06 ޑިސެމްބަރ 2017
މި އަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ނޯޓީ 40" ގެ ރިލީޒް ކުރިތާ ފަސް މަހެއްހާ ދުވަސް ފަހުން ފިލްމްގެ ޝޯތަކެއް ސްރީ ލަންކާގައި މި މަހު ދައްކަން ނިންމައިފި އެވެ.
މި އަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ނޯޓީ 40" ގެ ރިލީޒް ކުރިތާ ފަސް މަހެއްހާ ދުވަސް ފަހުން ފިލްމްގެ ޝޯތަކެއް ސްރީ ލަންކާގައި މި މަހު ދައްކަން ނިންމައިފި އެވެ.
ލަންކާގެ ލިބަޓީ ލައިޓް ސިނަމާގައި "ނޯޓީ 40" ގެ ހަ ޝޯ ދައްކަން ނިންމާފައިވާ އިރު، ޝޯތައް ކުރިއަށް ދާނީ މި މަހުގެ 15، 16 އަދި 17 ގަ އެވެ. އެއިން ކޮންމެ ދުވަހެއްގައި ފިލްމްގެ ދެ ޝޯ ދައްކަން ވަނީ ހަމަޖެހިފަ އެވެ.
ފިލްމްގެ އެއް ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ބުނީ ލަންކާގައި "ނޯޓީ 40" ދައްކާނީ އިނގިރޭސި ބަހުން ސަބް-ޓައިޓްލްއާ އެކުގައި ކަމަށާއި ފިލްމް އަޅުވަނީ ލަންކާ ބަޔަކާ ގުޅިގެން ކަމަށެވެ.
"އެ މީހުންނަށް ތަންކޮޅެއް ކުރިން ވެސް މި ފިލްމް ދައްކާލިން. އޭރު ވާހަކަ ދެކެވުނު ސިންގަޅަ ބަހުން ޑަބްކޮށްގެން ދައްކަން ވެސް. އެކަމަކު ފަހުން ނިންމީ އިނގިރޭސި ބަހުން ސަބް-ޓައިޓްލްކޮށްގެން ދައްކަން." އޭނާ ބުންޏެވެ.
ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެފައިވާ "ނޯޓީ 40" ލަންކާގައި އަޅުވަން ނިންމާފައި ވަނީ މި ފިލްމް ދާދި ފަހުން ލީކްވެސް ވެފައި ވަނިކޮށެވެ.
ތަފާތު ގިނަ ރަހަތަކެއް އެކުލެވޭ ފިލްމްގެ ކާސްޓުންގެ ތެރޭގައި އަލީ ސީޒަން، ނިއުމާ މުހައްމަދު، މުހައްމަދު މަނިކު އަދި އަހުމަދު ސައީދާ އެކު، މިހާރުގެ އެންމެ ވިދާ ބައެއް ތަރިން ވެސް ހިމެނެ އެވެ.
އޭގެ ތެރޭގައި މަރިޔަމް އައްޒަ، އަލީ އާޒިމް (ދޮންއައްޔަ)، ފާތުމަތު އާޒިފާ (އަޒޫ)، އިބްރާހީމް ޖިހާދު (ޖިމީ) އަދި ނުޒުހަތު ޝުއައިބް (ނުޒޫ) ހިމެނެ އެވެ. އަދި ފިލްމުން އާ އެކްޓަރުންތަކެއް ވެސް ތައާރަފުވި އެވެ.
"ނޯޓީ 40" ގެ ޓީޒާއެއް.
ޝަފީގާއި ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސް ކުރި "ނޯޓީ 40" ޕްރިމިއާ ކުރީ އޮގަސްޓް 2 ގަ އެވެ.
މި ފިލްމްގެ ދެވަނަ ބައި "+40" އަންނަ އަހަރު ބެލުންތެރިންނާ ހަމައަށް އަންނާނެ އެވެ.
އެންމެ ބިރުވެރި ދިވެހި ފިލްމަކީ ކޮބާ؟
"ކަޅަކި" ގެ ޓީޒާއެއް ދައްކާލައިފި
ނިއުމާގެ "ކަޅަކި" ގެ ހުރިހާ މަންޒަރެއް ލަންކާގާއި
"ކަޅަކި" ގެ ޓީމް ޝޫޓިން އަށް ލަންކާ އަށް
މި އަހަރަށް ކިތައް ދިވެހި ފިލްމު؟
ނިއުމާގެ ބިރުވެރި ފިލްމު "ކަޅަކި" ޕްރިމިއާކޮށްފި
އެންމެ ރީތީ ނަހުލާގެ ކޮން ފިލްމެއް؟
ސީޒަންގެ "ލޯބިވެވިއްޖެ" ގެ ޓީޒާ ދައްކާލައިފި
ސީޒަންގެ "ލޯބިވެވިއްޖެ" ގެ ލޯގޯ ޓީޒާއެއް
"ދައުވަތު" އަށް ފަހު "ކޮސް ގިނަ މިސްޓޭކް"