08 ޖުލައި 2016
"ހަވީރު" ނޫހުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ އަމުރު ދައުލަތުން އިސްތިއުނާފު ކުރަން ބަންޑާރަ ނައިބު މުހައްމަދު އަނިލް ނިންމަވާފައިވާތީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ނައިބު ރައީސް ޝިފާގު މުފީދު ތައުރީފު ކުރައްވައިފި އެވެ.
"ހަވީރު" ނޫހުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ އަމުރު ދައުލަތުން އިސްތިއުނާފު ކުރަން ބަންޑާރަ ނައިބު މުހައްމަދު އަނިލް ނިންމަވާފައިވާތީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ނައިބު ރައީސް ޝިފާގު މުފީދު ތައުރީފު ކުރައްވައިފި އެވެ.
ޝިފާގް މުފީދު ކުރެއްވި ޓްވީޓެއްގައި ބަންޑާރަ ނައިބު އަނިލް އަށް މި ތައުރީފު ކުރެއްވީ، "ހަވީރު" ނޫހުގެ ކުރީގެ މުވައްޒަފުންގެ ހައްގުތައް ގެއްލޭ ގޮތަށް ކުރި ހުކުމާ މެދު އެޗްއާރުސީއެމުން މިހާތަނަށް ކަންބޮޑުވެ އެއްވެސް އެއްޗެއް ނުބުނާތީ އެކަމާ ހިތްހަމަޖެހިވަޑައިނުގެން މީޑިއާގައި އަމިއްލަ ގޮތުން އިއްޔެ ވާހަކަ ދެއްކެވުމަށް ފަހުގަ އެވެ.
"ހަވީރު" ނޫހުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކޮށްފައިވާ އަމުރަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފު، ޣައިރު ގާނޫނީ އަމުރެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިރޭ ނެރުު ބަޔާނެއްގައިވެ އެވެ. އެ ބަޔާނުގައި ބުނީ، އަމުރާ ޚިލާފު ވެއްޖެ ނަމަ "ހަވީރު"ގެ ކުރީގެ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށް ކޮށްފައިވާ އަމުރަށް ނިސްބަތްވާ ބައި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް މިހާރު ނިންމައިފައިވާ ކަމަށެވެ.
އޭޖީ އަނިލްގެ މި ނިންމެވުމާ ގުޅިގެން، ޝިފާގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހުކުމުގެ ސަބަބުން މުވައްޒަފުންނަށް ގެއްލޭ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ނެންގެވި އިސް ނެންގެވުމަށް އަނިލް އަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މިހާރު ހުއްޓިފައިވާ "ހަވީރު"ގައި ކުރިން މަސައްކަތްކުރި މުވައްޒަފުންނަށް ކުރި އަށް އޮތް ދެ އަހަރު މީޑިއާގެ އެހެން ތަނެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ކުރި ހުކުމުގެ މައްސަލާގައި، އެޗްއާރުސީއެމް ހިމޭނުން އޮންނާތީ ޝިފާގް ރޭ ވެސް ވަނީ ވާހަކަ ދައްކަވައިފަ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސް ޝިފާގް މުފީދު: "ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ ހައްގު ގެއްލޭ މައްސަލާގައި، ބަންޑާރަ ނައިބު އަނިލް ނިންމެވި ނިންމެވުމަށް ޝިފާގް ތައުރީފް ކުރެއްވި.
އޭނާ ވިދާޅުވީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ރާއްޖޭގައި އުފައްދާފައިވާ ހިއުމަން ރައިޓްސް ކޮމިޝަނުން، "ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ ހައްގުތައް ގެއްލޭތީ މިހާތަނަށް "އެއްވެސް އެއްޗެއް ވިދާޅުނުވެ ލަސްވަމުންދާ ދިއުމާ މެދު އަޅުގަނޑު ލަދުވެތިވަން" ކަމަށެވެ. އަދި "ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ ހައްގުގައި ދައުލަތުގެ ބަންޑާރަ ނައިބު އެންމެ ފުރަތަމަ ވެސް އިސް ނަންގަވައި، ގާނޫނީ ގޮތުން ހުރި ކަންކަން ފާހަގަ ކުރެއްވިއިރު، އެޗްއާރުސީއެމް ހިމޭނުން އޮތުމަކީ ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑަކީ [ކޮމިޝަންގައި ހުންނަވާ] އެންމެ މީހެއް. އަޅުގަނޑަށް އަޅުގަނޑުގެ އަޑު އުފުލެން އޮތީ މިގޮތަށް،" އެޗްއާރުސީއެމްގެ އަމަލާ ގުޅޭ ގޮތުން ރޭ ކުރެއްވި ޓްވީޓަކަށް ފަހު "މިހާރު"އާ ވާހަކަ ދައްކަވަމުން ޝިފާގް ވިދާޅުވި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި "ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ މައްޗަށް އައި އަމުރުގެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރުމަށްޓަކައި އެޗްއާރުސީއެމުން ބަޔާނެއް ނެރުމަށް އިއްޔެ މަސައްކަތްކުރި އެވެ. ނަމަވެސް ބައެއް ކަންކަމާ މެދު ބައެއް މެމްބަރުންނަށް އެއްބަސްވުމަކަށް ނާދެވިގެން އެ ބަޔާނެއް ނެރެވޭ ގޮތެއް ނުވި އެވެ. ބައްދަލުވުން ބާއްވަން އުޅުނީ، ޑްރާފްޓް ކޮށްފައިވާ އެ ބަޔާނާ މެދު ގޮތެއް ނިންމުމަށެވެ.
