13 ޖުލައި 2016
ތ. ކިނބިދޫ ކައިރީގައި އޮންނަ ރުއްތިބީގައި ރިސޯޓެއް ހަދަން ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށް، ދެ އަހަރުގެ ތެރޭގައި ރިސޯޓް ހުޅުވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
ތ. ކިނބިދޫ ކައިރީގައި އޮންނަ ރުއްތިބީގައި ރިސޯޓެއް ހަދަން ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށް، ދެ އަހަރުގެ ތެރޭގައި ރިސޯޓް ހުޅުވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނީގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ އެ ރަށް ތަރައްގީކުރަން ހުޅުވާލި ބިޑް ކާމިޔާބުކުރި ސިންގަޕޫރުގެ އެމްއެސްއެން ރިއަލިޓީއާ 49 އަހަރަށް އެ ރަށް ހަވާލު ކުރުމުގެ ސަބްލީސް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
"އެ ކުންފުނިން މަސައްކަތް ކުރަނީ ލަގްޒަރީ ފެންވަރުގެ ރިސޯޓެއް އެ ރަށުގައި ހަދަން. އޭރުން އަޅުގަނޑުމެންނަށް ވެސް ތިމަރަފުށީ އެއާޕޯޓުގެ ޑިމާންޑް ވެސް ރަނގަޅު ކުރެވޭނީ،" އޭނާ ވިދާޅުވި އެވެ.
ނަޝާތު ވިދާޅުވީ އެ ރަށުގެ އަމަލީ މަސައްކަތް އަދި ފެށިފައި ނުވި ނަމަވެސް ތަރައްގީ ކުރަން ފެށުމުގެ ކުރިން ކުރަން ޖެހޭ ކަންތައްތައް ސިންގަޕޫރުގެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
"މިއީ ފުދޭ ވަރެއްގެ ބޮޑު ރަށެއް. އަދި ހިތްގައިމު ބޮޑު ފަޅެއް ވެސް އޮވޭ. އިންވެސްޓަރު ވެސް ބޭނުން ވަނީ އެންމެ މަތީ ފެންވަރުގެ ރިސޯޓެއްގެ ގޮތުގައި ހިންގަން،" އޭނާ ވިދާޅުވި އެވެ.
ނަޝާތު ވިދާޅުވީ ކިނބިދޫން ފުރައިގެން ފަސް ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރަށް ތަރައްގީކޮށް ނިމުމުން ގިނަ އަދަދެެއްގެ ދިވެހިންނަށް ވަޒީފާ ލިބިގެން ދާނެ ކަމަށެވެ.
މިދިޔަ މޭ މަހުގެ ކުރީކޮޅު ސިންގަޕޫރު ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ރުއްތިބީގައި 150 ވިލާ ތަރައްގީ ކުރަން ނިންމާފައިވެ އެވެ. މި ރަށަކީ އައިލެންޑް އޭވިއޭޝަނުން ތިމަރަފުށި އެއާޕޯޓު ތަރައްގީ ކުރުމުން ސަބްސިޑީއެއްގެ ގޮތުގައި ސަރުކާރުން ދިން ރަށެކެވެ.
ތ. އަތޮޅުގައި މި ވަގުތު އޮތީ އެންމެ ރިސޯޓެކެވެ. އެއީ ސިންގަޕޫރުގެ ކޯމޯ ހޮޓެލްސް އެންޑް ރިސޯޓުން ތަރައްގީކޮށް ހިންގާ ފަސް ތަރީގެ ރިސޯޓެކެވެ.
ނުހެދި ހުރި ރަށްތަކަށް ފައިސަލް ދަތުރުކުރައްވަނީ
ކްރޮސްރޯޑްގެ ތިން ވަނަ ރިސޯޓް ނޮވެމްބަރުގައި ހުޅުވަނީ
ރާއްޖެއަށް އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވެއްޖެ
ތިމަރަފުށީ އެއާޕޯޓް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަނީ
ކްރޮސްރޯޑްސްގެ ފަސް ރަށެއް ވިއްކާލަން އިއުލާން ކޮށްފި
ބަދަލަށް 1.7 މިލިއަން މޯލްޑިވިއަން އިން ދޭންޖެހިއްޖެ
ކްރޮސްރޯޑްސްގެ ފަސް ރަށެއް ވިއްކާލަނީ
ރިސޯޓްމުވައްޒަފުންނަށް "ނައިޓަށްދެވޭ" އިސްލާހެއް
އަމިއްލަ ފުށީގެ ބައެއް ވިލާތައް ވިއްކާލަނީ
އޮޅުންބޮޅުން: ފަތުރުވެރިކަމުގެ ވާހަކަ ފޮރުވިފައި