސަރު ސެލްތަކުގައި ހުންނަ އެބްނޯމަލް ޕްރޮޓީން ފާހަގަކުރެ އެވެ. އަދި އަވަހަށް އޭތި ނެތިކޮށްލަ އެވެ. ނަމަވެސް ދިފާއީ ނިޒާމު ފަނާކޮށްލިޔަ ނުދިނުމަށްޓަކައި ކެންސަރު ސެލްތައް އެއްތަނަކަށް ޖަމާވެ އެކަތިގަނޑެއްގެ ގޮތުގައި ބޮޑުވާން ފަށަ އެވެ. އަދި ބަލިޖެހިފައިވާ ސެލްތަކަށް ހަމަލާދޭ ޓީ-ސެލްތަކުގެ މަސައްކަތަށް ހުރަސް އަޅަ އެވެ.
މި އާ ވެކްސިން ކޮށްދޭ މަސައްކަތަކީ މިގޮތަށް ހަރަކާތް ހުއްޓިފައި ހުންނަ ޓީ-ސެލްސްތައް އެކްޓިވޭޓް ކޮށްދިނުމެވެ.
މި ވެކްސިން މީދާތަކަށް ދީގެން ހެދި ފުރަތަމަ ޓްރައަލް ލެބޯޓްރީގައި ހުރި މީދާތަކެއްގެ ހަށިގަނޑުގެ ދެ ތަނަކަށް މީދަލަށް ޖެހޭ ލިމްފޯމާ ޓްރާންސްޕްލަންޓް ކުރި އެވެ. ނުވަތަ އުރަމަތީ ކެންސަރު ޖެހޭ ގޮތަށް މި މީދާތައް ޖެނެޓިކަލީ ބަދަލުކުރި އެވެ.
ޖާނަލް ސައިންސް ޓްރާންސްލޭޝަނަލް މެޑިސިންގައިވާ މި ދިރާސާ ރިޕޯޓުގައިވާ ގޮތުން ލިމްފޯމާ ޖެހުނު 90 މީދަލުގެ ތެރެއިން 87 މީދާ އަށް ފަރުވާދީގެން ބަލި ނައްތާލެވުނެވެ. ދެ ޓިއުމަރު ހަށިގަނޑުގެ ދެ ހިސާބެއްގައި އިން ނަމަވެސް އެއްތަނަށް ފަރުވާ ދިނުމުން ދެ ތަނުގައި އިން ޓިއުމަރު ވެސް ނެތިގެން ދިޔަ އެވެ. ބާކީ ތިން ތިން މީދަލުގެ ހަށިގަނޑުން ލިމްފޯމާގެ އަސަރު ދެ ވަނަ ފަހަރަށް ފެނުނެވެ. އަދި ދެ ވަނަ ފަހަރަށް ފަރުވާ ދިނުމުން މި މީދާތަކުގެ ހަށިގަނޑުން ވެސް ކެންސަރު ސެލްތައް މުޅިން ނައްތާލެވުނެވެ.
އަޖުމަ ބެލުމުގެ ގޮތުން އިންސާނުންނަށް މިހާރު ދޭން ފަށާފައިވާ މި ފަރުވާއިން އެކަށީގެންވާ ނަތީޖާއެއް ނެރެވިއްޖެނަމަ ކުރިމަގުގައި ޓިއުމާތައް އޮޕަރޭޝަން ކޮށްގެން ނެގުމުގެ ކުރިން މި ފަރުވާ ދެވޭނެ އެވެ. އޭރުން ކެންސަރު ސެލްތައް ފުރަަތަމަ ހުރި ތަން ނޫން އެހެން ތަނަކަށް ވާސިލުވުމާއި ފުރަތަމަ ބަލި މުޅިން ފަސޭހަވިޔަސް ދުވަސްކޮޅަކުން އަނެއްކާވެސް ބަލީގެ އަސަރުތައް ފެންނަން ފެށުމުން ސަލާމަތް ވެވޭނެ އެވެ.
ކެންސަރަށް ވެކްސިން ހޯދިއްޖެ ކަމަށް ރަޝިޔާއިން ބުނެފި
ފަސްނުޖެހި، އުރަމަތީ ކެންސަރުގެ ވާހަކަދައްކަން އެދިއްޖެ
"ޒެންޓަކް" އިން ދައުވާތައް ހުއްޓުވަން ދެބިލިއަން ދީފި
ކެންސަރުގައި އަހަރެއްގެ ތެރޭގައި ދެބަފައިންގެ މަރު
ކެންސަރު ދަފްތަރުގައި 1،400 އަށް ވުރެ ގިނަ މީހުން
ވޭޕް އެތެރެކުރުން މަނާކުރަން ރައީސްގެ އަރިހުން އެދިއްޖެ
ކޮވިޑާއި ފްލޫއަށް އެއް ވެކްސިނެއް ދޭން ޓެސްޓު ކާމިޔާބު
އާފިޔާ ކިޔައިދިނީ ކެންސަރު ހޮސްޕިޓަލެއްގެ މުހިއްމުކަން
ޒަކާތު ފަންޑުން ކެންސަރުގެ ފަރުވާއަށް ބޮޑު އެހީއެއް
ކެންސަރު ހޮސްޕިޓަލް އަޅަނީ ދިރާގު އޮފީސް ކައިރީގައި