ބަންޑާރަ ނައިބު އަނިލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
1. އެ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީ އަށް ނުވަތަ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް އަމުރުކޮށްފައިވާއިރު، ނޫސްތަކާއި މަޖައްލާތަކުގައި މަސައްކަތްކުރަމުންދާ ވަކިވަކި މުވައްޒަފުންނާ މެދު ވަކި ތަނެއްގައި މަސައްކަތް ކުރުން މަނާކޮށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނުއަސާސީ ނުވަތަ މިހާރު އަމަލުކުރަމުންދާ އެއްވެސް ގާނޫނެއްގެ ދަށުން ހޯމް މިނިސްޓްރީ އަށް ވެސް އަދި ސަރުކާރުގެ އެއްވެސް މިނިސްޓްރީ އަކަށް ލިބިފައި ނެތުމުން މިއީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކޮށްފައިވާ އަމުރަކަށް ވުން.
2. މި ހުކުމް ތަންފީޒު ކުރަން ހޯމް މިނިސްޓްރީގެ މައްޗަށް އަމުުރުކޮށްފައިވާ އިރު، މިހާރު އަމަލުކުރަމުންދާ ގާނޫނުތަކަށް ރިއާޔަތް ކުރާއިރު ސިވިލް ކޯޓުގެ ނިންމުމަކީ ތަންފީޒު ކުރެވޭނެ ނިންމުމެއް ކަމުގައި ނުވާތީ، މިއީ ސުޕްރީމް ކޯޓުގެ ރޫލިންއެއްގައި ކަނޑައަޅާފައިވާ ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ އަމުރެއް ކަމަށް ވުން.
3. ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކުން ނުވަތަ ގާނޫނު އަސާސީގެ 16 ވަނަ މާއްދާ އަށް ރިއާޔަތް ކޮށް ގާނޫނަކުން މެނުވީ ގާނޫނު އަސާސީގެ 37 ވަނަ މާއްދާގެ ހ.ގެ ދަށުން ކޮންމެ ރައްޔިތަކަށްމެ އެ މީހަކު އިޚުތިޔާރު ކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ހިފެހެއްޓުމަކީ ނުވަތަ ހަނިކުރުމަކީ ގާނޫނު އަސާސީ އާ ހިލާފު ކަމެއް ކަމަށްވީ ހިނދު، ހަވީރު ނޫހާއި ހަވީރު އޮންލައިނާއި ޗާޕްޚާނާ އާއި ހަވީރަށް ނިސްބަތްވާ ވިޔަފާރިތަކުގައި ވަޒީފާ އަދާކޮށްފައިވާ މީހަކު ނުވަތަ ބައެއް އިސްވެ ދެންނެވި ހުކުމާ ހިލާފުވެއްޖެ ނަމަ، އެ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ސިވިލް ކޯޓުން ކޮށްފައިވާ އަމުރަކީ ގާނޫނުއަސާސީ އާ ހިލާފު ބާތިލް އަމުރަކަށް ވުން.
4. މި މައްސަލައާ ގުޅޭ ގޮތުން ހައި ކޯޓުން ނެރެފައިވާ ނިހާއީ ހުކުމްގެ ގަޒިއްޔާ އާއި އެ ގަޒިއްޔާ އާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅުނު ގަޒިއްޔާ އިން ބެލި މައްސަލާގައި ވެސް ދައުވާކުރި ފަރާތްތަކުން އެދިފައިވާ ކަންތައްތަކުގެ ތެރޭގައި ވަކިވަކި މުވައްޒަފުންނަށް ފިޔަވަޅު އަޅަން އެދިފައި ނުވާއިރު، އެއީ ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކުން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ނިންމާފައިވާ ނިންމުމަކަށް ވުން.
