28 ނޮވެމްބަރ 2017
އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ކުމްހާރީ އަވަށުގައި ދިރިއުޅޭ ތުޝާރުގެ އުމުރަކީ އެންމެ އަށް އަހަރެވެ. އޭނާ އަކީ ވާހަކަ ދެއްކުމާއި އަޑުއެހުމުން މަހްރޫމް ވެފައިވާ ކުއްޖެކެވެ.
އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ކުމްހާރީ އަވަށުގައި ދިރިއުޅޭ ތުޝާރުގެ އުމުރަކީ އެންމެ އަށް އަހަރެވެ. އޭނާ އަކީ ވާހަކަ ދެއްކުމާއި އަޑުއެހުމުން މަހްރޫމް ވެފައިވާ ކުއްޖެކެވެ.
ތުޝާރަކީ ކޮން ކުއްޖެއް ކަމާއި އޭނާގެ ކުޅަދާނަކަން އިންޑިއާ މީހުންނަށް ހާމަވީ މިދިޔަ އާދިއްތަ ދުވަހު އިންޑިއާގެ ރޭޑިއޯ ޗެނަލަކުން ފޮނުވި، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރޭޑިއޯ ތަގްރީރު "މަން ކީ ބާތު" ގައި މޯދީ މި ކުއްޖާއާ ބެހޭ ގޮތުން ދެއްކި ވާހަކަފުޅާ ގުޅިގެންނެވެ.
މި ކުއްޖާ ދިރިއުޅޭ އަވަށުގެ މީހުން ހާމަ ތަންތަނަށް ކުޑަކަމު އަދި ބޮޑުކަމުދިއުން ހުއްޓުވުމަށް އެ ކުއްޖާ ކުރި ހިތްވަރުގަދަ މަސައްކަތް މޯދީ ވަނީ ވިދާޅުވެ ދެއްވާފަ އެވެ.
"މަދްޔަ ޕްރަދޭޝްގެ އެންމެ އަށް އަަހަރުގެ ތުޝާރުގެ ވާހަކަ އަހާފައި އެންމެން އަޖައިބުވާނެ. ތުޝާރަކީ އަޑު ނީވޭ އަދި ވާހަކަ ނުދެއްކޭ ކުއްޖެއް. އޭނާގެ އަވަށަކީ ހާމަ ތަންތަނަށް ބޮޑުކަމު ނުދާ، ސާފުތާހިރު އަވަށަކަށް ހެދުމަށް ތުޝާރު ވަނީ ވަރަށް ފާހަގަކޮށްލެވޭ މަސައްކަތް ތަކެއް ކޮށްފައި،" ތުޝާރުގެ ވާހަކަ އިންޑިއާގެ ރައްޔިތުންނާ ހިއްސާ ކުރައްވަމުން މޯދީ ވިދާޅުވި އެވެ.
ބޮޑުވަޒީރު ވިދާޅުވީ ތުޝާރު ކޮންމެ ދުވަހަކު ފަތިހު ހޭލައިގެން ގޭގެއަށް ގޮސް ކަށިގަނޑު ފުމެގެން މީހުން ނިދިން ހޭލައްވާ ކަމަށެވެ. އަދި ހާމަ ތަންތަނަށް ކުޑަކަމު އަދި ބޮޑުކަމު ނުދިއުމަށް އަތުގެ އިޝާރާތުން އެމީހުންނަށް ބުނެދޭ ކަމަށާއި އެގޮތަށް ދުވާލަކު 30-40 ގެއަށްދާ ކަމަށް މޯދީ ވިދާޅުވި އެވެ.
މޯދީ ވިދާޅުވި ގޮތުގައި ތުޝާރު ވަނީ އެ އަވަށް ސާފުތާހިރު ތަނަކަށް ބަދަލުކޮށްފަ އެވެ.
ބޮޑުވަޒީރުގެ ވާހަކަފުޅުގައި ތުޝާރުގެ ނަން ވިދާޅުވުން ވެގެން ދިޔައީ ތުޝާރުގެ އަވަށަށާއި އޭނާގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފަކަށެވެ. އަދި އެ އަވަށަށް ލިބުނު ރީތި ނަމުގެ ސަބަބުން އަވަށުގެ މީހުން ތިބީ ވަރަށް އުފަލުންނެވެ.
މަންމަގެ ލިވާއާ އެކު އަދްޔާނަށް އާ ދިރިއުޅުމެއް
ކުޑަކުދިންނަށް ތިން ވަނަ ކޮވިޑް ވެކްސިނެއް ހުއްދަކޮށްފި
ކުޑަކުއްޖާގެ މޭގަ ތާށިވި އެތިކޮޅު އިންޑިއާއިން ނަގައިފި
7 އަހަރުގެ ކުއްޖެއްގެ އަނގައިން 526 ދަތް ނަގައިފި
އިންޑިއާގައި ހޯމްވޯކާއި ބަރު ފޮތްދަބަސް މަނާ
ބޯޕާލްގައި ވަޅުލާފައި އޮތް ކުއްޖެއް ސަލާމަތްކޮށްފި
ދަރިފުޅު މަރުނުވާކަން އެނގުނީ ވަޅުލަން އުޅެނިކޮށް
ޖަންގަލިން ފެނުނު ކުއްޖާ ބެލީ ރާމާމަކުނުތަކަށް ނުވެދާނެ
އާދަޔާޚިލާފަށް ބޯ ބޮޑު ކުއްޖާ އޮޕަރޭޝަން ކޮށްފި
ހަތް މަހުގެ ކުއްޖެއްގެ ބަނޑުގައި އެހެން ކުއްޖެއް!