12 ޑިސެމްބަރ 2017
އަށް ވަނަ ދިވެހި ފިލްމްސް އެވޯޑްސްގެ ނޮމިނޭޝަން ލިސްޓްގައި ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމްތައް ގިނައިން ހިމެނުނު އިރު އެ ސްޓޫޑިއޯގެ "ވާށޭ މަށާއެކީ" ނޮމިނޭޝަންގެ ކުރި ހޯދައިފި އެވެ.
އަށް ވަނަ ދިވެހި ފިލްމްސް އެވޯޑްސްގެ ނޮމިނޭޝަން ލިސްޓްގައި ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމްތައް ގިނައިން ހިމެނުނު އިރު އެ ސްޓޫޑިއޯގެ "ވާށޭ މަށާއެކީ" ނޮމިނޭޝަންގެ ކުރި ހޯދައިފި އެވެ.
މިދިޔަ އަހަރު ނެރުނު ރޮމޭންޓިކް ކޮމެޑީ "ވާށޭ މަށާއެކީ" އަކީ މި އަހަރުގެ އެންމެ ގިނަ ނޮމިނޭޝަންތައް ލިބުނު ފިލްމެވެ. އެ ފިލްމަށް 21 ކެޓަގަރީއަކުން 22 ނޮމިނޭޝަން ލިބިފައިވާ އިރު، އެންމެ މުހިންމު ކެޓަގަރީތައް އޭގެ ތެރޭގައި ހިމެނެ އެވެ.
މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރި ފިލްމަށް ލިބުނު ނޮމިނޭޝަންތަކުގެ ތެރޭގައި މަހުދީ އަށް ލިބުނު އެންމެ މޮޅު ސްކްރީންޕްލޭ ނޮމިނޭޝަނާއި ޗިއްޕެގެ އެންމެ މޮޅު ޑައިރެކްޓަރުގެ ނޮމިނޭޝަންގެ އިތުރުން އެންމެ މޮޅު ފިލްމްގެ ނޮމިނޭޝަން ވެސް ހިމެނެ އެވެ.
"ވާށޭ މަށާއެކީ" އަށް ލިބުނު އިތުރު ނޮމިނޭޝަންތަކަށް ބަލާ އިރު، ބަތަލާ މަރިޔަމް މަޖުދާގެ އެންމެ މޮޅު ބަތަލާގެ ނޮމިނޭޝަން، ޖުމައްޔިލް ނިމާލް (ޖުމަލް) ގެ އެންމެ މޮޅު އެކްޓަރުގެ ނޮމިނޭޝަން ވެސް ހިމެނެ އެވެ.
* އެންމެ މޮޅު ސަޕޯޓިން އެކްޓަރު: މުހައްމަދު ފައިސަލް، އާދަމް ރިޒްވީ
* އެންމެ މޮޅު އާ ބަތަލު: އަބްދުﷲ ޝިފާއު
* އެންމެ މޮޅު އާ ބަތަލާ: މަރިޔަމް ނޫރާ
* ބެސްޓް ސިނަމަޓޮގްރަފީ: ޗިއްޕެ/ އަހުމަދު ޝިނާން
* ބެސްޓް އެޑިޓިން؛ ޗިއްޕެ
* ބެސްޓް ބެކްގްރައުންޑް ސްކޯ: މުހައްމަދު އިކްރާމް
* ބެސްޓް ސައުންޑް އެޑިޓިން: ޗިއްޕެ
* ބެސްޓް ސައުންޑް މިކްސިން: އިކްރާމް
* ބެސްްޓް ވިޝުއަލް އިފެކްޓްސް: ޝިނާން
* ބެސްޓް މޭކަޕް: މަޖޫ
* ބެސްޓް ކޮސްޓިއުމް ޑިޒައިން: މަޖޫ
* ބެސްޓް އާޓް ޑިރެކްޝަން: ޗިއްޕެ/ މުހައްމަދު އަލީ (މޮގާ)
* ބެސްޓް އޮރިޖަނަލް ސޯންގް
* އެންމެ މޮޅު އަންހެން ލަވަ ކިޔުންތެރިޔާ: ހަދީޖާ އިބްރާހީމް
* އެންމެ މޮޅު ފިރިހެން ލަވަ ކިޔުންތެރިޔާ: އަހުމަދު ފުރްގާން (ފުޖީ)
* އެންމެ މޮޅު ޅެން: ފުޖީ (ނޫން ނޫން ނުދޭ)
"ވާށޭ މަށާއެކީ" ގެ އިތުރުން ޑާކް ރެއިންގެ "އެންމެ ފަހު ވިންދާ ޖެހެންދެން"، "ހުޅުދާން" އަދި "މިކޮއެ ބައްޕަ ބައޭބައޭ" ވެސް 17 ފީޗާ ފިލްމް ވާދަ ކުރާ އެވޯޑްސްގައި ވާދަކުރެ އެވެ. މީގެ އިތުރުން އެ ސްޓޫޑިއޯގެ "ކަޝްފް" އާއި "ވޫޑޫ" ހަތް ފިލްމް ވާދަ ކުރާ ކުރު ފިލްމް ކެޓަގަރީގައި ވެސް ހިމެނެ އެވެ.
މި އަހަރުގެ އެވޯޑްސްގައި "ވާށޭ މަށާއެކީ" އަށް ގިނަ ފީޗާ ފިލްމް ބައިން އަދަދެއްގެ ނޮމިނޭޝަންތައް ލިބުނު އިރު، އެވޯޑްގައި ވާދަ ކުރާ އިރު، ޑާކް ރެއިންގެ އެހެން ފިލްމްތަކަށް ވެސް މުހިއްމު ގިނަ ނޮމިނޭޝަންތައް ލިބުނެވެ.
މަލްޓި-ސްކްރީނަށް "މާމުއި"
ޑާކް ރެއިންގެ "ނޮވެމްބަ" ޖުލައި 6 ގައި
"ނޮވެމްބާ" ގެ ޕޯސްޓަރު ދައްކާލައިފި
މި އަހަރަށް ކިތައް ދިވެހި ފިލްމު؟
"ނޮވެމްބާ" ގެ ފުރަތަމަ ލަވައަކީ "މޫސުން"
"ނޮވެމްބާ" ގައި އިސްމާއީލް ވަޖީހުގެ ދަރިއެއް
ދިވެހި ފިލްމު އެވޯޑްސް: ދެ ފިލްމަކަށް 6 ނޮމިނޭޝަން
ޑާކްރެއިންގެ ނޮވެމްބަރު ފަށައިފި
ޑާކް ރެއިނުން އިތުރު އާ ދެ ފިލްމެއް އިއުލާންކޮށްފި
"ނޮވެމްބާ" ގައި ވެސް މަޖޫ އާއި ޖުމަލްގެ ޖޯޑު