27 ނޮވެމްބަރ 2017
މާލޭގެ ހުކުރު މިސްކިތުގައި އޮންނަ ޕާކްގައި ކެފޭއެއް ހެދުމަށް ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާން މިއަދު ބާތިލްކޮށްފި އެވެ.
މާލޭގެ ހުކުރު މިސްކިތުގައި އޮންނަ ޕާކްގައި ކެފޭއެއް ހެދުމަށް ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާން މިއަދު ބާތިލްކޮށްފި އެވެ.
އެ މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު ހަސަން ވަހީދު މިއަދު ވިދާޅުވީ އެ އިއުލާން ބާތިލްކުރީ އެކަން ކުރުމާ މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަން އިތުރަށް ދިރާސާ ކުރުމަށް ކަމަށެވެ.
"ނުކުރާކަށެއް ނުނިންމާ. އެކަމަކު އެކި ފަރާތްތަކުން ކޮންސާން އުޅޭކަން ފާހަގަކުރެވޭތީ އަދި އިތުރަށް ބެލުމަށް މިހާރަށް އިއުލާން ބާތިލްކުރީ،" ހަސަން ވިދާޅުވި އެވެ.
ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު: މި މިސްކިތުގެ ގޯތިތެރޭގައި ކެފޭ ހެދުން މިހާރު ވަނީ މެދުކަނޑާލާފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
މިއީ، ސަރުކާރުން ރާއްޖޭގެ ތާރީޚީ ބިނާތަކާއި ތާރީޚީ ތަންތަން ނައްތާލަން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބުނެ، ތާރީހަށް ލޯބިކުރާ ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހުކުރު މިސްކިތަކީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ތަނަކަށް ވާއިރު އެ ތަނުގައި ކެފޭއެއް ހަދައިފި ނަމަ އެތަން އެ ލިސްޓުން އުނިވާނެ ކަމަށް ވެސް އެ ދާއިރާގެ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.
އެނގިފައިވާ ގޮތުގައި ޔުނެސްކޯއިން މިހާރު ލަފާދީފައި ވަނީ ހުކުރު މިސްކިތް ވަށައިގެން ބޮޑު ހުސް ޖާގައެއް ބޭއްވުމުގެ ފުރުސަތު ކުޑަވުމުން އެ ސަރަހައްދުގައި ތަރައްގީގެ މަޝްރޫތައް ނުހިންގުމަށެވެ.
މިސްކިތުޕާކްގައި ހަދަން އުޅުނީ ލައިބްރަރީއަކާއި ކެފޭއެއް
މިސްކިތުގެ ޕާކްގައި ކެފޭ ހަދަން ޕާޓީތަކުން ދެކޮޅު
މިސްކިތް ސަރަހައްދުގައި ކެފޭއެއް އެޅުމާ މައުމޫން ދެކޮޅު
މިސްކިތް ސަރަހައްދު ތަރައްގީކުރާނީ ގެއްލުން ނުވާ ގޮތަށް
ހުކުރު މިސްކިތް ވަށައިގެން ބޮޑު ކަލްޗަރަލް ޒޯނެއް!
ސްޓެލްކޯއިން މާލޭގެ ހުކުރު މިސްކިތް ސާފުކުރަނީ
ނިއުޕޯޓް ވިއު ހިންގި އިމާރާތް ސަރުކާރުން ބަންދުކޮށްފި
"މުންނާރު ރީތި ކުރަން ނުފެށި އޮތީ މޫސުން ގޯސްވުމުން"
ސަރަހައްދީ ދާރުލް އާސާރުތަކެއް ހަދަނީ
ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގައި ރައީސް