Roadha Mihaaru
ގިނައިރު ޓީވީ ބަލަން އިނުމުން ލޭ ގަނޑުވުމުގެ ބިރު

ގިނައިރު ޓީވީ ބަލަން އިނުމުން ގަނޑު ލޭކޮޅެއް އުފެދުމުގެ ފުރުސަތު ބޮޑުވޭ

15 ނޮވެމްބަރ 2017

ޓީވީ ބަލަން މާގިނައިރު އެއް ތަނެއްގައި އިނުމުން. ގަނޑު ލޭކޮޅެއް އުފެދުމުގެ ފުރުސަތު ދެ ގުނަ އިތުރުވާ ކަމަށް ސައިންސްވެރިިން އިންޒާރު ދީފި އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ޓީވީ ބަލަން މާގިނައިރު އެއް ތަނެއްގައި އިނުމުން. ގަނޑު ލޭކޮޅެއް އުފެދުމުގެ ފުރުސަތު ދެ ގުނަ އިތުރުވާ ކަމަށް ސައިންސްވެރިިން އިންޒާރު ދީފި އެވެ.

ގިނަ ވަގުތު ޓީވީ ބަލަން އިނުމުން ހިތުގެ ބަލިތައް ޖެހޭ ކަމަށް މީގެ ކުރިން ވެސް ބައެއް ހޯދުން ތަކުން ދައްކާފައިވެ އެވެ. ނަމަވެސް މިގޮތަށް ތިބުމުން ފަޔާއި އަތާއި އުނަގަނޑާއި ފަލަމަސްގަނޑު އަދި ފުއްޕާމޭ ފަދަ ތަންތަނުގައި ހުންނަ ލޭ ހޮޅިތަކުގައި ލޭކޮޅެއް ގަނޑުވުން ނުވަތަ ވީނިއަސް ތުރޮމްބޮއެމްބޮލިޒަމް (ވީޓީއީީީ) މައްސަލަ ކުރިމަތިވާ ކަމަށް ހޯދިފައި މިވަނީ އަލަށެވެ.

"ޓީވީ ބެލުމަކީ އޭގެ ޒާތުގައި ގޯސްކަމެއް ނޫން. ނަމަވެސް ޓީވީ ބަލަން ތިބެގެން އަހަރެމެން ފާޑުފާޑުގެ ސްންކް ކެއުމާއި ގިނަ ވަގުތު ހަރަކާތެއް ނުކޮށް ތިބުމުން މައްސަލައަކަށް ވަނީ،" އެމެރިކާގެ ޔުނިވަސިޓީ އޮފް ވާމަންޓްގެ ފަރާތުން ވާހަކަ ދެއްކެވި މޭރީ ކުޝްމަން ވިދާޅުވި އެވެ.

މިފަހަރުގެ ދިރާސާގައި، އުމުރުން 45 އަހަރާއި 64 އަހަރާ ދެމެދުގެ 15،158 މީހަކު ބައިވެރިކުރި އެވެ.

މި މީހުންގެ ތެރެއިން އެއްގޮތަކަށް ވެސް ޓީވީ ނުބަލާ ކަމަށް ބުނި މީހުންނާއި ހާލަކުން ފަހަރަކު ޓީވީ ބަލާ ކަމަށް ބުނި މީހުންނަށް ވުރެ ވަރަށް ގިނައިން ޓީީވީ ބަލާކަމަށް ބުނި މީހުންނަށް ވީީޓީއީގެ މައްސަލަ ދިމާވެފައިވާލެއް 1.7 ގުނަ މައްޗެވެ.

ހާލަކުން ފަހަރަކު ޓީވީ ބަލާ މީހުންނާއި އެއްގޮތަކަށް ވެސް ޓީވީ ނުބަލާ މީހުންނަށް ވުރެ، ކަނޑައެޅިފައިވާ މިންވަރަށް ހަށިގަނޑަށް ލިބޭ ކަހަލަ ކަސްރަތުތައް ކޮށް އުޅޭ މީހުންގެ ތެރެއިން ގިނައިން ޓީވީ ވަރަށް ބަލާކަމަށް ބުނި މީހުންނަށް ވީޓީއީ މައްސަލަ ދިމާވެފައިވާލެއް 1.8 ގުނަ އިތުރެވެ.

"ޓްރެޑްމިލް އެއް ނުވަތަ ސްޓޭޝަނަރީ ބައިކެއް ޓީވީއާ ދިމާލުގައި ބަހައްޓައިގެން ޓީވީ ބަލަމުން ހަށިގަނޑު ހަރަކާތް ކުރުން ވަރަށް ރަނގަޅު ވާނެ. ނޫން ނަމަ ޓީވީ ބެލުން 30 ވަރަކަށް މިނިޓް މަދު ކޮށްލާފައި ހިނގާލަން ދިއުން ރަނގަޅުވާނެ،" އޭނާ ވިދާޅުވި އެވެ.

އެމެރިކާގައި އެކަނިވެސް އަހަރަކު ތިން ލައްކަ އާއި ހަ ލައްކަ އާ ދެމެދުގެ އަދަދެއްގެ މީހުންނަށް ވީޓީއީ މައްސަލަ ދިމާވެ އެވެ. މިއީ ހާޓް އެޓޭކާއި ސްޓްރޯކަށް ފަހު ލޭހޮޅިތަކަށް އެންމެ ގިނައިން މައްސަލަތައް ދިމާވެ ބަލިތައް ޖެހޭ ސަބަބެވެ.