5. ސިވިލް ކޯޓުގެ ހުކުމްގެ މި ބައި ރައްދުވާ ފަރާތްތައް ކަމަށްވާ ފެބްރުއަރީ 3، 2016 އިން ފެށިގެން "ހަވީރު"ގައި ވަޒީފާ އަދާކޮށްފައިވާ އެންމެހާ މުވައްޒަފުންގެ މައްޗަށް އެ ފަރާތްތަކުގެ އަސާސީ ހައްގުތަކެއް ހިފެހެއްޓިގެންދާ ނުވަތަ ހަނިވެގެންދާ އަމުރެއް ސިވިލް ކޯޓުން ކުރިއިރު ކޯޓުން އެ ފަރާތްތަކުގެ ބަހެއް ހޯދާފައި ނުވުމަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާ އާއި ނެޗުރަލް ޖަސްޓިސްގެ އުސޫލެއް ކަމަށްވާ އަނެއް ޚަސްމުގެ ބަހެއް ހޯދުމާ ހިލާފަށް ނިންމާފައިވާ ނިންމުމަކަށް ވުން.
6. ސިވިލް ކޯޓުގެ ހުކުމްގެ މި ބައި ރައްދުވާ ފަރާތްތަކުގެ ތެރޭގއި ފެބްރުއަރީ 3، 2016އިން ފެށިގެން "ހަވީރު"ގައި ވަޒީފާ އަދާކޮށްފައިވާ އެންމެހާ މުވައްޒަފުން ހިމެނޭ އިރު، އެކިއެކި މުއްދަތުތަކުގެ ތެރޭގައި އެކިއެކި ހައިސިއްޔަތުތަކުން، އެކިއެކި ފެންވަރުގެ އަދި އެކިއެކި ފަންނުގެ ވަޒީފާ އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ ފަރާތްތައް ހިމެނޭއިރު، އެއިން އެއްވެސް ކަމަކަށް ރިއާޔަތް ކޮށްފައި ނުވުން.
ހަވީރު" ނޫހުގެ މިލްކުވެރިކަމާ މެދު ސިވިލް ކޯޓުން ހުކުމް ކުރިއިރު، އެ ނޫހާއި ނޫހުގެ ވިޔަފާރިތަކާ ގުޅުން ހުރި ކަންކަމުގައި މަސައްކަތް ކުރި އެއްވެސް މުވައްޒަފަކަށް "ހަވީރު" ނޫން މީޑިއާއެއްގައި ދެ އަހަރު ވަންދެން އެއްވެސް މަސައްކަތެއް ކުރުން ވަނީ މަނާކޮށްފަ އެވެ. "ހަވީރު" ހުއްޓާލި އިރު، އެ ވިޔަފާރިތަކުގައި 80އެއްހާ މުވައްޒަފުން ދިޔައީ ވަޒީފާ އަދާކުރަމުންނެވެ. އޭގެ ތެރެއިން 50 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އިން އިސްތިއުފާ ދިނުމަށް ފަހު މިހާރު މަސައްކަތް ކުރަމުން އަންނަނީ "މިހާރު" ނޫހުގަ އެވެ.
ހަވީރުގެ މުވައްޒަފުންގެ މައްސަލައަށް އެމްއެމްސީ ވަންނަނީ
ހުކުމްތަކުގެ ތެރެއިން މިއީ ވަރުގަދަ ހުކުމެއް!
ހަވީރުގެ ހުކުމަށް ކުރީގެ ފަނޑިޔާރަކު ފާޑު ވިދާޅުވެއްޖެ
"ހަވީރުގެ މުވައްޒަފުންނާ މެދު އެޅޭނެ ފިޔަވަޅެއް ނެތް"
"ހަވީރު" އަކީ ޑރ.ޒާހިރުގެ މިލްކެއް: ސުޕްރީމް ކޯޓު
ހަވީރު މުވައްޒަފުންނަށް ކުރި ހުކުމް ފަސްކޮށްދޭން އެދެފި
އޭޖީގެ ނިންމުމަކީ ހަމަހަމަކަމާ ޚިލާފް ނިންމުމެއް: ކޯޓު
ހަވީރުގެ މުވައްޒަފުންނަށް އައީ ޣައިރު ގާނޫނީ އަމުރެއް
ހަވީރު މައްސަލާގައި ޝިފާގުގެ ނުރުހުން އެޗްއާރުސީއެމަށް
އަނިލްގެ ވާހަކަ ތަކަށް ސިވިލް ކޯޓުން ގޮންޖަހައިފި