01 ޑިސެމްބަރ 2017
ތަރައްގީވަމުން އަންނަ ގައުމުތަކުގައި ވިއްކާ ކޮންމެ 10 ބޭހަކުން އެއް ބޭހަކީ ފޭކް ބޭސް ކަމަށް ހޯދުންތަކުން ދައްކަ އެވެ. ނުވަތަ އެއީ ސްޓޭންޑަޑަށް ނުފެތޭ ބޭހެވެ. ނަތީޖާ އަކީ މިފަދަ ބޭސްތައް ކެވިވެގެން އެތައް ހާސް ބަޔަކަށް ސިއްހީ މައްސަލަތައް ދިމާވެ އަދި މަރުވުމެވެ. މީގެ ތެރޭގައި ގިނައީ އެފްރިކާގެ ކުޑަކުދިންނެވެ. ސަބަބަކީ ނިއުމޯނިއާ އާއި މެލޭރިޔާ ފަދަ ބަލިތައް ޖެހުމުން އެކުދިންނަށް ދޭ ބޭހުން އެދެވޭ އަސަރުތައް ނުކުރާތީ އެވެ.
ތަރައްގީވަމުން އަންނަ ގައުމުތަކުގައި ވިއްކާ ކޮންމެ 10 ބޭހަކުން އެއް ބޭހަކީ ފޭކް ބޭސް ކަމަށް ހޯދުންތަކުން ދައްކަ އެވެ. ނުވަތަ އެއީ ސްޓޭންޑަޑަށް ނުފެތޭ ބޭހެވެ. ނަތީޖާ އަކީ މިފަދަ ބޭސްތައް ކެވިވެގެން އެތައް ހާސް ބަޔަކަށް ސިއްހީ މައްސަލަތައް ދިމާވެ އަދި މަރުވުމެވެ. މީގެ ތެރޭގައި ގިނައީ އެފްރިކާގެ ކުޑަކުދިންނެވެ. ސަބަބަކީ ނިއުމޯނިއާ އާއި މެލޭރިޔާ ފަދަ ބަލިތައް ޖެހުމުން އެކުދިންނަށް ދޭ ބޭހުން އެދެވޭ އަސަރުތައް ނުކުރާތީ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ބުނާ ގޮތުގައި ފޭކް ބޭސްތައް އުފެއްދުމުގެ ވިޔަފާރި ނުރައްކާތެރި މިންވަރަކަށް ވަނީ ފުޅާވެފަ އެވެ. ޚާއްސަކޮށް، އިންޓަނެޓްގައި ވިއްކާ ބައެއް ބޭސްތަކަކީ ވިހަ މާއްދާތައް ވަރަށް ގިނައިން އެކުލޭވޭ އެއްޗެހިކަން ޑަބްލިޔުއެޗްއޯ އިން ފާހަގަކޮށްފައިވެ އެވެ.
އެންމެ ރައްކާތެރި ކޮލިޓީ ރަނގަޅު ބޭހުގެ ބަދަލުގައި ފޭކް ބޭސް ވިއްކާ މީހުންގެ އަތުން އަގުހެޔޮކޮށް ގަނެގެން ވިއްކަން އެމީހުންނަށް މަޖްބޫރުވެފައިވާ ކަމަށް އެފްރިކާގެ ބައެއް ފާމަސިސްޓުން ބުނާ ކަމަށް ޑަބްލިޔުއެޗްއޯގެ ރިވިއުގައި ބުނެ އެވެ.
