10 ޖެނުއަރީ 2018
ދިވެހިރާއްޖޭގައި މިވަގުތު ހުރި ހަމައެކަނި އެކްޓިވް ބީޗް ވޮލީބޯޅަ އިންޓަނޭޝަނަލް ރެފްރީ ހުސެއިން މުހައްމަދު ހަތަރު އަހަރުގެ ތެރޭ ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަނުގެ ތިން ވަނަ މުބާރާތުން ފުރުސަތު ހޯދައިފި އެވެ.
ދިވެހިރާއްޖޭގައި މިވަގުތު ހުރި ހަމައެކަނި އެކްޓިވް ބީޗް ވޮލީބޯޅަ އިންޓަނޭޝަނަލް ރެފްރީ ހުސެއިން މުހައްމަދު ހަތަރު އަހަރުގެ ތެރޭ ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަނުގެ ތިން ވަނަ މުބާރާތުން ފުރުސަތު ހޯދައިފި އެވެ.
ޖަޕާނުގައި މި އަހަރުގެ ޖުލައި މަހު ބާއްވާ ފެޑެރޭޝަން އިންޓަނޭޝަނަލް ޑި ވޮލީބޯލް (އެފްއައިވީބީ) ގެ ވޯލްޑް ޓުއާގެ ދެ ވަނަ އަށް އެންމެ މަތީ ދަރަޖައިގެ މުބާރާތެއްގައި އޭނާ ރެފްރީންކުރާނެ އެވެ. އޮލިމްޕިކްސް ފަދަ މުބާރާތްތަކަށް ޓީމުތައް ސީޑްކުރަނީ ވޯލްޑް ޓުއާތަކުގައި ނެރޭ ނަތީޖާއިންނެވެ. އެހެންކަމުން މިއީ ދުނިޔޭގެ ފެންވަރުގެ ވޮލީބޯޅައިގެ މުހިއްމު ސީރީސް އެކެވެ.
އޭނާ ވަނީ 2015 ވަނަ އަހަރު ގަތަރުގައި ބޭއްވި ސްޓާ ތިނެއްގެ ވޯލްޑް ޓުއާ މުބާރާތެއްގައި ވެސް ރެފްރީކަންކޮށްފަ އެވެ. އަދި މިދިޔަ އަހަރު އޭނާ ވަނީ ޗައިނާގެ ނަންޖިންގައި ބޭއްވި 23 އަހަރުން ދަށުގެ ވޯލްޑް ޗެމްޕިއަންޝިޕުގައި އިންސާފުކޮށްފަ އެވެ.
ރާއްޖޭގައި މިހާތަނަށް އިންޓަނޭޝަނަލް ބީޗް ވޮލީބޯޅަ ރެފްރީ ފާސް ނަގާފައިވަނީ ހުސެއިންގެ އިތުރުން އިބްރާހިމް ނަޒީމެވެ. އެކަމަކު އޭނާ މިހާރު ރެފްރީކަމެއް ނުކުރެ އެވެ.
ވޮލީބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް ވެސް ފުރާފައިވަނީ ހުސެއިން ވަނީ 2014 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ އޭޝިއަން ބީޗް ގޭމްސްގައި ވެސް ރެފްރީކަންކޮށްފަ އެވެ. އޭނާ އަށް އަދި ފުރުސަތު ނުލިބޭ ބޮޑު މުބާރާތަކީ އޭޝިއަން ގޭމްސް އެވެ. ހުސެއިން ވަނީ މިދިޔަ ދެ އަހަރު ވެސް އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ މުބާރާތްތަކަށް ވެސް އިންސާފުކޮށްފަ އެވެ.
މީގެ ކުރިން ވެސް ބައެއް ދިވެހި ރެފްރީންނަށް ވަނީ ބައިނަލްއަގްވާމީ މުބާރާތްތަކުން ފުރުސަތު ލިބިފަ އެވެ. އެގޮތުން 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ރާއްޖޭގެ މުހައްމަދު ސައީދު ވަނީ ލައިންސްމަންކަން ކޮށްފަ އެވެ. މިދިޔަ އަހަރު އޮތް އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި އޮފިޝަލްކަން ކޮށްފައިވަނީ ރާއްޖޭގެ ރެފްރީ ރިލްވާން އާދަމް އެވެ. އަދި މިދިޔަ އަހަރު ސްކޮޓްލޭންޑްގެ ގްލާސްގޯގައި ބޭއްވި ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ރެފްރީ އަހުމަދު ޝިހާމް (ޕުޗު) ވަނީ ރެފްރީކަންކޮށްފަ އެވެ.
ރަނަކީ ރާއްޖޭގެ ވޮލީ އަށް ލިބުނު އިތުބާރެއް: އެޑަމް
ލަންކާގެ ބީޗް ވޮލީ ރެފްރީން ތަމްރީންކުރަނީ ހުސެއިން
ސެންޓްރަލް ޒޯން މުބާރާތުގެ ރެފްރީ ޑެލިގޭޓަކަށް ހުސެން
ޕާކްވޮލީ މުބާރާތުގެ ޗެމްޕިއަންކަން ބަގީޗާ އާއި ޕޮލިހަށް
އެޗްޑީސީގެ ފަރާތުން ޕާކްވޮލީ މުބާރާތެއް ބާއްވަނީ
ވަރުގަދަ ދެ ޕެއާއާ އެކު ބީޗް ވޮލީބޯޅަ ޓީމު މުބާރާތަށް
އޭޝިއާގެ އަންޑަ 19 ބީޗް ވޮލީ މުބާރާތް ރާއްޖޭގައި
ތިންވަނަ ހޮވި މެޗުން އެޗްޑީސީ އަށް ނާކާމިޔާބު
ކްލަބް ޗެމްޕިއަންޝިޕްގައި އެޗްޑީސީއަށް ވަރުގަދަ ފެށުމެއް
ސިފައިން ބަލިކޮށް ވީއޭއެމް ކަޕް އެޗްޑީސީ ކާމިޔާބުކޮށްފި