15 ޑިސެމްބަރ 2017
ޕޮލިސް ކްލަބް ބަލިކުރުމަށް ފަހު ސީލައިފް ގްލޯބަލް ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ދިވެހި ސިފައިންގެ ކްލަބުން ހޯދައިފި އެވެ. ފައިނަލުގައި އެ ޓީމު ކުޅޭނީ ގައުމީ ލީގު ޗެމްޕިއަން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަނާ ދެކޮޅަށެވެ.
ޕޮލިސް ކްލަބް ބަލިކުރުމަށް ފަހު ސީލައިފް ގްލޯބަލް ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ދިވެހި ސިފައިންގެ ކްލަބުން ހޯދައިފި އެވެ. ފައިނަލުގައި އެ ޓީމު ކުޅޭނީ ގައުމީ ލީގު ޗެމްޕިއަން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަނާ ދެކޮޅަށެވެ.
މޯލްޑިވިއަނުން މިދިޔަ ހޯމަ ދުވަހު ގައުމީ ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ސިފައިން ބަލިކުރުމަށް ފަހު އެވެ. އޭގެ ފަހުން ބުދަ ދުވަހުގެ ރޭ ގައުމީ މުބާރާތުގެ ފައިނަލުން މޯލްޑިވިއަން ޖާގަ ހޯދީ ބުދަ ދުވަހުގެރޭ ކުޅުނު ދެ ވަނަ ސެމީގައި ސިފައިން ބަލިކުރުމަށް ފަހު އެވެ.
ސިފައިން ފައިނަލުގެ ޖާގަ ހޯދީ ފުރަތަމަ ސެމީގައި ވަރުގަދަ ސީލައިފް ސްޕޯޓްސް ކްލަބް ކަޓުވާލި ޕޮލިހުގެ މައްޗަށް ކުރިހޯދުމަށް ފަހު އެވެ. ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގައި ސިފައިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ޓީމުން މެޗު ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގައި އެ ޓީމުން ވަނީ ޕޮލިހަށް ގިނަ އުނދަގޫތަކެއް ކުރިމަތިކުރުވައިފަ އެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު ސިފައިން ގެންދިޔައީ 25-20، 25-15 އިންނެވެ. ސިފައިން ސީދާ ތިން ސެޓުން މި މެޗު ގެންދާނެ ކަމަށް ބެލެވިފައި ވަނިކޮށް ފޯރިގަދަ ކުޅުމަކަށް ފަހު ޕޮލިހުން ވަނީ ތިން ވަނަ ސެޓު 25-27 އިން ގެންގޮސް މެޗުގެ އުއްމީދުއާ ކޮށްފަ އެވެ. އެހެން ނަމަވެސް ޕޮލިހަށް ތިން ވަނަ ސެޓުގައި ދެއްކި ކުޅުން ހަތަރު ވަނަ ސެޓުގައި ތަކުރާރު ނުކުރެވުމުގެ ނަތީޖާ އަކަށްވީ މި ސެޓު 25-17 އިން ގެންގޮސް ސިފައިން މޮޅުވުމެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ސިފައިންގެ ލޯންގޭގެ އިތުރުން އެ ޓީމަށް ކުޅޭ ޕާކިސްތާން ގައުމީ ޓީމުގެ މުނީރު ހާނާއި މުހައްމަދު އިދުރީސް ވެސް ވަނީ އެހެން މެޗުތަކެކޭ އެއްގޮތަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މޯލްޑިވިއަން އާއި ޕޮލިސް އިއްޔެ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު އަހުސަން/ ރެޑްބުލްކޮންޓެންޓްޕޫލް
ގައުމީ ވޮލީބޯޅަ މުބާރާތުގެ އަަންހެން ފައިނަލުގައި މިސްކިތްމަގު އެންމެންގެ ގުޅުމާ ދެކޮޅަށް ކުޅޭނީ ޕޮލިހެވެ. ޕޮލިހުން ފައިނަލުގެ ޖާގަ ހޯދީ އިއްޔެ ކުޅުނު ދެ ވަނަ ސެމީ ފައިނަލުގައި މޯލްޑިވިއަން ބަލިކުރުމަށް ފަހު އެވެ. ޕޮލިހުން ސެޓުތައް ގެންދިޔައީ 25-15، 25-11 އަދި 25-23 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ޕޮލިހަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ބޮރަހާނީ އެވެ.
ޏ. ފުވައްމުލަކަށް ނިސްބަތްވާ މިސްކިތްމަގަކީ ގައުމީ ލީގު ވެސް ޗެމްޕިއަނެވެ. އަދި އެ ޓީމުން މާދަމާ ހަވީރު ގައުމީ މުބާރާތުގެ ފައިނަލަށް ނުކުންނައިރު، މި މުބާރާތުގެ ތަށި ދިފާއުކުުރުމަކީ އެއް ޓީމުގެ އެންމެ ބޮޑު އަމާޒެވެ. މިދިޔަ އަހަރުގެ ފައިނަލުން އެ ޓީމު މޮޅުވީ ޕޮލިހާ ވާދަކޮށް 3-1 ސެޓުންނެވެ.
ފިރިހެން ފައިނަލުގައި އާދިއްތަ ދުވަހުގެރޭ މޯލްޑިވިއަނުން މި ފަހަރު ނުކުންނާނީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މި މުބާރާތް ކާމިޔާބު ކުރުމަށެވެ. އެ ޓީމު މިދިޔަ އަހަރުގެ ފައިނަލުގައި ވެސް މޮޅުވީ ސިފައިންނާ ވާދަކޮށެވެ.
ޕޮލިސް ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ސިފައިން ހޯދައިފި
ވޮލީބޯޅައިގެ ދެ މުބާރާތުގެ މޮޅު ކުޅުންތެރިން ހޮވައިފި
ގައުމީ ވޮލީބޯޅަ ތަށި ސިފައިން އުފުލާލައިފި
ޕޮލިސް ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ސިފައިންނަށް
ބަދަލުހިފައި ޕޮލިހުން ގައުމީ ތަށި އުފުލާލައިފި
ޕޮލިސް ބަދަލު ހިފުމަކަށް، ސިފައިން ތަށި ދިފާއުކުރަން
ޕޮލިސް ބަލިކޮށް ސިފައިން ފައިނަލަށް
ޕޮލިހާއި ސިފައިން ސެމީން ޖާގަ ހޯދައިފި
ޕޮލިހާއި ސިފައިންނަށް ރަނގަޅު ފެށުމެއް
ސީލައިފް ކަޓައިފި، މޯލްޑިވިއަން ފައިނަލަށް