މި މައްސަލައިގެ ބޮޑުކަން އަދި ކަނޑައެޅިގެން ބުނާކަށް ނޭނގެ އެވެ. ނަމަވެސް ޑަބްލިޔުއެޗްއޯ މެދުވެރިވެގެން 2007 އިން 2016 އާ ދެމެދު ހަދާފައިވާ 100 އަށް ވުރެ ގިނަ ދިރާސާއަށް ޓެސްޓްކުރި 48،000 ސާމްޕަލްގެ ނަތީޖާއަށް ބަލާއިރު ފަގީރު ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ބޭނުންކުރާ ބޭހުގެ ތެރެއިން 10.5 ޕަސެންޓް ބޭހަކީ ފޭކް ނުވަތަ ކަނޑައެޅިފައިވާ މިންގަނޑަކަށް ނުފެތޭ ބޭހެވެ.
މި ގައުމުތަކުގައި ކުރާ ބޭހުގެ ވިޔަފާރި އަހަރު 300 ބިލިއަން ޑޮލަރަށް އަރަ އެވެ. މީގެ ތެރެއިން 30 ބިލިއަން ޑޮލަރު ޚަރަދުވެފައި ހުންނަނީ ފޭކް ބޭހަށެވެ. މީގެ ސަބަބުން އިންސާނުންނަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑެވެ.
ބޭހުގެ ކޮލިޓީ ދަށްވުމަކީ އެންޓިބައޮޓިކަށް ނުގުޑުމުގެ ނުރައްކާ ވެސް އިތުރުވާ ކަމެކެވެ. އަދި މިއީ ފުރާނަ ސަލާމަތްކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ އެންޓިބައޮޓިކްސްގެ މުސްތަގްބަލަށް ވެސް އޮތް ނުރައްކަލެކެވެ.
ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިން އިން އަންދާޒާކުރާ ގޮތުގައި ސަބް-ސަހާރަން އެފްރިކާގައި މެލޭރިޔާ ޖެހިގެން މަރުވާ 116،000 މީހުންނަކީ އެންޓި-މެލޭރިއަލް ބޭހުގެ ގޮތުގައި ތައްޔާރުކޮށްފައި ހުންނަ ފޭކް ބޭސް ދެވިގެން މަރުވާ މީހުންނެވެ.
ޑަބްލިޔުއެޗްއޯ އިން ބުނާ ގޮތުގައި 2013 ގެ ފަހުން، ފޭކް ނުވަތަ ދަށް ކޮލިޓީގެ ބޭހުގެ އުފެއްދުންތަކާ ބެހޭ 1،500 ރިޕޯޓު ލިބިފައިވެ އެވެ. މި ރިޕޯޓުތަކުގެ ތެރޭގައި ގިނައީ މެލޭރިޔާ އަށް ދޭ ބޭހާއި އެންޓިބައޮޓިކްސް އެވެ. ނަމަވެސް މީގެ ތެރޭގައި ކެންސަރު ބޭހާއި ދޭތެރެ ދުރުކުރަން ކާ ބޭސް ވެސް ހިމެނެ އެވެ.
ވިހަ ކޯފް ސިރަޕެއް އުޅޭތީ ސަމާލުވާން އެދިއްޖެ
ދުނިޔޭގެ ކޮލެރާ ވެކްސިން ސްޓޮކް ހުސްވެއްޖެ
ވޭޕް މަނާކުރާތީ ޑަބްލިއުއެޗްއޯއިން މަރުހަބާ ކިޔައިފި
އިންޑިއާ ބޭސްތަކެއްގެ މައްސަލަ އުޅޭތީ ސަމާލުވާން އެދެފި
ރާއްޖެއަށް އެމްޕޮކްސް ޓެސްޓް ކިޓުތަކެއް ހަދިޔާކޮށްފި
އެމްޕޮކްސް: ރާއްޖެއިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަނީ
އެމްޕޮކްސްގެ ނުރައްކާ އާންމުވެއްޖެ ކަމަށް ކަނޑައަޅައިފި
އެމްޕޮކްސްގެ ނުރައްކަލާ މެދު ގޮތެއް ނިންމަނީ
4 އިންޑަސްޓްރީއަކާ ހެދި އަހަރަކު 2.7 މިލިއަން މަރު
ދޫނި ރޯގާ ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