Roadha Mihaaru
ކައުންސިލްގެ ހުއްދަ ނެތި ރިނބުދުއަށް ދަތުރުދިއުން މަނާ

ކައުންސިލްގެ ހުއްދަ ނެތި ރިނބުދު އަށް ދަތުރުދިއުން މަނާކޮށްފި

22 ޑިސެމްބަރ 2017

ދ. ރިނބުދޫ ކައުންސިލްގެ ހުއްދަ ނެތި، އެހެން ރަށެއްގެ މީހަކު އެ ރަށަށް ދަތުރުދިއުން އެރަށު ކައުންސިލުން މަނާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދ. ރިނބުދޫ ކައުންސިލްގެ ހުއްދަ ނެތި، އެހެން ރަށެއްގެ މީހަކު އެ ރަށަށް ދަތުރުދިއުން އެރަށު ކައުންސިލުން މަނާކޮށްފި އެވެ.

ރިނބުދޫ ކައުންސިލުން މިދިޔަ އަންގާރަ ދުވަހު ނެރެފައިވާ އިއުލާނެއްގައިވާ ގޮތުން އެހެން ރަށެއްގެ މީހަކު އެ ރަށަށް ދަތުރު ދާންވާނީ ރިނބުދޫ މީހަކު ޒިންމާވާ ގޮތަށް އެ ކައުންސިލްގެ ހުއްދަ ހޯދުމަށް ފަހު އެވެ. އެ ނޫން ގޮތަކަށް އެ ރަށަށް އަރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

އެ އިއުލާނުގައިވާ ގޮތުން އެގޮތަށް ހަމަޖެއްސީ މިހާރަކަށް އައިސް އެ ރަށަށް ދަތުރުދާ މީހުންގެ ސަބަބުން އެ ރަށުގެ އާންމުންނަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތިވާތީ އެވެ. އަދި ރަށުގެ ސާފުތާހިރު ކަމަށް ވެސް އެފަދަ މީހުން ސަމާލުކަން ނުދޭ ކަމަށް އެ ރަށު ކައުންސިލްގެ އިއުލާނުގައިވެ އެވެ.

ދާދި ފަހުން ހއ. އިހަވަންދޫ ކައުންސިލުން ވަނީ އެ ރަށުގައި އުޅޭ ބިދޭސީންގެ މައްޗަށް "ކާފިއު" އެއް ހިންގައި، އިއުލާނެއް ނެރެފަ އެވެ. އެގޮތުން ބިދޭސީން ވަލަށް ދިއުމާއި ވަކި ވަގުތެއްގައި ބޭރަށް ނިކުތުމާއި ގްރޫޕް ހަދައިގެން ބޭރުގައި ތިބުން އެ އިއުލާނުގައި ވަނީ މަނާކޮށްފަ އެވެ. ކައުންސިލްގެ އެ ނިންމުމަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ އެ ނިންމުން ބާތިލްކޮށްފަ އެވެ.